Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލެސިޓީ ކައުންސިލަށް ކުރެވޭ ތުހުމަތުތައް

ހަގީގަތް ހާމަކުރަން ފުރަސަތެއް ނުދިން، ކޮރަޕްޝަންގެ ތުހުމަތު ކުރެއްވުމުން ވިދާޅުވީ ބަޔާން ދިރާސާ ކުރަނީއޭ!

4 މާރިޗު 2023 | ހޮނިހިރު 03:56

ޝީޝިއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކުރީ އުސޫލުގެ ބޭރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 މާރިޗު 2023 | ހޮނިހިރު 03:56
މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން

މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން

ސަރުކާރާއި އިދިކޮޅު ޕާޓީގެ މެޖޯރިޓީއޮތް މާލޭ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލިބިފައިވާ ބާރުތައް ސަރުކާރުން ހިފަހައްޓައި، ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއަޅަމުން ގެންދިއުމަކީ ހަތަރު ވަނަ ދައުރުގެ ކައުންސިލް ފަށައިގަތް ހިސާބުން މިއަދާއި ހަމައަށްވެސް މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެ ކައުންސިލުން އަންނަނީ ބުނަމުންނެވެ. އެމީހުންގެ ގާނޫނީ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ބުނެ، ސަރުކާރަށް ވަރަށް ގިނަ ތުހުމަތުތައް ވެސް އަންނަނީ ކުރަމުންނެވެ. ގިނަފަހަރަށް އެހެން މީހަކާ ދިމާއަށް އިނގިލި ދިއްކުރެވޭއިރު، ޚުދު ތިމާގެ ގައިގައި ހުރި އުނި ސިފައެއް ވަޒަންކުރުމަކީ ހަގީގަތުގައި ވެސް ވަރަށް އުނދަގޫކަމެކެވެ. މިފަހަރު މާލޭ ސިޓީ ކައުންސިލަށްވެސް މިވީ އެހެންނެވެ. ފެނިގެން ދިޔައީ ބާރު ކަނޑުވާލަން މަސައްކަތް ކުރިތަނެވެ. ރައްޔިތު މީހާއަށް ސުވާލުކުރުމުގެ ބާރެވެ. ނުވަތަ ހަގީގަތް ހާމަކޮށްދިނުމުގެ ބާރެވެ.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ވެސް ފެނިގެން ދިޔައީ، ކައުންސިލުން ހިތްހަމަނުޖެހޭ ސުވާލެއް ކުރަން އުޅެފިނަމަ އެމީހަކަށް ދެވަނަ ފުރުސަތުވެސް ނުދިންތަނެވެ. އެކަކުގެ ކިތަންމެ ސުވާލުތަކެއް އޮވެދާނެއެވެ. ސުވާލު ކުރަން މައިކު ކައިރިއަށް ދިޔަ ފިރިހެނަކު ބޭނުންވީ، ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީއަށް ސުވާލު ދަންނަވާށެވެ. ސަބަބަކީ އޭނާގެ ސުވާލުތަކަކީ ވިލިމާލެއާ ގުޅިފައިވާ ސުވާލުތަކަށްވުމުންނެވެ. އެހެންނަމަވެސް ވަކިވަކި ކައުންސިލަރުން ޖަވާބު ދެއްވަންޏާ އިތުރަށް ވަގުތު ދާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވިއެވެ. ވިލިނގިލީ ރައްޔިތެއްގެ ހައިސިއްޔަތު ވިލިނގިލީ ކައުންސިލަރު ނަހުލާއަށް ސުވާލު ދަންނަވަން ބޭނުންފުޅުވާކަން އެމީހާ ތަކުރާރު ކުރިއެވެ. ވިލިމާލޭގެ ކޮމެޓީގެ މުގައްރިރަކަށް، ވިލިމާލޭ ކައުންސިލަރު ނޫން އެހެން ބޭފުޅަކު ހުންނަވަނީ ކީއްވެގެންތޯ ވެސް ދެންނެވިއެވެ. ފަހުން ވެސް އެމީހާ ތަކުރާރުކޮށް އެދުނީ ނަހުލާ ޖަވާބު ދެއްވުމަށެވެ. ނަހުލާއަކީ ފާޅުގައި ކަންތައްތައް އޮންނަ ގޮތަށް، ހަގީގަތަށް ކިޔައިދެއްވާ ބޭފުޅަކަށްވުމުން، ފަހަރުގައި ފުރުސަތު ނުދެއްވީ ކަމަށްވެސް ވެދާނެއެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު ނަހުލާގެ އަޑު ކަނޑުވާލަން މަސައްކަތް ކޮށްފައިވާކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ނަހުލާ ވިދާޅުވީ، ޕީޕީއެމުން އޭނާ ވަކިކުރުމަށްފަހު ކައުންސިލުގެ ވިލިމާލޭ ކޮމިޓީގެ މުގައްރިރުކަމުން އޭނާ ވަކިކޮށްފައި ވަނީވެސް އުސޫލުން ބޭރުން ކަމަށާއި އޭނާ ވަކިކުރީ އެ ކޮމިޓީ ބޭނުން ގޮތަކަށް އެކުލަވާލައި، ކޮމިޓީގެ ތެރެއިން ދާއިރާގެ ކައުންސިލަރަށް ނާންގައި، އުސޫލުން ބޭރުން ކަންކަން ނިންމުމަށް ކަމަށެވެ. އަދި ކައުންސިލްގެ ރަސްމީ ޖަލްސާތަކަކީ ލައިވްކުރާ ޖަލްސާތަކެއްކަމުން، އެ ޖަލްސާއަށް ހުށަނާޅައި ބައެއް ކަންކަން ހިތުހުރި ގޮތަކަށް ނިންމުމަށް ކޮމިޓީއަށް ހުށަހަޅާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެ ކޮމިޓީގެ ތެރެއިން، އިއުލާން ނުކޮށް، ބިޑު ނުކޮށް، ކަންކަން ކުރަން މަސައްކަތް ކުރާކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެ ޒާތުގެ ގޮތް ނޭނގޭ އިތުރު ކަންކަން ހިނގާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ޖަލްސާގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ، ކައުންސިލުން ކަންތައްތައް ކުރަނީ ގާނޫނުތަކުގެ ތެރެއިން ކަންތައްތައް ފުރިހަމަކޮށްގެން ކަމުގައި ވިދާޅުވެފައެވެ. އަދި ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކައުންސިލްގެ މެމްބަރު ނަހުލާގެ ވާހަކަފުޅު ތަފާތެވެ. ނަހުލާ ވިދާޅުވަނީ ޝީޝިއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކުރީ އުސޫލުގެ ތެރެއިން ކަމަށް ކައުންސިލުން ބުނިނަމަވެސް، އެ މުއްދަތު އިތުރުކޮށްފައިވަނީ އިއުލާނު ކުރެވި، ބިޑު ކުރުމަކާ ނުލައިކަމަށެވެ. އެގޮތުން، ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އޮންނައިރު، ވަކި ބިމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައަޅައި ކައުންސިލްގެ ތަޅުމަށް ގެންނަން ޖެހޭއިރު، ޝީޝިއާ ބިމުގެ މައްސަލަ ކައުންސިލުގެ ރަސްމީ ބައްދަލުވުމަށް ހުށަހަޅާފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަހުލާ ވިދާޅުވީ މިދިޔަ އަހަރުގެ ބޮޑު އީދަށް ވިލިމާލޭގައި ފާޚާނާ ބަރިއެއް އެޅުމަށް ބޭނުންވާކަން އޭނާ ހުށަހެޅުއްވުމުން، ސިޓީ ކައުންސިލުން އެކަން ކުރަން ބަޖެޓު ނެތްކަމަށް ބުނެ އެ ފާޚާނާ ބަރި އެޅުމަށް އެއްބަސްވެ، ޝިޝީއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު ބިޑު ކުރުމަކާނުލައި އަވަސް އަރުވާލައިގެން އިތުރުކޮށްފައިވާކަމަށެވެ. މީގެ އިތުރުން ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައިވޭތޯ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، އެ މައްސަލަވެސް ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި ރެޑްވޭވާއެކު އެއްބަސްވުމެއް ހެދިފައިވާކަން އޭނާއަށް އެނގިވަޑައިގެންފައިވަނީ މީގެ ތިން ދުވަސް ކުރިން މޭޔަރު ވިދާޅުވުމުން ކަމަށާއި، ނަމަވެސް ރެޑްވޭވަށް އެގްރީމެންޓް ހެދިފައިވާ ބިމުގެ ސީދާ ލޮކޭޝަން ކަނޑައަޅަން ކައުންސިލްގެ ތަޅުމަށް ހުށަހަޅާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރެޑްވޭވަށް ބިމެއް ދޭން ނިންމީ ނަހުލާއަށް އެނގިވަޑައިގަތުމަކާއި ބައިވެރިވުމެއް ނެތި ކަމަށާއި، އެއްބަސްވުން ފެނިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގެ ކައުންސިލް މެމްބަރު ނަހުލާ ސިޓީ ކައުންސިލަށް މިފަދަ ތުހުމަތުތަކެއް ކުރައްވާފައިވާއިރު، ރާއްޖެއެމްވީން ސުވާލު ކުރުމުން، ކައުންސިލަށް މިބަޔާނާ ގުޅިގެން ހަމައެކަނި ބުނެވުނީ މި ބަޔާން ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އެއަށްފަހު ރަސްމީ ޖަވާބެއް ދޭނެ ކަމަށެވެ. މިއީ ބޮޑު ޖޯކެއް ނޫންތޯއެވެ! މި ބަޔާނުގައި ވަނީ އެންމެ ދެކަމެކެވެ. އެއީ ދިރާސާ ކުރަން ޖެހޭވަރުގެ ކަމެއްނަމަ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވެސް މޭޔަރު މުއިއްޒު ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނީ ރެޑްވޭވަށް ބިން ދިނުމާއި ޝީޝީއާގެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ނޫންތޯއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

05 ޖޫން 2020

ގްރޭޓަރ މާލެ އިންޑަސްޓަރިއަލް ޒޯނުން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑު މައްސަލަ!

05 ޖޫން 2020
ގްރޭޓަރ މާލެ އިންޑަސްޓަރިއަލް ޒޯނުން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑު މައްސަލަ!
09 އެޕްރީލު 2020

ދައްތާފުޅުގެ ޖަނާޒާއަށް ރައީސް ޔާމީން ވަޑައިނުގެންނެވީ ކީއްވެކަން އެނގޭތޯ؟ މިއީ ހަގީގަތް!

09 އެޕްރީލު 2020
ދައްތާފުޅުގެ ޖަނާޒާއަށް ރައީސް ޔާމީން ވަޑައިނުގެންނެވީ ކީއްވެކަން އެނގޭތޯ؟ މިއީ ހަގީގަތް!
20 މެއި 2019

ޕާޓީތައް ހިންގަނީ ދައުލަތުގެ ފައިސާއިން، ހަރަދުތައް ހާމަކުރަންޖެހޭ!

20 މެއި 2019
ޕާޓީތައް ހިންގަނީ ދައުލަތުގެ ފައިސާއިން، ހަރަދުތައް ހާމަކުރަންޖެހޭ!
06 ނޮވެމްބަރު 2018

އީއައިއޭ: ފޮރުވިފައިވާ ހަގީގަތް

06 ނޮވެމްބަރު 2018
އީއައިއޭ: ފޮރުވިފައިވާ ހަގީގަތް
19 ޖުލައި 2018

ތޯރިގް ވިދާޅުވަނީ ކްރެޑިޓް ރޭޓިންގ ރަނގަޅު ކަމަށް، އެކަމުގެ ހަގީގަތް ދިމާ އިދިކޮޅު!

19 ޖުލައި 2018
ތޯރިގް ވިދާޅުވަނީ ކްރެޑިޓް ރޭޓިންގ ރަނގަޅު ކަމަށް، އެކަމުގެ ހަގީގަތް ދިމާ އިދިކޮޅު!
03 އެޕްރީލު 2018

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!
07 ޖެނުއަރީ 2018

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

07 ޖެނުއަރީ 2018
ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
23 ޖެނުއަރީ 2017

ގަބޫލުކުރަން ދަތި އެކަމު ހަގީގަތް

23 ޖެނުއަރީ 2017
ގަބޫލުކުރަން ދަތި އެކަމު ހަގީގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް