Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުތަކުގައި ތާރު އެޅުން

މަގުތަކުގައި ތާރު އަޅާގޮތް މިނިސްޓަރު އަސްލަމް މަޖިލީހުގެ ރައީސްއަށް ކިޔައިދެއްވައިފި

ތާރު ކަނޑާ ނަގާނެ، އެއީ އެ މަސައްކަތް ކުރާ ގޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ފެބުރުއަރީ 2023 | އަންގާރަ 10:00
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ

އަމީނީ މަގުގައި އެޅި ތާރު ކަނޑާ ނަގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން، އެކަން ކުރާ ގޮތް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާ ސްޓަރަކްޗަރ މުހައްމަދު އަސްލަމް ސާފުކޮށްދެއްވައިފިއެވެ.

މަގުތައް ތަަރައްގީކުރުމަށްފަހު ކޮނެ، ކަނޑާ ހަދާތީ އެކަމާއި ގުޅިގެން ކުޑަހުވަދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ މަގުތައް ނުކޮންނަ ހިސާބަށް ނުދާތަން ފާހަގަވާ ކަމަށެވެ. ކޮންމެވެސް ކަމެއް ކޮށްލަން މަގު ކަނޑާ ނަގަން ޖެހޭ ކަމަށާއި، އެހެންވަނީ ހުރިހާ ނިޒާމެއް ގާއިމްވެފައި ނެތުމުން ކަމަށެވެ. އަދި އެ ހުރިހާ ނިޒާމެއް ގާއިމްވެފައި އޮތްނަމަ ރާއްޖެ ވާނީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށާއި، ތަރައްގީވަމުން އަންނަ ގައުމަކަށްވުމުން، އެކި ޒާތުގެ ކަންކަން ދިމާވަމުންދާ ކަމަށެވެ. އަދި ހުރިހާ ކަމެއް ހައްލުވެގެން މަސައްކަތް ކުރަމުންދާ ކަމަށް ނުދެންނެވޭނެ ކަމަށެވެ.

އެއަށްފަހު އިތުރު މެންބަރަކަށް ފުރުސަތު ދިނުމުގެ ކުރިން ރައީސް ނަޝިދުވަނީ މެންބަރުގެ ސުވާލު ތަކުރާރުކުރައްވާ މެންބަރު އެއްސެވީ ތާރު އަޅާފައި ކަނޑާ ނަގަނީ ކީއްވެގެންތޯ އައްސަވާފައެވެ.

މަޖިލީހުގެ ޖަލްސާގައި މެންބަރު ހަސަން ލަތީފުގެ ވާހަކައަށްފަހު ވެސް ރައީސް ނަޝީދު ވަނީ އަމީނީ މަގުން ތާރު ކަނޑާކަމަށް ވިދާޅުވެ އެވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ އަމީނީ މަގުގައި ހިނގާ މަސައްކަތް ތަފްސީލުކޮށް އެކަން ކުރަމުންދާ ގޮތް ކިޔައިދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ ތާރު ކަނޑަނީ، ތާރު އަޅާ ނިމޭއިރު މަގުގައި ހުންނަ ޖަންކްޝަންތަކުގެ މަތީގައި ހުރި ކޮންޓްރީޓް ބައި ކަމަށެވެ. ތާރުއަޅަމުންދާއިރު ޕޭވަރު ދާނީ އޭގެވެސް މަތިން ކަމަށާއި، އެހެންކަމުން އެތާ މަތީގައި ތުނި އެއްޗެއް އަޅާ ބާއްވާފައި އޭގެ މަތިން ތާރު ކަނޑާ ނަގާނެ ކަމަށެވެ. އެއީ އެ މަސައްކަތް ކުރާ ގޮތް ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ އެ މަސައްކަތް ކުރާ ގޮތް ކަމަށާއި، އެ އެތިކޮޅު ކަނޑާ ނަގާނެ ކަމަށެވެ. އެއީ ތުނިތުނިކޮށް ޕޭވަރުން އެޅިފައި ހުންނަ ތާރު ކޮޅެއް ކަމަށާއި، އެތަންކޮޅު ނަގާނެ ކަމަށާއި، އެއީ މަގުގައި ތާރު އަޅާގޮތް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު