Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެވެށި އަނިޔާކުރުން

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

މި މައްސަލައިގެ ޙުކުމް ކުރެއްވުން 6 މާރޗުގެ 09:00 ގައި އޮންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2023 | ބުދަ 04:50
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނި

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނި

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާއަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ. 

ބުދަ ދުވަހުގެ އަޑުއެހުމުގައި އޮތީ ޚުލާސާ ބަޔާން އިއްވުމެވެ. އެގޮތުން ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އޭނާ އަނބިމީހާއަށް ޙަމަލާ ދީފައިވަނީ އަނބިމީހާ ނިދާފައި އޮއްވައިކަމަށް ދައުލަތުން ބުނެއެވެ.

އޭނާގެ އަނބިމީހާ ބުނެފައިވާ ގޮތުގައި އެ ޙާދިސާ ހިނގިއިރު ދެމީހުން ދިރިއުޅެމުން ދިޔައީ އެއް ގެއެއްގައެވެ. އެރޭ އޭނާ ނިދަން އޮތީ ސިޓިންގ ރޫމުގައި ކަމަށާއި، އޭނާއަށް ހޭލެވުނީ ފަތިހުކަމަށް ބުނެފައިވެއެވެ.

އޭނާ ހެކިބަސް ދީފައިވަނީ ތަހުގީގުގައި ދީފައިވާ ބަޔާނާ ޚިލާފަށެވެ. އެގޮތުން ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ އޭނާ ނިދަން އޮތީ ސިޓީންގ ރޫމުގައި އޭނާ ތަރުކާރީ ކޮށަން ހުންނަ ތަނާ ދިމާލުގައި ކަމަށެވެ.

އެތަނުގައި އާންމުކޮށް ވަޅި ފަދަ ތަކެތި ހުންނަކަމާއި، އަދި އޭނާގެ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް ބުނެ އޭނާ ވަނީ އޭނާ ތަހުގީގުގައި ބަޔާން ދިން ގޮތާ ޚިލާފަށް ހެކިބަސް ދީފައެވެ.

އެހެންނަމަވެސް އޭނާ ސީންގައި ހުރެ ފުލުހުން ގާތުގައި ބުނެފައިވަނީ އޭނާއަށް ޙަމަލާދިނީ ފިރިމީހާ ކަމަށެވެ. އެކަން ބަޔާންކޮށް ސީން އޮފް ކްރައިމް އޮފިސަރުން ވަނީ ހެކިބަސް ދީފައެވެ.

އޭގެ އިތުރުން، މި މައްސަލައިގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރެއްވި ޑޮކްޓަރުވެސް ވަނީ، ވަޅީގެ ތިލަ ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާކަމަށް ބުނެފައެވެ. އަދި ސީޓީ ސްކޭނުންވެސް ދައްކަނީ އެގޮތަށެވެ.

ދައުލަތުން ހުށައެޅި ހެކީގެ އިތުރުން، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، އަދި އަނިޔާ ލިބުނު ފަރާތް ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެކަންކަން ގުޅިގެން އަންނަކަމަށް ދައުލަތުން ބުނެއެވެ.

އޭނާ ތަހުގީގަށް ދިން ބަޔާން ފަހުން ބަދަލުކޮށްފައިވާއިރު، ގެވެށި އަނިޔާގެ މައްސަލަތަކުގައި އާންމު ގޮތެއްގައި މިގޮތަށް ހިނގާކަން ފާހަގަކޮށް ދައުލަތުން ވަނީ، މި މައްސަލައިގައިވެސް ހުށައެޅިފައިވާ ހެކި ޤަރީނާއަށް ބަލައި އަދުލުވެރި ޙުކުމެއް ކުރެއްވުމަށް އެދިލައްވާފައެވެ.

ދެން ކުރިއަށް ދިޔައީ ދިފާއުން ޚުލާސާ ބަޔާން އިއްވުމެވެ. އެގޮތުން ދައުވާއަށް އިންކާރު ކުރާ ކަމަށާއި، އޭނާ އެފަދަ ކަމެއް ނުކުރާކަމަށް އޭނާގެ އަނބިމީހާވެސް ބުނެފައިވާކަމަށް ޚުލާސާ ބަޔާނުގައި ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދިފާއުން ބުނާ ގޮތުގައި މި މައްސަލައިގެ ސީންއަށް ދިޔަ ފުލުހުންގެ ހެކިބަހުގައި އަނިޔާވި ފަރާތް ބުނި ބުނުން ކިޔާދީފައިވާ ގޮތް ތަފާތެވެ.

މި މައްސަލައިގެ ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި ގާޒީ ޝަފީއު ވިދާޅުވީ، މި މައްސަލައިގެ ޙުކުމް ކުރެއްވުން 6 މާރޗުގެ 09:00 ގައި އޮންނާނެކަމަށެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ގެއެއްގެ ސިޑިމަތިން ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެންމީހާ ފައިބައިގެންދާ މަންޒަރެވެ. އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ވަރަށް ގިނަ ލޭ ހުއްޓެވެ.

އަންހެން މީހާގެ ޅިނދުކަށިގަނޑު ކައިރިއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، ވަރަށް ބޮޑަށް ޒަޚަމްވެފައިވެފައިވެއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު