Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީ ސީރިޔާ ބިންހެލުން

ބިންހެލުގައި އާއިލާއާއި ގެދޮރު، އަދި އަމިއްލަ ނަންވެސް ފޮހެވިގެން ދިޔަ ތުއްތު ކުދިން

ނިސްބަތްވާ ތަނެއް އާއިލާއެއް އަދި ކިޔާ ނަންވެސް ނޭނގޭ 260ށްވުރެ ގިނަ ކުދިން، އަޑާނާގެ ހޮސްޕިޓަލެއްގައި އެކަނިވެސް އެބަތިބި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 10:46
ތުރުކީ-ސީރިޔާ ބިންހެލުމުގައި ޔަތީމުވެފައިވާ ތުއްތު ކުއްޖެއް

ތުރުކީ-ސީރިޔާ ބިންހެލުމުގައި ޔަތީމުވެފައިވާ ތުއްތު ކުއްޖެއް

ތުރުކީއާއި ސީރިޔާއަށް، ނިމުނު ހަފުތާގައި އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 23 ހާހަށް އަރާފައިވާއިރު، މި އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވަމުން ދާނެކަމަށް ދަނީ ބެލެމުންނެވެ.

މަރުނުވެ ސަލާމަތްވީ މީހުންގެ ތެރެއިން އެންމެ ފުން އަސަރެއް ކުރާނީ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ނެރެ ސަލާމަތްކޮށްފައިވާ ގިނަ އަދަދެއްގެ ތުއްތުކުދިންނެވެ. ތުރުކީގެ އަޑާނާގެ ވަކި ހޮސްޕިޓަލެއް މިހާރު ވަނީ މިފަދަ ކުދިންނަށް ޚާއްސަކޮށްފައެވެ. އެކުދިންގެ މައިންބަފައިންނެއް ނެތެވެ. އަޅާލާނެ އާއިލާގެ މީހަކު ނެތެވެ. އަމުދުން އެކުދިން ނިސްބަތްވަނީ ކޮން ތަނެއްގެ ކޮންއާއިލާއަކަށްކަންވެސް ނޭނގެއެވެ. ކުދިންގެ އަމިއްލަ ނަމެއްވެސް ގިނަ ކުދިންނަކަށް ނޭގެއެވެ. އެއީ "އެނޯނިމަސް" ކުދިން ތަކެކެވެ.

މި މައުސޫމް ތުއްތު ކުދިންނަށް ބުއްފުޅި ދީ ބަލަހައްޓަމުން ގެންދަނީ ހޮސްޕިޓަލްގެ މުވައްޒަފުންނެވެ. ބައެއް ކުދިންނަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާދެމުންދަނީ އިންޓެންސިވް ކެއަރގައެވެ. އަތްފައި ބިނދި، ބޮލަށް އަނިޔާވެފައިވާ ކުދިން ބައިވަރެވެ. ނަމަވެސް ކުދިން އަމިއްލައަށްވެސް ގަދަވުމަށް ހިތްވަރު ކުރާ ކަހަލައެވެ. މީހުން ފެނުމުން ހިނިތުން ވެލައެވެ. އުރާލަން ބުނެއެވެ. މިކަމުން މަންޒަރު ފެންނަ މީހުންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވައެވެ.

އަޑާނާ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އަދި ޕީޑިއޭޓްރިޝަނެއްގެ ވަޒީފާ އަދާކުރާ ޑޮކްޓަރަކު މައުލޫމާތު ދީފައިވާގޮތުގައި އެކި ކުދިން ފެނުނު އިމާރާތް ނުވަތަ ސަރަހައްދުގެ މައުލޫމާތު އެއްކުރެވޭތޯ ހޮސްޕިޓަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ތުރުކީގެ އޮފިޝަލުން ވިދާޅުވެފައިވާގޮތުގައި ޑިޒާސްޓަރ ޒޯންގެ އެކި ތަންތަނުން ސަލާމަތް ކުރެވުނު، ނިސްބަތްވާ ސަރަހައްދު، އާއިލާ ނުވަތަ އަމިއްލަ ނަންވެސް ނޭނގޭ 260ށްވުރެ ގިނަ ކުދިން އެބަތިއްބެވެ. ގެދޮރު ނެތް، މައިންބަފައިން ނެތް ކުދިންގެ އަދަދު އަދި މިއަށްވުރެވެސް އިތުރު ވެގެން ދާނެކަމަށް ދަނީ ބެލެމުންނެވެ. މިހާރުވެސް އަޑާނާ ހޮސްޕިޓަލް ވަނީ އެފަދަ ކުދިން ގެނެސް ފުރިފައެވެ. ރަޖާތަކަށްލައި އޮޅާލާފައި ގޮދަޑިތަކުގެ މަތީގައި އަތުރާލާފައެވެ. ސަރޖަރީ ވޯޑް ވަނީ، އަނިޔާވެގެން އޮޕަރޭޝަންކޮށްފައިވާ ކުދިން ބައިތިއްބައި، ފުރިފައެވެ. ޑޮކްޓަރުން ބުނިގޮތުގައި ވާހަކަދެއްކޭވަރު ބޮޑެތި ކުދިންވެސް އަދި ތިބީ އެއްޗެއް ނުބުނެވި، ޝޮކްގައެވެ. މިވަގުތު އެކުދިންނާ މުއާމަލާތުކުރަން ޖެހެނީ ލޮލާއި ލޯ ސީދާކޮށް، ހަރަކާތުން ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ކުދިން ހަމަޖެހުމަށް އަދި ދުވަސް ކޮޅެއް ނަގާނެކަމަށާއި، އޭރުން ކުދިންގެ ކިބައިން މައުލޫމާތު ހޯދަން މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ. ކުދިން ނިސްބަތްވާ އިމާރާތް ނުވަތަ ސަރަހައްދު އެނގުނުނަމަވެސް އެއީ މިހާރު ގާފުންޏަކަށް ވަނީ ބަދަލުވެފައެވެ.

މިފަދަ ކުދިން އާއިލާތަކާ ގުޅުވުމަށް ތުރުކީގައި ސޯޝަލް މީޑިޔާ މެދުވެރިކޮށްވެސް ބަޔަކު ގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ސަލަމާތްވެ، އަދި ކުދިން ގެއްލިފައިވާ އާއިލާތަކުންވެސް ދަނީ އެކި މެޑިކަލް ސެންޓަރުތަކާއި ހޮސްޕިޓަލްތައް ހޯދަމުންނެވެ.

އަނެއްކޮޅުން އަޑާނާ ހޮސްޕިޓަލަށް އަދިވެސް ކުދިން ގެންނަނީއެވެ. ވަރުބަލިވެ ހޭނެތިފައިވާ ހާލަތުގައެވެ. އަޑާނާގެ އެންމެންނަކީވެސް ބިރުވެރިކަން ތަޖުރިބާކޮށް، ސަލާމަތްވެފައިވާ މީހުންނާއި ކުދިންނެވެ. ހޮސްޕިޓަލްގެ ޑެޕިއުޓީ ޑައިރެކްޓަރުގެ އަމިއްލަ އާއިލާގެ އެތައްބަޔަކު ވަނީ މަރުވެފައެވެ. ގެދޮރުވަނީ ހަލާކުވެފައެވެ. އޭނާވެސް ޒަޚަމްތައް ތަހައްމަލްކުރަމުންދާ އޭނާގެ ކުދިންނާއެކު ހިޔާވަހިކަން ހޯދަމުން ދަނީ ހޮސްޕިޓަލްގައެވެ. އޭނާ ބުނިގޮތުގައި އޭނާ އެތަނުގައި ހުރީ އެ ޔަތީމު ކުދިންނަށްޓަކައެވެ. މަންމައެއްގެ ހައިސިއްޔަތުން ކުރެވޭ ފުން އިހުސާސްތަކުގެ ސަބަބުންނެވެ. މައެއް ބަފައެއް ނެތް، އެހާ ގިނަކުދިން ތިބިއިރު މަޔަކަށް ކުރެވޭނެ އެންމެ ފުން ހިތާމަޔަކީ އަމިއްލަ ތުއްތު ދަރިފުޅާ ވަކިވުންކަމަށް އޭނާބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

13 ސެޕްޓެމްބަރު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު