Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
94 ވަނަ ފުރާވަރު ކޭމްޕް

94 ވަނަ ފުރާވަރު ކޭމްޕް ނިންމާލައިފި

ފުރާވަރު ކޭންޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 07:32
94 ވަނަ ފުރާވަރު ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން

94 ވަނަ ފުރާވަރު ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ އަދި ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ފުރާވަރު ކޭންޕުގެ 94 ވަނަ ކޭންޕު ނިންމާލައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮޕް ޕޮލިސް މުހައްމަދު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި، ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، ކްރައިމް ޕްރިވެންޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަމްޒީ އަދި ށ އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ވަހީދު ބައިވެރިވެލެއްވިއެވެ.

Advertisement - newsAdvertisement

މި މަހު 2 އިން 4 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ތަފާތު އެކި ހާލަތްތަކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ހެދުމާ އަދި އިސްލާމްދީނުގެ އަގީދާގައި ސާބިތު ކަމާއެކު ހިފަހައްޓާ ދަރިވަރުންތަކަކަށް ހެދުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ގައުމުގެ ދެކެ ލޯބިވާ، ގައުމަށް ތެދުވެރި ވަފާތެރި، އަދި ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމަށްވެސް މި ކޭންޕުގެ ތެރެއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އާދަކާދަތައް ތައާރަފުކޮށްދީ ގަޑިންގަޑިއަށް ކަންކަން ކުރުމަށާއި، ކުލާސްތަކަށް ގަޑިއަށް ހާސިރުވުމަށް ސަމާލުކަންދިނުމާއި ޒިންމާދާރުކަން އަދި މީހުންނަށް އިހުތިރާމުކުރުމާއި ތެދުވެރިކަން އިސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކުޅިވަރުގެ ތެރެއިން ޓީމް ބިލްޑިންގ އުނގަންނައިދިނުމާއި، ސައިބަރ ކްރައިމް އަދި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ކަންކަމުން ރައްކާތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކުށުގެ މާހައުލުން ރައްކާތެރިކުރުވުމާއި މަގުމަތީގެ ގަވާއިދުތަކާއި، ނަފްސު ތަންފީޒުކުރުން ފަދަ މުހިންމު މައުލޫމާތުތައް އުނގަންނައިދީފައިވެއެވެ.

ކޭމްފުގެ ތެރެއިން ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ބެލެނިވެރިކަމުގެ ހުނަރުތަކާއި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ކުދިން ރައްކާތެރިކުރުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސާމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުން ކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ފޯނަށް އަންނަ ތަފާތު އެކި ލިންކުތަކަށް ނުވަނުމަށާއި ކުށުގެ އެއްވެސް ކަމެއް ހިނގައިފިނަމަ އެކަމެއް ލަސްނުކޮށް ރިޕޯޓު ކުރުމަށާއި ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައިވެއެވެ.

މި ކޭންޕުގައި ށ. އަތޮޅު މަދަރުސާގެ 82 ދަރިވަރުންނާއި ފޭދޫ ސްކޫލްގެ 46 ދަރިވަރުންނާއެކު ޖުމްލަ 128 ދަރިވަރުން ބައިވެރިވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްފުރާވަރު ކޭމްޕުށ.ފޭދޫށ.ކަނޑިތީމު

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު