Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގްރީން ޓީގެ ފައިދާ

ގްރީން ޓީ - ޓީ ގެ ރަސްގެފާނު

ގްރީން ޓީއަކީ ނުހަނު މަޤްބޫލު އެއްޗެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖެނުއަރީ 2023 | ހޮނިހިރު 15:23
ގްރީން ޓީ

ގްރީން ޓީ

ގިނަ މީހުން ސިފަ ކުރާ ގޮތުގައި ގްރީން ޓީއަކީ ޓީ ގެ ރަސްގެފާނެވެ. އެކި މީހުން މި ސައި ބޮއި އުޅެނީ އެކި ސަބަބުތަކާހުރެއެވެ.

ގްރީން ޓީ އުފެދިގެން އައީ ހިމާލަޔާ ފަރުބަދަތައް ހުންނަ ސަރަޙައްދުގައި ހުންނަ ބިޔަ ގަަސްތަކަކުން ކަމަށްވެއެވެ. އެހެންނަމަވެސް މިހާރު ފެންނަ ގަސްގަނޑުތަކުގެ ގޮތުގައި މުޑުވަށްކޮށްގެން ގްރީން ޓީ ގަސް އާލާކުރީ އިހުގެ ޗައިނާ މީހުންކަމަށް ބުނެ އުޅެއެވެ. އެއީ އެމީހުންނަށް ގްރީން ޓީ ގެ ފައިދާތައް އެނގުނު ހިސާބުންނެވެ.

12 ވަނަ ޤަރުނުގައި ޗައިނާ މީހުން ސައިގެ ބާވަތްތައް އެކްސްޕޯޓު ކުރިއިރު، ގްރީން ޓީއަކީވެސް ނުހަނު މަޤްބޫލު އެއްޗެކެވެ.

ހަމައެކަނި ޗައިނާއެއް ނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ގްރީން ޓީގެ މަޤްބޫލުކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން 1191 ވަނަ އަހަރު ޖަޕާނަށް ގްރީން ޓީ ތައާރަފް ވެގެން ދިއުމާއެކު، ޖަޕާނުގެ އާދަކާދައާއި ސަޤާފަތުގެ މުހިއްމު ބައެއްގެ ގޮތުގައި މި ސައި ބުއިން ހިމެނިގެން ދިޔައެވެ.

ގްރީން ޓީ ބުއިމަކީ ބަރުދަން ލުއިކޮށްދޭ ކަމެއްކަމަށް "ދި ހެލްތް ބްލޮގް" ގެ ދިރާސާތަކުން ދައްކައެވެ. އިންޓަރނޭޝަނަލް ޖަރނަލް އޮފް އޮބީސިޓީއިން ބުނާ ގޮތުގައި، ގްރީން ޓީ ގައި ހުންނަ "ޕޮލީފިނޯލް" ކިޔާ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ހޫނުކަން އުފައްދާ މިންވަރު އިތުރުވެ، އޭގެ ސަބަބުން ހަށިގަނޑުގެ ކެލޮރީތައް ވިރުވާލުމަށް އެހީއަކަށް ވެދެއެވެ.

ބަރުދަން ލުއި ކުރުމުގެ ތަޖުރިބާކާރުންނާއި ޑައިޓިޝަނުންވެސް އެއްބަސްވާ ގޮތުގައި، ގްރީން ޓީ ގެ މި ސިފަތަކުގެ ސަބަބުން ބަރުދަން ލުއި ކުރުމުގައި އެހީއަކަށްވެދެއެވެ.

1994 ވަނަ އަހަރު "ޖާނަލް އޮފް ދި ނެޝަނަލް ކެންސަރ އިންސްޓިޓިއުޓް" އިން ޝާއިއުކުރި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުގައި، ގްރީން ޓީ ބުއިމަކީ ކެންސަރުން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން ޗައިނާގެ ރައްޔިތުންތަކެއް ހިމަނައިގެން ހެދި މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި، ގްރީން ޓީ ބޯ މީހުންގެ ކަރުތެރޭގެ ހޮޅީގައި ކެެންސަރު އުފެދޭ މިންވަރު 60 އިންސައްތަ ދަށް ކޮށްދެއެވެ.

ހަމައެއާއެކު، ގްރީން ޓީ ގައި ހިމެނޭ އެންޓި އޮކްސިޑެންޓެއްކަމަށްވާ "އީޖީސީޖީ" ގެ ސަބަބުން ކެންސަރު އުފައްދާ ސެލްތަކުގެ އިތުރުވުން ހުއްޓުވައި، އެފަދަ ސެލްތައް މަރާލުމަށް އެހީވެދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ދުޅަހެޔޮ ޓިޝޫތައް މަރާނުލައިވެސް، ކެންސަރު އުފައްދާ ސެލްތައް މަރާލުމަށް މަގުފަހިކޮށްދެއެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2024

މުއިއްޒު ވެރިކަމަށް ވަޑައިގަތީ "ދަރަނި ދައްކައިދޭނެ ފަރާތްތަކުގެ ގްރީން ސިގްނަލް އާ އެކު، އެއްވެސް ހާސް ކަމެއް ނެތި"

28 ޖޫން 2024
މުއިއްޒު ވެރިކަމަށް ވަޑައިގަތީ "ދަރަނި ދައްކައިދޭނެ ފަރާތްތަކުގެ ގްރީން ސިގްނަލް އާ އެކު، އެއްވެސް ހާސް ކަމެއް ނެތި"
16 ޖޫން 2024

ގްރީން ޒޯނުން ކޭބަލް ވަގަށް ނަގައިގެން ވަގުކަލޭގެ ފިލާ! މިއީ ތޯތޯ ކަމަކަށް ހެދޭތޯ؟

16 ޖޫން 2024
ގްރީން ޒޯނުން ކޭބަލް ވަގަށް ނަގައިގެން ވަގުކަލޭގެ ފިލާ! މިއީ ތޯތޯ ކަމަކަށް ހެދޭތޯ؟
28 ޑިސެމްބަރު 2023

"ބޮޑު ރަސްގެފާނު، މުއިއްޒު"- މުއިއްޒާ ރަސްކަމާ އޮތީ ކޮން ގުޅުމެއް؟

28 ޑިސެމްބަރު 2023
"ބޮޑު ރަސްގެފާނު، މުއިއްޒު"- މުއިއްޒާ ރަސްކަމާ އޮތީ ކޮން ގުޅުމެއް؟
22 ޖުލައި 2018

ޕީޕީއެމްގެ ވެރިން ފުރަން ވީމަ ގްރީން ޒޯން ޕިންކް ޒޯނަށް!

22 ޖުލައި 2018
ޕީޕީއެމްގެ ވެރިން ފުރަން ވީމަ ގްރީން ޒޯން ޕިންކް ޒޯނަށް!
19 ޖޫން 2018

ގްރީން ބިލްޑިންގ ކޮންސެޕްޓް: ރާއްޖެ އަށް ފަހި ކޮންސެޕްޓެއް

19 ޖޫން 2018
ގްރީން ބިލްޑިންގ ކޮންސެޕްޓް: ރާއްޖެ އަށް ފަހި ކޮންސެޕްޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު