Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
119 ކިލޯގެ މަސްތުވާތަކެތި

119 ކިލޯ ޑްރަގް ކޭސްގައި ހިމެނޭ މީހުންގެ ބަންދު ދަމަހައްޓައިފި

މި މައްސަލައިގައި އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 07:33
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ބަންދު ދަމަހައްޓައިފިއެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން އަލީ ޒުބައިރުއާއި އަހުމަދު ސުނައިނު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ 23 ނޮވެމްބަރު 2022 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުޙައްމަދު މިސްބާހު ވިދާޅުވީ، މައްސަލައިގެ ހެއްކާއި، ހެކިތަކުން ދައުވާ ސާބިތު ކުރުމަށް ހުރި ފުރުސަތުތައް ފަދަ ކަންކަމަށް ރިއާޔަތްކުރާއިރު، އެމީހުން ބަންދުން ދޫކޮށްލަން ފެނިވަޑައިގަންނަވާކަމަށެވެ.

އަދި، މި މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރި ކަމަށާއި، މައްސަލަ ބެލުމަށް ދާއިމީ ގާޒީއެއް ނެތްކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

އޭގެ ފަހުން ބޭއްވި އަޑުއެހުމެއްގައި މުޖާހިދުވެސް ދޫކޮށްލާފައިވާއިރު، އޭނާވެސް ދޫކޮށްލީ ޝަރުތުތަކާއެކުއެވެ. އޭގެ ތެރޭގައި ދައުލަތުގެ ހެކިންނާއި ވާހަކަ ނުދެއްކުމާއި، ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމަށް އެންގުން ހިމެނެއެވެ. އަދި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ.

ދަށު ކޯޓުގެ އެ ނިންމުންތައް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެގޮތުން 7 ޑިސެމްބަރު 2022 ގައި ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މުޖާހިދު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ބާތިލުކޮށްފައެވެ.

މައްސަލައެއް ލަސްވުމަކީ، ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަން ފާހަގަކޮށް ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، މައްސަލަ ބަލާ ކޯޓެއްގައި ނުވަތަ އެ ކޯޓެއްގެ ސެކްޝަނުގައި ނުވަތަ ޖުޑީޝަލް ދާއިރާގެ ކޯޓެއްގައި ދާއިމީ ފަނޑިޔާރަކު ނެތްނަމަ، ޢަމަލު ކުރަންވީ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޙުކުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި މުޖާހިދު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މައްސަލައަކީ، 100 ކިލޯ ނުވަތަ އެއަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ހިމެނޭ މައްސަލައެއްގައި، އޭގެތެރެއިން 80 ވަރަކަށް ކިލޯއާ އަޙްމަދު މުޖާހިދުއާ ގުޅުވާލެވޭ އެކަށީގެންވާ ހެކިތަކެއް ހުރި މައްސަލައެކެވެ.

އަދި މަސްތުވާތަކެތި މުޖުތަމަޢަށް ފޯރުކޮށްދިނުމުގައި ނުވަތަ މި ކަމުގެ ވިޔާފަރީގައި އަޙްމަދު މުޖާހިދު ޝާމިލުވާކަމަށް ބެލެވޭނެ ހެކިތައް ހުށަހަޅާފައިވާކަންވެސް ޙުކުމުގައި ބަޔާން ކުރައްވާފައިވެއެވެ. ވުމާއެކު، މުޖާހިދު ޝަރުޠުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެގެހެއްޓިދާނެ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ދެކިވަޑައިނުގަންނަވާކަން ހައިކޯޓުުގެ ޙުކުމުގައި ފާހަގަ ކުރެއްވިއެވެ.

އެ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުން އެގޮތުގެ މަތިން ދެމެހެއްޓުމަށް އެދިލައްވާފައެވެ.

އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލަ އަދިވެސް އޮތީ އިބްތިދާއީ މަރުޙަލާގައި ކަމަށާއި، ދިފާއުން ބޭނުންވަނީ ވީހާވެސް އަވަހަށް މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށެވެ. ބަންދު މުރާޖައާއާ ގުޅޭގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ފާހަގަކުރި ކަންކަން ފިޔަވައި އިތުރު ކަމެއް މިވަގުތަށް ފާހަގަކުރަން ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ގާޒީ މުޙައްމަދު މިސްބާހު ވަނީ ދެ ފަރާތުން ދެއްކި ވާހަކައާއި، ހައިކޯޓުގެ ނިންމުމަށް ރިއާޔަތް ކުރައްވައި އަނެއްކާވެސް އެމީހުންގެ ބަންދު ދަމަހައްޓަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

09 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު