Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ދާއިރާ ކުރިއެރުވުން

ތައުލީމީ ދާއިރާއިން ފަންނީ ގާބިލްކަން އިތުރުކުރަން 26500 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެވިފައިވޭ: ރައީސް

14 ޖެނުއަރީ 2023 | ހޮނިހިރު 09:46

މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް މިހާރު ޤާއިމްވެފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޖެނުއަރީ 2023 | ހޮނިހިރު 09:46
ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު

ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު

މި ސަރުކާރުން މިހާތަނަށް މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ހިންގި ތަފާތު ޕްރޮގްރާމްތަކުން 26500 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެވިފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށީ 2021 ވަނަ އަހަރެވެ. ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ތައުލީމުގެ ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރު ނުވެ ހުރި، އުނގެނުމާ ގުޅޭ އެތައް ޙައްޤެއް މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ނިޒާމަށް އަންނާނެ އެންމެބޮޑު އެއް ބަދަލަކީ، ސްކޫލް މާޙައުލުގެ ތެރެއިން، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު، މިހާރަށްވުރެ ފުޅާގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ބަދަލުވެގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެ ބަދަލާއެކު، ކުދިންގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތަކާއި ފަންނުވެރިކަން ތަރައްޤީކުރުމަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފުރުޞަތު ހޯދައިދެވޭނެ ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޤާނޫނީ އޮނިގަނޑަށް ގެނައި މި ބަދަލުތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު އަޅުގަނޑުމެން ސެޓެލައިޓް ސްކޫލް ނިޒާމުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ޤާއިމުކޮށް ކިޔަވައިދޭން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެެ. ހަމައެހެންމެ ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ރަނގަޅަށް ތަންފީޒު ކުރުމަށްޓަކައި އެ ފަންނުގެ މީހުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެެ.

ރައީސް ވަނީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވ. އަތޮޅަކީ ރާއްޖޭގެ އެންމެ ކުޑަ އަދި އާބާދީވެސް އެންމެ ކުޑަ އަތޮޅު ކަމަށް ވާއިރު މިދިޔަ އަހަރާ ޖެހެންދެން ވެސް އެ އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް ނެތް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށްޓީ މި ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް މިހާރު ޤާއިމްވެފައި ހުންނާނެ ކަމަށާއި އެއީ ތާރީހީ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަމާޒަކީ، ކުދިންނަށް ކިޔަވައިދިނުމުގައިވެސް، އެންމެ އަތޮޅެއްވެސް، އެންމެ ރަށެއްވެސް، އަދި އެންމެ ފަރުދަކު ވިޔަސް ބާކީ ނުކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަކީ، ދިވެހި ޤައުމުގެ ކުރިމަގަށް އާރޯކަމާއި ފިނިކަން ގެނެސްދިނުމަށް އިންދޭ ހިޔާބޮޑު ގަހެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ މިއަދު ނުވަތަ މާދަމާ ނުފެނުނު ނަމަވެސް ކުރިމަގުގެ ޖީލުތައް ހަމަގައިމުވެސް އެ ގަހުގެ މޭވާތައް ބިންނަން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގއި ހުރިހާ ދާއިރާއަކުން ޤައުމުގެ ކުރިމަގާ ހަވާލުވާނެ ހީވާގި، ކެރޭ ދަރިންތަކެއް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު އައްޑޫސިޓި ފޭދޫއެޑިއުކޭޝަން މިނިސްޓްރީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
28 އޮކްޓޯބަރު 2025

ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ

28 އޮކްޓޯބަރު 2025
ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
18 އޯގަސްޓު 2025

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް