Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރައީސް ޞާލިހުގެ ޓީމަށް އެނގޭނެ ދެން އަޅުގަނޑުމެން އަތުވާނެ އެއްވެސް މަގެއް ނެތްކަން: ނަޝީދު

2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ވެރިކަން ދެމިގެންދާނީ 18 މަސްދުވަހައްކަން ފާހަގަކޮށްފައިވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2023 | ހުކުރު 07:04
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ޓީމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމުގައި އެމަނިކުފާނުގެ ޓީމު އަތުވާނެ އެއްވެސް މަގެއް ނެތްކަން މިހާރު އެނގޭނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެމަނިކުފާނުގެ ކެޕްމޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ތަނަށް އެއްވެ ތިބި ފަރާތްތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޓީމު އޮތީ އެތެރޭގެ ޓްރެކުގައި ކަމަށާއި ޕްރައިމަރީގެ ރޭސް ނިންމާނީ އެމަނިކުފާނުގެ ޓީމުކަން މިހާރު ރައީސް ޞާލިހުގެ ޓީމަށް ވެސް އެނގޭނެ ކަމަށެވެ.

Advertisement - newsAdvertisement

ސިޔާސީ ދުނިޔޭގައި ހަފުތާއަކީ ވަރަށް ގިނަ ދުވަސްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރައީސް ޞާލިހު ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު އެ އިންތިޚާބު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ހީފުޅު ކުރެއްވި ނަމަވެސް މިއަދު އެގޮތަށް ހީފުޅު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ބައްދަލުވުންތަކަށް ނުކުންނަ ފަރާތްތަކަކީ "އަސްލު އެމްޑީޕީ" މެންބަރުންގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ވެރިކަން ދެމިގެންދާނީ 18 މަސްދުވަހައްކަން ފާހަގަކޮށްފައިވާނެ ކަމަށާއި ރައީސް ޞާލިހުވެސް ނުކުމެވަޑައިގެން އަނެއްކާވެސް ރައީސް ނަޝީދު ވެރިކަން ކުރާ ދުވަސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާރު އިތުރު ދައުރެއްގެ ވާހަކަފުޅު ރައީސް ދައްކަވާއިރު އަންނަ ދައުރެއްގައި ޤާނޫނު އަސާސީ އިސްލާހު ކުރައްވައި ތިންވަނަ ދައުރެއް އަދި ހަތަރުވަނަ ދައުރެއް ހޯއްދަވަން އުޅުއްވާނެ ކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީން އަދި އެމަނިކުފާނު އަމިއްލަފުޅަށް ވެސް ކަންބޮޑުވަނީ މިއަދު އެޕާޓީގެ ސިޔާސަތުތަކާ ދުރަށް ދާތީ ކަމަށާއި އަދި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ޚިލާފުވާތީ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވާ އެ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ނަޝީދު އާއި ރައީސް ޞާލިހު ވެސް ގެންދަނީ ވިދާޅުވަމުންނެވެ. އެގޮތުން ރައީސް ޞާލިހު ވިދާޅުވާގޮތުގައި އެމްޑީޕީއަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެމަނިކުފާނު ޕްރައިމަރީން ހޮވައިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޑީޕީ ޕްރައިމަރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު