Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

ރަފީނިއާ ހޯދުމުގެ ޝައުޤުވެރިކަން އޭސީ މިލާނުން ފާޅުކޮށްފި

12 ޖެނުއަރީ 2023 | ބުރާސްފަތި 07:06

އެކަމުގެ މަޝްވަރާތައް އެ ކުލަބުގައި ކުރެވުނު ނަމަވެސް، ރަސްމީކޮށް ބާސެލޯނާއާ ދެމެދު މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2023 | ބުރާސްފަތި 07:06
ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ ހޯދުމުގެ ޝައުޤުވެރިކަން އިޓާލިއަން ލީގުގެ އޭސީ މިލާނުން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ލީޑްސް ޔުނައިޓެޑު ދޫކޮށް ރަފީނިއާ ބާސެލޯނާ އަށް ބަދަލުވީ މިިދިޔަ އަހަރު އެވެ. އެ ކުލަބާއެކު ރަފީނިއާ ހޭދަކުރި މުއްދަތުގައި ވަނީ 21 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. ލީޑްސްގައި ރަފީނިއާ ދެއްކި މޮޅު ކުޅުން ބާސެލޯނާގައި ނުދެއްކޭ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފައިވަނީ ރަފީނިއާ އަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާއިން ކުޅެނީ މުޅިން އެހެން ވައްޓަފާޅިއަކަށް ކަމަށާއި، އެ ޓީމުގެ ކުޅުމަށް ހޭނެން ރަފީނިއާ އަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ވެސް ރަފީނިއާ ވަނީ ބްރެޒިލްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވޯލްޑް ކަޕަށްފަހު ޒަވީ ބުނީ، ޖެނުއަރީ ޓްރާންސްފާގައި ވެސް އެއްވެސް ކުޅުންތެރިޔަކު ކުލަބު ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރަފީނިއާ ހޯދުމަށް އޭސީ މިލާނުން ބޭނުންވެ އެވެ. އެކަމުގެ މަޝްވަރާތައް އެ ކުލަބުގައި ކުރެވުނު ނަމަވެސް، ރަސްމީކޮށް ބާސެލޯނާއާ ދެމެދު މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ބާސެލޯނާ އިން ރަފީނިއާ ދޫކޮށްލަން ބޭނުންވާ ނަމަ، އޭސީ މިލާނުން އޭނާ ގެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރަފީނިއާ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރުމަށެވެ. އޭނާ ބޭނުންވަނީ ބާސެލޯނާގައި ޒަވީ ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔަކަށް ވުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އޭސީ މިލާންރަފީނިއާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
10 އޮކްޓޯބަރު 2024

އެއްބަސްވުން އައު ކުރުމުގެ މަޝްވަރާއެއް މިލާނުން ހެނާންޑޭޒްއަކާ ނުކުރޭ

10 އޮކްޓޯބަރު 2024
އެއްބަސްވުން އައު ކުރުމުގެ މަޝްވަރާއެއް މިލާނުން ހެނާންޑޭޒްއަކާ ނުކުރޭ
03 އޮކްޓޯބަރު 2024

ރަފީނިއާ އަށް ފްލިކްގެ އިތުބާރު އޮވޭ

03 އޮކްޓޯބަރު 2024
ރަފީނިއާ އަށް ފްލިކްގެ އިތުބާރު އޮވޭ
23 ސެޕްޓެމްބަރު 2024

އިންޓަ މިލާންގެ މައްޗަށް، އޭސީ މިލާން އިން ކުރި ހޯދައިފި

23 ސެޕްޓެމްބަރު 2024
އިންޓަ މިލާންގެ މައްޗަށް، އޭސީ މިލާން އިން ކުރި ހޯދައިފި
18 މެއި 2024

އޭސީ މިލާންގެ ކޯޗަކަށް ފޮންސެކާ ގެންނަން މަސައްކަތްކުރަނީ

18 މެއި 2024
އޭސީ މިލާންގެ ކޯޗަކަށް ފޮންސެކާ ގެންނަން މަސައްކަތްކުރަނީ
14 މެއި 2024

މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއް: ޖިރޫޑް

14 މެއި 2024
މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއް: ޖިރޫޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް