Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބުގެ މައި މަރުކަޒު

އިންތިޚާބީ މައި މަރުކަޒެއް ބޭނުންވޭ، މިއީ ޖާގައިގެ ގޮތުން ދަތި ދުވަސްވަރެއް: ފުއާދު

މިމަހުގެ 15 ހިސާބުގައި އަޑުގެ އިމާރާތުގެ ދެކުނު ބައި ލިބޭނެކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2023 | ބުރާސްފަތި 02:09
އިލެކްޝަންސް ކޮމިޝަންގެ އިދާރާ

އިލެކްޝަންސް ކޮމިޝަންގެ އިދާރާ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެކިއެކި މަސައްކަތްތައްކުރުމަށް އިންތިޚާބީ މައި މަރުކަޒެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށާއި މިދުވަސްވަރަކީ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ޖާގައިގެ ގޮތުން ދަތި ދުވަސްވަރެއްކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އީސީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ކުރިން އީސީގެ މަސައްކަތްތައް ހިންގަމުން އައި ބާ ޖަމާލުއްދީން ސްކޫލު އިމާރާތުން ނުކުންނަން ޖެހުމުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށެވެ. އީސީގައި 12 ސެކްޝަން އޮންނައިރު އާންމު ގޮތެއްގައި 4 ސެކްޝަން ނުވަތަ 6 ސެކްޝަން ހިންގަމުން އަންނަނީ އިންތިޚާބީ މަރުކަޒުގައި ކަމަށާއި ނަމަވެސް މިހާރު ހުރިހާ ސެކްޝަނުތަކުގެ މަސައްކަތްތައް ކުރަމުންވެސް އަންނަނީ މައި އޮފީހުގައި ކަމަށެވެ. އެހެންކަމުން ނެތް ޖާގައެއްގައި ހުރިހާ މުވައްޒަފުން މެނޭޖުކުރަމުންދަނީ ތޮއްޖެހިގެން ކަހަލަ ގޮތަކަށްކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރިޔާސީ އިންތިޚާބާ ދިމާކޮށް މައި މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެކަމާއި ގުޅޭގޮތުން ފުއާދު ވިދާޅުވީ އެކަމުގެ މަޝްވަރާތައް ހައުސިންގ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިޔަށްގެންގޮސްފައިވާކަމަށެވެ. މިމަހުގެ 15 ހިސާބުގައި އަޑުގެ އިމާރާތުގެ ދެކުނު ބައި ލިބޭނެކަމަށް ބެލެވޭކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެތަން ލިބުމުން އިންތިޚާބާ ގުޅުން ހުރި މަސައްކަތްތައްކުރެވޭ ފަދަ ތަނަކަށް އެތަން ހެދުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށެވެ.

ފުއާދު ވިދާޅުވީ މީގެކުރީގެ އިންތިޚާބުތަކުގައިވެސް އިންތިޚާބީ މައި މަރުކަޒެއް ބޭނުންކުރިކަމަށެވެ. އެގޮތުން ނަސަންދުރަ ޕެލަސް ހޮޓަލް ބޭނުންކޮށްފައިވާއިރު ދަރުބާރުގެއާއި ބާ ޖަމާލުއްދީންވެސް އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އިންތިޚާބުގެ އެކި ކަންކަމަށް 8000 އޮފިޝަލުން ބޭނުންވާނެކަމަށް ފުއާދު ވިދާޅުވިއެވެ. އަދި 800 ވޯޓު ފޮށި ބަހައްޓަންޖެހޭނެކަމަށް އަންދާޒާކުރެވޭކަމަށް ފުއާދު ވިދާޅުވިއެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 280،000 މީހުންނަށް ލިބިފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް، ބަޖެޓުގައި ހިމަނާފައި ވަނީ 90 މިލިއަން ރުފިޔާއެވެ. އީސީން ބުނާގޮތުގައި އެއީ ފުރަތަމަ ބުރު ބޭއްވޭނެހާ ފައިސާއެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ 25 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބު 2023ފުއާދު ތައުފީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު