Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބުގެ ވޯޓަރސް ލިސްޓާއި ވޯޓު ފޮށި

ރިޔާސީ އިންތިޚާބުގައި 280،000 މީހުންނަށް ވޯޓުލެވޭނެ، 800 ވޯޓު ފޮށި ބަހައްޓާނެ

ރިސޯޓުތަކުގައި މަދުވެގެން 50 މީހުން ރަޖިސްޓްރީކޮށްފިނަމަ އެރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖެނުއަރީ 2023 | އަންގާރަ 17:46
ރިޔާސީ އިންތިޚާބު 2018ގައި މީހަކު ވޯޓުލަނީ

ރިޔާސީ އިންތިޚާބު 2018ގައި މީހަކު ވޯޓުލަނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ލަފާކުރެވޭ ގޮތުގައި 280،000 މީހުންނަށް ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފުއާދު ވިދާޅުވީ، އަލަށް 18 އަހަރު ފުރިގެން ވޯޓުލެވޭ މީހުންގެ އަދަދު ވިއްސަކަށް ހާސް އުޅޭނެކަމަށެވެ. މީގެއިތުރުން މިފަހަރުގެ އިންތިޚާބަށް ރީރެޖިސްޓްރޭޝަނަށް ހުޅުވާލާނެކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބައެއް ފަރާތްތަކުން ކައުންސިލު އިންތިޚާބުގެ ވޯޓަރސް ލިސްޓަށް ބެލޭނެކަމަށް ބުނަމުންދާކަމަށާއި، ނަމަވެސް ގިނަ ބައި-އިލެކްޝަންތަކެއް ބާއްވަމުންދާއިރު ވޯޓަރސް ލިސްޓަށް ބަދަލުތަކެއް އަންނާނެކަމަށެވެ. އެހެންކަމުން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި ހިސާބުގައިކަމަށް ފުއާދު ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ލަފާކުރެވޭ ގޮތުގައި 800 ވޯޓު ފޮށި ބެހެއްޓޭނެކަމަށް ފުއާދު ވިދާޅުވިއެވެ. ރިސޯޓުތަކުގައި މަދުވެގެން 50 މީހުން ރަޖިސްޓްރީކޮށްފިނަމަ އެރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށާއި، ޖަލުތަކުގައި 25 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށި ބަހައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެގައުމެއްގައި ވޯޓުލާން 150 މީހުން ތިބިނަމަ ކަމަށް ފުއާދު ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައެޅުމަށްޓަކައި ފޮރިން މިނިސްޓްރީއާއެކު މަސައްކަތްކުރެވެމުން ދާކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން ގައުމުތަކުގައި ދިރިއުޅޭ މީހުންގެ އަދަދުތައް ހޯދަމުންދާކަމަށް ވިދާޅުވިއެވެ.

ވޯޓު ފޮއްޓަކަށް އެންމެ ގިނަވެގެން ވޯޓުލެވޭނެ އަދަދަކީ 800 ކަމަށް ފުއާދު ވިދާޅުވިއެވެ. އެއަށްވުރެ ގިނަ މީހުން ތިބިނަމަ އެތަނެއްގައި ދެވަނަ ވޯޓު ފޮއްޓެއް ބަހައްޓާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައިވެސް ކޮންމެ ދާއިރާއަކަށް ވަކިން ވޯޓު ފޮއްޓެއް ބަހައްޓާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުމުގައި މިހާރުވެސް އެކިއެކި މުއައްސަސާތަކާއެކު ވާހަކަދައްކަމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެއިތުރުން މިފަހަރުވެސް ބޭނުންކުރާނެ ވޯޓު ކަރުދާހަކީ ހައި ކޮލިޓީ، ޑުޕްލިކޭޓް ވޯޓު ކަރުދާސް ނުހެދޭ ފެންވަރުގެ ކަރުދާސްކަމަށް ފުއާދު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ މަހު އޮންނާނެކަމަށް އީސީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބު 2023ފުއާދު ތައުފީގުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު