Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުންގަނޑު ކޮންޓްރޯލްކޮށްފި

އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ދުންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ އަންގާރަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 12:16
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި ހޯމަ ދުވަހުގެ ފަތިހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު މިހާރު އެ ސަރަހައްދުން ދުންއެރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ދުންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އަދި މިހާރު އެ ސަރަހައްދު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފްއިން ކުރިން ބުނެފައިވާ ގޮތުގައި އަލިފާންގަނޑު ފެތުރުނީ ނީލަން ފިހާރައިގެ އުތުރުފަޅިން، އިމާދުއްދީން ސްކޫލާ ދިމާލުންނެވެ. މި ހާދިސާއާ ގުޅޭ ކޯލް ސިފައިންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 5:43ގައެވެ.

ނީލަން ފިހާރަ ސަރަހައްދުގައި ލަކުޑިއާއި، ދަގަނޑާއި، އަލިފާން ހިފާ ޒާތުގެ އެތައް ބާވަތެއްގެ ސާމާނު ހުރެއެވެ. އެހެންކަމުން އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއަށް ދަތިތަކާ ދިމާވިއެވެ. މިހާދިސާގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުންނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރމަނުން ކުރި މަސައްކަތުން، ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާގައި ފެތުރެމުންދިޔަ އަލިފާން ހެނދުނު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 ހާއިރުއެވެ.

އަލިފާން ނިއްވާލި ނަމަވެސް އެ ސަރަހައްދުން ބޯކޮށް ދުން އަރަމުން ދިއުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ދެ ސްކޫލެއްގެ ކިޔެވުންވެސް ހޯމަ ދުވަހު ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އަންގާރަ ދުވަހު އަލުން ދެ ސްކޫލުގައިވެސް ކިޔެވުން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ރޯވި ލޭބަރ ކުއާޓަރތަކުން 299 މީހުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ. އެތަނުގައި ދިރިއުޅެމުން އައީ ބިދޭސީންނެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނެފައިވާ ގޮތުގައި މިހާދިސާގެ ސަބަބުން މާލެ ސިޓީ ކައުންސިލުގެ ލޭބަރ ކުއާޓަރއެއް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައިކަމަށާއި، ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ލޭބަރ ކުއާޓަރއަކަށް ވެސް ދުމުގެ އަސަރު ކުރުމުގެ ސަބަބުން އެތަނުން މީހުން ހުސްކޮށްފައިވާކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން މިހާރު ވަނީ ވަގުތީގޮތުން ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ދުމުގެ އަސަރު ހުރުމާ ގުޅިގެން ހޯމަ ދުވަހުން ފެށިގެން މާސްކު އަޅައިގެން އެސަރަހައްދުގައި އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭއި)ން އިލްތިމާސްކުރިއެވެ. މީގެ އިތުރުން، އަލިފާން ރޯވެ ވަރަށް ބޮޑަށް ދުންގަނޑު ފެތުރުނުއިރު ދުމުން ރައްކާތެރިވުމަށް ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރިއެވެ.

އެމްއެންޑީއެފްނީލަން ފިހާރާގައި ރޯވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު