Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރުޓީއެލް ބަހުގެ ރޫޓުތަކަށް ބަދަލުތަކަށް

ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާ: އާރުޓީއެލް ބަހުގެ ރޫޓުތަކަށް ބަދަލުތަކެއް

ބޮޑުތަކުރުފާނު މަގު އަލުން ހުޅުވާލުމާއެކު ބަހުގެ ރޫޓުތައް އާންމު ހާލަތަށް ބަދަލުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖެނުއަރީ 2023 | ހޯމަ 08:42
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން

މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން

ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެމްޓީސީސީން ދެމުންގެންދާ އާރުޓީއެލް ބަހުގެ ޚިދުމަތްދޭ ރޫޓްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެކަމާއި ގުޅިގެން އެމްޓީސީސީން ބުނީ ނީލަން ފިހާރާ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދުކުރެވިފައިވާތީ ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް 1 ކަމުގައިވާ ވެސްޓް ޕާކުން ހުޅުމާލެ ފޭސް 1ށް ބަސް ދާ ރޫޓް އަދި ރޫޓް 7 ކަމުގައިވާ ހުޅުމާލެ ފޭސް 2ން ވެސްޓްޕާކުގެ ބަހުގެ ޚިދުމަތަށް ވަގުތީ ގޮތުން ކާނިވަލު ސަރަހައްދަށް ބަދަލުކުރެވިފައިވާކަމަށެވެ. މީގެއިތުރުން ރޫޓް 11 ކަމުގައިވާ އަމީނީ ރޫޓް ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement - newsAdvertisement

އަމީނީ ރޫޓް މެދުކަނޑާލާފައިވުމާއެކު އޯކިޑް ރޫޓް ބޭނުންކުރާ ކަސްޓަމަރުން އިތުރުވާނެކަމަށް ބެލެވޭތީ އޯކިޑް ރޫޓަށް މިހާރު ބަސް އިތުރުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން މާލެ އިން ވެލާނާ އިންޓަރނޭޝަނަލް އެއާރ ޕޯޓަށް ދާ ރޫޓުވެސް ބަދަލުތަކަކަށްފަހު އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ވެސްޓް ޕާކުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިޔުމަށް ހަމަޖެހިފައިވާ ރޫޓް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓިންކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ރޫޓުން ދެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާނީ މަޖިީދީ މަގުގެ ބަސް ހުއްޓިތަކަށް މަޑުކުރުމަށްފަހުކަމަށް އެމްޓީސީސީން ބުނެއެވެ.

އެހެންނަމަވެސް ބޮޑުތަކުރުފާނު މަގު އަލުން ހުޅުވާލުމާއެކު ބަހުގެ ރޫޓުތައް އާންމު ހާލަތަށް ބަދަލުވާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އާރްޓީއެލް އެމްޓީސީސީނީލަން ފިހާރާގައި ރޯވުން

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު