Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއެފްއެފްއެޗްއެސް

އައިއެފްއެފްއެޗްއެސް އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މެސީ، ކޯޗަކަށް ސްކަލޯނީ

މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ ހޯދީ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ކަރީމް ބެންޒެމާއާ ވާދަކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖެނުއަރީ 2023 | ހޯމަ 02:18
އާޖެންޓީނާގެ ކެޕްޓަން މެސީ އަދި ކޯޗު ސްކަލޯނީ

އާޖެންޓީނާގެ ކެޕްޓަން މެސީ އަދި ކޯޗު ސްކަލޯނީ

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވި 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެ އެވެ.

އައިއެފްއެފްއެޗްއެސް އިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފުރަތަމަ ހޮވަން ފެށީ 1988 ވަނަ އަހަރު އެވެ. ނަމަވެސް ފަަހުން ފީފާގެ އެދުމުގެ މަތިން މެދު އެވޯޑު ދިނުން މެދުކެނޑުމަށްފަހު، އަލުން އެވޯޑު ދޭން ފެށީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އެވެ. 2022 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ ހޯދީ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ކަރީމް ބެންޒެމާއާ ވާދަކޮށެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް މެސީ ހޮވުނީ 275 ޕޮއިންޓާއެކު އެވެ. މެސީގެ ފަހަތުން އެމްބާޕޭ އަށް 35 ޕޮއިންޓު ލިބުނުއިރު، ބެންޒެމާ އަށް ލިބުނީ 30 ޕޮއިންޓެވެ. އެވޯޑު ކާމިޔާބު ކުރި މެސީ ވަނީ މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާއާއެކު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ.

އައިއެފްއެފްއެޗްއެސް އިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލިއޮނަލް ސްކަލޯނީ އެވެ. ސްކަލޯނީ އެ އެވޯޑު ކާމިޔާބުކުރީ ފްރާންސްގެ ޑިޑިއޭ ޑެޝޯމްޕްސް އާއި މޮރޮކޯގެ ވަލީދު ރެގްރަގުއިއާ ވާދަކޮށެވެ. ސްކަލޯނީ އަށް 240 ޕޮއިންޓު ލިބުނުއިރު، ޑެޝޯމްޕްސް އަށް ލިބުނީ 45 ޕޮއިންޓެވެ. އަދި ވަލީދަށް ލިބުނީ 30 ޕޮއިންޓެވެ. ސްކަލޯނީ ވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އާޖެންޓީނާ އަށް ތިން ތައްޓެއް ކާމިޔާބުކޮށްދީފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތާއި، 2022 ވަނަ އަހަރު ކުޅުނު ފައިނަލިސިމާ އަދި ވޯލްޑް ކަޕެވެ.

މީގެ އިތުރުން އައިއެފްއެފްއެޗްއެސް އިން ހޮވި އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔަކީ އިންގްލެންޑުގެ ޖޫޑް ބެލިންހަމް އެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އެވެ.

އައިއެފްއެފްއެޗްއެސް ލިއޮނެލް މެސީލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
02 ޖުލައި 2025

މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު

02 ޖުލައި 2025
މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު
19 މާރިޗު 2025

ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!

19 މާރިޗު 2025
ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު