Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުގެ އަގު

މަހުގެ އަގެއް ނުއުފުލުނު، ހިތާމަކުރަން: ނަޝީދު

70 އިންސައްތަ މަސް އެކްސްޕޯޓުކުރަނީ ރޯ މެޓީރިއަލްގެ ގޮތުގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ޖެނުއަރީ 2023 | އާދީއްތަ 02:48
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

އަދިވެސް މަހުގެ އަގު ނުއުފުލޭތީ ހިތާމަކުރައްވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ދ. މީދޫގައި ކުރިއަށްގެންދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން އުފެދިގެން އައިއިރު އެސްޓީއޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުންދިޔައީ 2.50 ރުފިޔާއާއި 6.50 ރުފިޔާއާ ދޭތެރޭގައި ކަމަށެވެ. އެއަށްވުރެ މައްޗަށް އަގު ނާރާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރޯމަހަކީ އަގުހެޔޮ އެއްޗެއް ކަމަށާއި، އެހެންނަމަވެސް ބާނާ މަހުގެ 70 އިންސައްތަ އެކްސްޕޯޓުކުރަނީ ރޮލާ ކަމަށް ވިދާޅުވިއެވެ. މީގެ ބަދަލުގައި އެ މަސް ޕްރޮސެސްކޮށްފިނަމަ އޭގެ އަގު އެތައް ގުނައަކަށް އަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ސިޔާސަތެއްގެ ގޮތުގައި ހުށަހެޅީ ރަށްރަށުގައި މަސް ބަންދުކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ. މަހުގެ އަގު އުފުލިގެންދާނީ އެ މަސް ޕްރޮސެސްކުރުމަށްފަހު އެކްސްޕޯޓުކޮށްގެން ކަމަށާއި، އެހެންނަމަވެސް އެކަން އެގޮތަކަށް ނުކުރެވޭކަމަށް ވިދާޅުވިއެވެ.

މަސް ޕްރޮސެސްކުރެވޭނެ ގޮތްތައް ފަހިކުރުމުގެ ބަދަލުގައި ސަރުކާރުން އަނެއްކާވެސް ގަސްތުކުރީ މިފްކޯގައި ރޯމަސް ރައްކާކުރާ ޖާގަ ބޮޑުކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް މި ޖާގަ ބޮޑުކުރެވިފައިނުވާ ކަމަށާއި، ގޭދޮށު މަސް ޕްލާންޓުތަކެއްވެސް ހެދިފައިނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިގޮތަށް މަސް ޕްރޮސެސް ނުކޮށް ރޯ މަހުގެ ގޮތުގައި މަސް އެކްސްޕޯޓުކުރާނަމަ ތަނަވަސް މުޖުތަމައަކަށް މި މުޖުތަމައު ބަދަލެއް ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި 5 އަހަރަކީ ތަނަވަސް މުޖުތަމައަކަށް ބަދަލުވާނެ 5 އަހަރެއް ކަމަށް ހިތުލައިގެން ހުންނެވި ކަމަށާއި، އެހެންނަމަވެސް އެކަން އެގޮތަށް ނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު