Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މާލޭ ލީގު: ވިކްޓްރީ އާއި އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ވިކްޓްރީ އޮތީ 15 ޕޮއިންޓާއެކު ފަސްވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 ޖޫން 2017 | ބުދަ 14:51
ވިކްޓްރީ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ވިކްޓްރީ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު ވިކްޓްރީ އަދި އީގަލްސް ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސް އިންނެވެ. އެގޮތުން އީގަލްސްގެ އިބްރާހިމް އައިސަމް ފޮނުވާލި ހަމަލާ ކާމިޔާބެއް ނުވިއެވެ. އޭގެ ފަހުން ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ ސެޑިކް އަށްވެސް ވަނީ ލީޑު ނެގުމަށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު، ލަނޑު ޖެހުމަށްވެސް މާގިނަ ފުރުސަތުތަކެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް އީގަލްސްގެ ރިޒްވާން އަށް ދެވަނަ ހާފްގައިވެސް ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން ބުނީ އީގަލްސް އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި، ހުރިހާ ޝުކުރެއްވެސް އޭނާ އަދާކުރަން ބޭނުންވަނީ ކުޅުންތެރިންނަށް ކަމަށެވެ.

އެގޮތުން އޭނާ ބުނީ މުސާރަ ނުލިބޭތީ ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރުކޮށްފައިވާ ކަމަށާއި، އީގަލްސް ކަހަލަ އޯގަނައިޒް ފުޓުބޯޅައެއް ކުޅޭ ޓީމަކާ ދެކޮޅަށް ޕޮއިންޓެއް ލިބުމަކީ އުފާވާ ކަމެއްކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ ސާންތި ބުނީ ރޯދަމަހަށްފަހު ހަވީރު ކުއްލިއަކަށް މެޗެއް ކުޅެން ޖެހުމުން އޭގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށާއި، އެގޮތުން ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނަށް މެޗުގައި ރަނގަޅަށް ނުކުޅެވުނު ކަމަށެވެ.

މި ނަތީޖާއާއެކު 15 ޕޮއިންޓާއެކު ވިކްޓްރީ ފަސް ވަނަ އަށް ޖެހިލާފައިވާއިރު، 17 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ކްލަބް އީގަލްސް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު