Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓުތަކުގެ ކުލި

ހިޔާ ފްލެޓުތަކުގެ ކުލި ބޮޑު، ކުލި ދެއްކުމަށް އެހީއެއް ދިނުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެއް: ނަޝީދު

4 ޖެނުއަރީ 2023 | ބުދަ 14:32

ބޯހިޔާވަހިކަމެއް ލިބުމަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖެނުއަރީ 2023 | ބުދަ 14:32
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެންފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެންފައި

ހިޔާ ފްލެޓުތަކުގެ ކުލި ބޮޑު ކަމަށާއި، ކުލި ދެއްކުމަށް އިތުރު އެހީއެއް ދިނުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބުދަ ދުވަހު ރައީސް ނަޝީދު ވަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެންފައެވެ. އެހެންނަމަވެސް، އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ އެއްވުމުގައި އަޑުގަދަކޮށް، ހަމަނުޖެހުން އުފައްދާފައެވެ.

Advertisement - newsAdvertisement

އެ ހަމަނުޖެހުންތަކުގައި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވާއިރު، ފަހުން ރައީސް ނަޝީދުވެސް ވަނީ އެ އިވެންޓު ދޫކުރައްވައި އެ ސަރަޙައްދުން ވަޑައިގެންފައެވެ.

އެ ސަރަޙައްދުން ވަޑައިގެންނެވުމުގެ ކުރިން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމެއް ލިބުމަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމަށާއި، މާލެ ސަރަޙައްދުގައި އުޅޭ މީހުން ދިރިއުޅެމުންދަނީ ވަރަށް ބިކަ ހާލުގައި ކަމަށެވެ.

އޭރުވެސް އިދިކޮޅު ފަރާތްތަކުން ގެންދިޔައީ އެ ސަރަޙައްދުގައި އަޑުގަދަކުރަމުންނެވެ.

ހިޔާ ފްލެޓުތަކަށް އަލިއަޅުވާލައްވާ ރައީސް ނަޝީދު ވިދާޅުވީ، އެތަނުގެ ކުލި ބޮޑު ކަމަށެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމެއް ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންދާ ނަސީބެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފްލެޓުތައް އަޅާފައިވަނީ ބޮޑު އަގުގައިކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ފްލެޓުތަކުގެ ކުލި ބޮޑުވެފައިވަނީ އެ ސަބަބާހުރެ ކަމަށެވެ.

ދައުލަތުގެ އެންމެ ބޮޑު ދަރަންޏެއް ހިއްސާ ކުރަނީވެސް ހުޅުމާލެއިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދަރަނި އަނބުރާ ދެއްކުމަށްޓަކައި ޓެކްސް ބޮޑު ކުރަން ޖެހިފައިވާ ކަމަށާއި، ދަރަނި އަނބުރާ ދެއްކުމަށް އެ ގޮތްގޮތުން ފައިސާ ހޯދަން ޖެހިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން، އިމާރަތް ކުރަން ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުންވެސް އިމާރަތްތަކުގެ ކުލި ބޮޑުވުމަށް މެދުވެރިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ހިޔާ ފްލެޓުތަކުގައި އުޅޭ މީހުންނަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ތަކުލީފަކީ އާމްދަނީ މަދުވުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، އެކަންކަމުގެ ސަބަބުން ދިރިއުޅުމަށް ދިމާވާ ހާސްކަމެވެ.

އެ ކަންކަމުން އަރައިގަތުމަށްޓަކައި ކުލި ދެއްކުމުގައި އިތުރު އެހީއެއް ދިނުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް