Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީގެ މަސައްކަތްތައް

2022 ވަނަ އަހަރު ޖޭއެސްސީން 46 މައްސަލަ ބަލައި ނިންމި

3 ޖެނުއަރީ 2023 | އަންގާރަ 04:35

2022 ވަނަ އަހަރު 393 ޝަކުވާ ވަނީ ހުށަހަޅާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޖެނުއަރީ 2023 | އަންގާރަ 04:35
ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ނިމިދިޔަ 2022 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން 46 މައްސަލަ ބަލައި ނިންމާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ނިމިދިޔަ އަހަަރު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކޮށް ޖޭއެސްސީން ބުނީ 2022 ވަނަ އަހަރު އެ އިދާރާއިން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން 24 މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށެވެ.

Advertisement - newsAdvertisement

ޖޭއެސްސީން ބުނީ އެ އިދާރާއިން މައްސަލަ ބަލައި ނިންމުމަށްފަހު 4 ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. ކޮމިޝަނަށް ހުށަހަފައިވާ 9 މައްސަލައެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ނިންމައި، އެމީހުންނަށް ނަސޭހަތްދީ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ. އަދި 3 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ހާމަކުރާ ގޮތުގައި މިދިޔަ އަހަރު އެ އިދާރާއަށް 393 ޝަކުވާ ވަނީ ހުށަހަޅާފައެވެ. މިއީ 2021 ވަނަ އަހަރު ހުށަހެޅުނު 404 ޝަކުވާއާ އަޅާ ބަލާއިރު 2.72 އިންސައްތަ ދަށް އަދަދެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

2022 ވަނަ އަހަރު 70 ޝަކުވާއެއް ތަހުގީގުކޮށްފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. މީގެ ތެރެއިން 55 ޝަކުވާއަކީ 2021 ވަނަ އަހަރު ހުށަހެޅިފައިވާ ޝަކުވާއެވެ. އަދި އަލަށް ހުށަހެޅުނު 15 ޝަކުވާއެއް ބަލާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

2022 ވަނަ އަހަރު ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 37 ޝަކުވާއެއް ވަނީ ރިވިއު މަރުހަލާގައި ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި 19 ޝަކުވާއެއް ތަހުގީގު ކުރުމަށް ފޮނުވާފައިވާކަމަށާއި، މީގެ ތެރޭގައި ފަނޑިޔާރުންނާ ގުޅުންހުރި 15 މައްސަލަ ހިމެނޭ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.  

2022 ވަނަ އަހަރު ނިމުނުއިރު ޖޭއެސްސީގައި 170 ފަނޑިޔާރުން ތިބި ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 23 އަންހެން ފަނޑިޔާރުންނާއި، 147 ފިރިހެން ފަނިޔާރުންނެވެ. އަންހެން ފަނޑިޔާރުންގެ އަދަދު 2021 ވަނަ އަހަރާ އަޅާ ބަލާއިރު 2.7 އިންސައްތަ އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.  

ޖޭއެސްސީން ބުނީ 2022 ވަނަ އަހަރު 11 ފަނޑިޔާރަކު އަލަށް އައްޔަންކުރައްވާފައިވާއިރު، 3 ފަނޑިޔާރަކު ހައި ކޯޓަށް އައްޔަންކޮށްފައިވާކަމަށް ޖޭއެސްސީން ހާމަކުރެއެވެ. ސުޕީރިއަރ ކޯޓުތަކަށް 2 ފަނޑިޔާރުން އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 6 ފަނޑިޔާރުން އައްޔަންކޮށްފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

2022 ވަނަ އަހަރު 12 ފަނޑިޔާރަކު ރިޓަޔަރކުރައްވާފައިވާއިރު، 6 ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި 1 ފަނޑިޔާރަކު ޝަރަފުވެރިކަމާއެކު މަގާމުން މުސްކުޅިފުޅުކުރައްވާފައިވާއިރު، ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވެއެވެ. މީގެ އިތުރުން ޖޭއެސްސީން ބުނީ 2022 ވަނަ އަހަރު 33 އިސް މެޖިސްޓްރޭޓުން އަދި 2 އިސް ފަނޑިޔާރުން އައްޔަންްކުރައްވާފައިވާކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް