Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބޫބަކުރު ފައިސަލް

ދަންޖެހެން އުޅުނު ފައިސަލްގެ ހާލު ކްރިޓިކަލް - ހޮސްޕިޓަލް

ހާލު ވަރަށް ކްރިޓިކަލް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2022 | އަންގާރަ 06:30
ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ހދ. ނޮޅިވަރަމު 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، 32 އަހަރުގެ އަބޫބަކުރު ފައިސަލްގެ ހާލު ކްރިޓިކަލް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ކުޅުުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސަލްގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި، އަދިވެސް އޮތީ އައިސީޔުގައި ވެންޓިލޭޓަރުގައި ކަމަށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވިންދު ނެތެވެ. އަދި އެމަރޖެންސީގައި ވަގުތުން ފަރުވާ ފަށާ، ވިންދު އައުމުން އައިސީޔޫއަށް ބަދަލުކުރެވި މިހާރު އޮތީ ވެންޓިލޭޓަރުގައެވެ.

ފުލުހުން ބުނީ ފައިސަލް ދަަންޖެހެން މަސަައްކަތްކުރަނިކޮށް ހޯމަ ދުވަހުގެ ރޭ 23:15 އެހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި މި ވަގުތު ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުންދާކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރުސީއެމް އަދި އެންއައިސީއަށް ހުށަހަޅައިގެން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފައިސަލް ދަންޖެހިފައިވަނީ ކުޅުދުއްފުށީ ފުލުހުންގެ ބަންދުގައި ހުއްޓާއެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށް ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭ އިރު ނިޝާމާ އާއި އޭނާގެ ފިރިމީހާގެ ދެމެދުގައި ޒުވާބުކުރާ ކަމަށާއި ބައެއް ފަހަރު ވަރަށް އިހުތިރާމް ކުޑަކޮށް މުއާމަލާތުކުރާ ކަމަށް އެ ރަށުން "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ވަނީ ނިޝާމާގެ ގައިން މީގެ ކުރިން ވެސް ޒަހަމްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޒަހަމްތަކަކީ ކިހިނެތް ލިބުނު ޒަހަމްތަކެއްތޯ ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިޝާމާގެ ހަށިގަނޑު ދުށްމީހަކާއި ހަވާލާދީ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައި އޮތް އިރު ނިޝާމާގެ ހަށިގަނޑުން ޒަހަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަހަމްގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ނިޝާމާ އަށް އޭނާގެ ފިރިމީހާ އަނިޔާ ކުރާ ކަމަށާއި އެކަން އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުންނަށް ވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައަބޫބަކުރު ފައިސަލްކުޅުދުއްފުށިމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު