Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޮޅިވަރަމްގައި އަންހެނަކު މަރާލި މައްސަލަ

ނޮޅިވަރަމްގައި އަންހެނަކު މަރާލުން: ކޯޓު އަމުރެއްގެ ދަށުން ފިރިމީހާ ހައްޔަރުކޮށްފި، އަންހެން މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ނިޝާމާ މުހައްމަދުގެ ހަށިގަނޑު މިހާރު ވަނީ ހދ ކުޅުދުއްފުއްޓަށް ގެންގޮސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޑިސެމްބަރު 2022 | ހޮނިހިރު 18:00
ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ މިމައްސަލައިގައި އދ ފެންފުށީ ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ ނިޝާމާ މުހައްމަދުގެ ހަށިގަނޑު މިހާރު ވަނީ ހދ ކުޅުދުއްފުއްޓަށް ގެންގޮސްފައިކަމަށެވެ. އަދި ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ނިޝާމާގެ ފިރިމީހާ ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އަމިއްލަ އަށް ހާޒިރުވެފައި ކަމަށް "ރާއްޖެ އެމްވީ" އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ނޮޅިވަރަމް ކައުންސިލް މެމްބަރު އަދި އިންފޮމޭޝަން އޮފިސަރ މުހައްމަދު މުސްތަފާ ވިދާޅުވީ، 28 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނުނު ކަން ކައުންސިލަށް އެނގިފައިވަނީ ހޮނިހިރު ދުވަހުގެ 01:30 އެހާއިރު ކަމަށެވެ. ނިޝާމާ މުހައްމަދު ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މެންދުރު 12:30 އެހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮއްވާ ކަަމަށް ނިޝާމާގެ އާއިލާ އާއި ހަވާލާދީ މުސްތަފާ ވަނީ ވިދާޅުވެފައެވެ.

އަދި އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ބެލި ބެލުމުން އޭނާ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ މުސްތަފާ ވިދާޅުވިއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. މަރުވި އަންހެން މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރުމާއި އެހެން ބައެއް ސަބަބުތަކާއި ހުރެ އޭނާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ އަށް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް އޭނާ ކުށުދުއްފުށްޓަށް ގޮސްފައިވާ ކަމަށް މަރުވި އަންހެން މިހާގެ އާއިލާ އާއި ހަވާލާދީ އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ ހަށިގަނޑުގައި ނޫފައިގެން ގޮސްފައި ހުރި ތަންތަން ހުރުމުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހދ ނޮޅިވަރަމް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު