ފައިވާން ތެރެއަށް ލައިގެން ފޯނާއި، ސިމްކާޑު، ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފި
9 ޑިސެމްބަރު 2022 | ހުކުރު 16:23ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާނުގެ ތެރެއަށް ފޯނާއި، ސިމްކާޑުލައިގެން އެތަކެތި ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ އެމީހާ ކޯޓަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެންދިޔަ އިރު


ފައިވާން ތެރެއަށް ލައިގެން ފޯނާއި، ސިމްކާޑު، ޖަލަށް އެތެރެކުރަން މަސައްކަތް ކުރުން
ބަންދުގައި ހުރި މީހަކު ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާނުގެ ތެރެއަށް ފޯނާއި، ސިމްކާޑުލައިގެން އެތަކެތި ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފިއެވެ.
އެކަމުގެ ތަފްސީލް ހިއްސާކުރައްވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓުގަައި ވިދާޅުވީ، ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާނުގެ ތެރެއަށް ފޯނާއި، ސިމްކާޑުލައިގެން އެތަކެތި ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ އެމީހާ ކޯޓަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެންދިޔަ އިރު ކަމަށެވެ. އޭނާ އަނބުރާ ޖަލަށް ގެންދިއުމުގެ ކުރިން އޭނާއާއި ބައްދަލު ކުރި މީހަކާއި އޭނާ އާއި ދެމީހުން، ބަންދުގައި ހުރި މީހާ އަރައިގެންހުރި ފައިވާން ބަދަލުކޮށްފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބަދަލު ކުރި ފައިވާނުގެ ދަށްފުށް ކަފާލުމަށް ފަހު ފައިވާން ތެރެ އަށް ފޯނަކާއި، ސިމް ކާޑެއްގެ އިތުރުން ޗާޖަރެއް ލާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ ތަކެތި ހުރީ ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
ދާދިފަހުން ޖަލުގައި ހިންގި އޮޕަރޭޝަންގެ ތެރޭގައި ފޯނާއި، ސިމްކާޑާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތިފަދަ މަނާ ތަކެތި ވަނީ އަތުލައިގަނެފައެވެ.











