Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މުބާރާތުގައި ސްވިޒަލެންޑް އޮތީ ފުޓުބޯޅަ ކުޅެން، އެހެން ވާހަކަ ދައްކާކަށް ނޫން

2 ޑިސެމްބަރު 2022 | ހުކުރު 02:41

ޑިފެންޑަރު މެނުއަލް އަކަންޖީ ބުނީ ވިސްނުން ހުރީ ގަދަ 16 އަށް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޑިސެމްބަރު 2022 | ހުކުރު 02:41
ސްވިޒަލެންޑުގެ ކޯޗު މުރާދް ޔަކީން

ސްވިޒަލެންޑުގެ ކޯޗު މުރާދް ޔަކީން

ފީފާ ވޯލްޑް ކަޕްގައި ސްވިޒަލެންޑް އޮތީ ފުޓުބޯޅަ ކުޅެން ކަަމަށާއި، ބޭކާރު އެހެން ވާހަކަ ދައްކަން ނޫން ކަމަށް އެ ޓީމުގެ ކޯޗު މުރާދް ޔަކީން ބުނެފިއެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްްޓޭޖުގެ ފަހު މެޗުގައި ސާބިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ މިހެން ބުނެފައިވާއިރު ސްވިޒަލެންޑަކީ މުބާރާތުގައި އެއް ޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑު އެޅުމަށް ނިންމި ހަތް ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް މުބާރާތް ބާއްވާ ޤައުމު ޤަތަރާއި، ފީފާގެ ޕްރެޝަރުތަކާއި އިންޒާރުތަކުގެ ސަބަބުން އެމީހުން ވަނީ އެ ބޭންޑު ނާޅަން ނިންމާފައެވެ. ނަމަވެސް މުބާރާތުގެ ކުރީކޮޅު އޭނާ ވަނީ އެކަމާ ހިތްހަމަނުޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.

ޔަކީން ބުނީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އެ ޤައުމުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް، ޖެނަރަލް ސެކްރެޓަރީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެއީ މުބާރާތް ކުރިއަށްދާއިރު ދައްކާނީ ހަމައެކަނި ކުޅިވަރު ނުވަތަ ފުޓުބޯޅައިގެ ވާހަކަ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެކަން އޭނާ އާއި ކުޅުންތެރިންގެ މައްޗަށް ވެސް އޮންނާނެ ކަމަށެވެ. އަދި އޭނާ ކުޅުންތެރިންނަށް އިހުތިރާމް ކުރާ ކަމަށާއި، ކުޅުންތެރިންނަކީ އަދަބުވެރި ބައެއް ކަމަށެވެ. ޔަކީން ބުނީ ސާބިއާ މެޗަކީ ހަމައެކަނި ފުޓުބޯޅަ އަށް ވިސްނަން ޖެހޭ މެޗެއް ކަމަށެވެ. އެގޮތުން ދަނޑުމަތީގައި ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނީ ކުޅިވަރު މީހުންގެ ގޮތުގައި ކަމަށެވެ. ޔަކީން ބުނީ އެހެން ކަންކަމާ ނުބެހެވޭނެ ކަމަށާއި، އެއީ އެމީހުންގެ އަތްމަތީގައި އޮތް ކަމެއް ވެސް ނޫން ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން އެ ޓީމުގެ ޑިފެންޑަރު މެނުއަލް އަކަންޖީ ބުނީ ވިސްނުން ހުރީ ގަދަ 16 އަށް ނޫން ކަމަށާއި، ވިސްނުން ހުރީ ސާބިއާ މެޗަށް ކަމަށެވެ. އޭނާ ބުނީ އެ މެޗު ކާމިޔާބުކުރެވޭނެ ކަަމަށާއި، އެއަށްފަހު ކުރިއަށް އޮތް ބުރަށް ސްވިޒަލެންޑަށް ދެވޭނެ ކަމަށެވެ. އަދި ފުރަތަމަ ކަމަކީ އެ މެޗު ކާމިޔާބުކުރުން ކަމަށާއި، އެއަށްފަހު ދެން އޮތް ބުރުގައި ވާދަކުރަން ޖެހޭ ޓީމެއް އެނގޭނެ ކަމަށެވެ.

ސްވިޒަލެންޑް އަދި ސާބިއާ ކުޅޭ މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް