Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ. އާރަށުގެ ޚިޔާނާތުގެ މައްސަލަ

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލަ: ދައުލަތުން އެދުނީ ޔާމީން އިންވެސްޓުކުރެއްވި 3.4 މިލިއަނާއި އޭގެ ފައިދާ ނަގައިދޭން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން އެފަދައިން އެދުނީ ހުލާސާ ބަޔާން އިއްވަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2022 | ބުދަ 13:42
ޔާމީން އަބްދުލްޤައްޔޫމް

ޔާމީން އަބްދުލްޤައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން  މޯލްޑިވްސް އިސްލާމިކް ބޭންކުގައި އިންވެސްޓުކޮށްފައި ހުރި 3.4 މިލިއަން ޑޮލަރާއި އިންވެސްޓުކޮށްގެން ލިބިފައިވާ ފައިދާ ނަގައިދޭން ކްރިމިނަލް ކޯޓުގައި ދައުލަތުން އެދިއްޖެއެވެ.

ބުދަ ދުވަހު ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން އެފަދައިން އެދުނީ ހުލާސާ ބަޔާން އިއްވަމުންނެވެ. ދައުލަތުން ހުލާސާ ބަޔާން ހުށަހަޅަމުން ބުނީ މި މައްސަލައިގައި ހުށަހަަޅާފައިވާ ހެކިތަކުން މައްސަލަ ސާބިތުވާ ކަމަށެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ރައީސް ޔާމީންގެ އެ ކައުންޓުގައި ހުރި ފައިސާ އަކީ ޔޫސުފް ނައީމް ރިޝްވަތުގެ ގޮތުގައި ދިން ފައިސާ ކަމާއި، ޔާމީން އެ ރިޝްވަތުގައި ހިފިކަން އެނގޭ ކަަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އިންވެސްޓުކޮށްފައިވާ ކަން އެ ހެކިތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެހެންކަމުން ވ.އާރަށް ކުއްޔަން ދީގެން ރައީސް ޔާމީން އަށް ލިބިފައިވާ ކަމަށް ތުހުމަތުކުރާ 1 މިލިއަން ޑޮލަރާއި އިންވެސްޓުކުރަން އެއާ އެއްކުރި 2.4 މިލިއަން ޑޮލަރު ހިމަނައިގެން، 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ނަގައިދޭން ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުގެ އެ ތުހުމަތުތައް ރައީސް ޔާމީންގެ ފަރާތުން ވަނީ ދޮގުކޮށްފައެެވެ. އެއީ ސައްހަ ޑޮލަރުގެ މުއާމަލާތެއް ކަމަށާއި ފައިސާ ބަދަލުކުރެވުނީ ޑޮލަރު މާރުކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭނެ ހެއްކެއް ރައީސް ޔާމީން ހުށަހަޅުއްވާފައި ނުވާ ކަމަށާއި އާރަށް ދިނުމާ ގުޅޭ ކަންކަން ހިނގައިދިޔަ ތާރީހުތަކާއި ފައިސާއާ ގުޅޭ މުއާމަލާތްތައް ހިނގާފައިވާ ތާރީހުތަކަކީ އިއްތިފާގެއް ކަމަށް ނުބެލެވޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުން ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ, ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ތެރޭގައި ހިމެނޭ އާރަށުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ވަނީ އުފުލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު