Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސަންޓޯސްގެ އުއްމީދަކީ ހަތަރު އަހަރު ކުރީގެ ނަތީޖާ ބަދަލުކުރުން

އެންމެ ފަހުން ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2022 | ހޯމަ 02:14
ޕޯޗުގަލްގެ ކޯޗު ސަންޓޯސް

ޕޯޗުގަލްގެ ކޯޗު ސަންޓޯސް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އުރުގުއޭއާ ދެކޮޅަށް ނުކުންނައިރު، އުއްމީދަކީ ހަތަރު އަހަރު ކުރީގެ ނަތީޖާ ބަދަލުކުރުން ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރާ އިރު، އެންމެ ފަހުން ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެފަހަރުގެ މުބާރާތުން ޕޯޗުގަލް ކެޓީ އެ ބުރުގެ މެޗުގައި އުރުގުއޭ އަތުން 2-1 އިން ބަލިވުމުންނެވެ.

އުރުގުއޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ ޓީމުގެ ޑިފެންޑަރު ޑެނީލޯ ޕެރެއިރާ އަށް ކައުންޓު ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ސަންޓޯސް ބުނީ ޕެރެއިރާ އަށް އަނިޔާވި ނަމަވެސް އޭނާގެ މަގާމަށް ކުޅޭނެ އިތުރު ތިން ކުޅުންތެރިން ޓީމުގައި ތިބި ކަމަށެވެ. އޭނާ ބުނީ ކުރީގެ މުބާރާތްތައް ކުޅުނީ 23 ކުޅުންތެރިންނާއެކު ކަމަށާއި، ނަމަވެސް މިހާރު 26 ކުޅުންތެރިން ތިބި ކަމަށެވެ. އެހެންކަމުން ބޮޑު "ޑްރާމާ" އެއް ކުޅެން ބޭނުންނުވާ ކަމަށެވެ.

ސަންޓޯސް ބުނީ އުރުގުއޭ ޓީމުގެ އެޑިސަން ކަވާނީ އާއި ލުއިސް ސުއަރޭޒް މީގެ ފަސް އަހަރު ކުރިން ވެސް ތިބި ކަމަށާއި، އެ ދެ ކުޅުންތެރިންނަކީ ވަރަށް މޮޅަށް ކުޅޭ ދެ ކުޅުންތެރިން ކަމަށެވެ. އަދި ރަޝިޔާގައި ކުޅުނު އިރު ވެސް އުރުގުއޭގައި އޮތީ ވަރުގަދަ ޓީމެއް ކަމަށާއި، މިހާރު ވެސް އެ ޓީމު ވަރުގަދަ ކަމަށެވެ. އޭނާ ބުނީ ކުރީގައި ނުހިމެނޭ ހުނަރުވެރި އެހެން ކުޅުންތެރިން ވެސް އެ ޓީމުގައި ތިބި ކަމަށެވެ.

މި ޕްރެސްގައި ސަންޓޯސް އާއެކު ބައިވެރިވެ ވާހަކަ ދައްކަމުން ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބުނީ އުރުގުއޭ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އޭނާ ބުނީ އުރުގުއޭ ޓީމަކީ ކައުންޓަ އެޓޭކުގައި ވަރަށް ނުރައްކާ ކުރާ ޓީމެއް ކަމަށެވެ. ސިލްވާ ބުނީ އެ މީހުންނަށް ވީ އެންމެ ރަނގަޅަކަށް އުރުގުއޭ ޓީމު ދަސްކުރާނެ ކަމަށާއި، އެއަށްފަހު މެޗުގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށެވެ. އަދި މެޗުން ބޭނުންވަނީ ތިން ޕޮއިންޓު ހޯދައިގެން ގަދަ 16 ވަނަ ބުރަށް ދަތުރުކުރުން ކަމަށެވެ.

މުބާރާތުގައި އުރުގުއޭ އަދި ޕޯޗުގަލް ބައްދަލު ކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު