Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަތަރު ވޯލްޑްކަޕް 2022

ޤަތަރުގައި ސްޓޭޑިއަމް އެޅީ 12 ގަޑިއިރުގެ ޝިފްޓުގައި މަސައްކަތް ކޮށްގެން: އިންޑިއާ އިންޖިނޭރު

ފިނި މޫސުން 2 މަހުގައި އައި ނަމަވެސް ދެން މުޅިންވެސް އޮތީ ހޫނު މޫސުން ކަމުން މަސައްކަތުގެ މައިދާނުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 ނޮވެމްބަރު 2022 | ހުކުރު 13:49
ވޯލްޑްކަޕަށް ހާއްސަކޮށްގެން ސްޓޭޑިއަމްތައް އެޅުމަށް ޤަތަރުގައި އެކުލަވާލި ޓީމުގައި ހިމެނޭ އެއް މެންބަރަކީ އިންޑިއާގެ އިންޖިނޭރު، ޝާހިދު ޢަލީ

ވޯލްޑްކަޕަށް ހާއްސަކޮށްގެން ސްޓޭޑިއަމްތައް އެޅުމަށް ޤަތަރުގައި އެކުލަވާލި ޓީމުގައި ހިމެނޭ އެއް މެންބަރަކީ އިންޑިއާގެ އިންޖިނޭރު، ޝާހިދު ޢަލީ

ނޮވެމްބަރު 20 ވަނަ ދުވަހު ޤަތަރުގައި ފެށި ފީފާވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްގެން އެ ޤައުމުގައި ބިނާ ކުރި ސްޓޭޑިއަމްތައް އެޅުމުގެ ފަޚްރާއި ޝަރަފު، ދުނިޔޭގެ އެކިކަންކޮޅުތަކުން އެކި ނަޞްލާއި އެކި އަޞްލަށް ނިޞްބަތްވާ، އެތައް ބަޔަކު ހިއްސާ ކުރެއެވެ. އެންމެ އާދައިގެ މަސައްކަތްތަކުން ފެށިގެން ކަވި މަސައްކަތްތަކާއި އިންޖިނޭރު ކަމުގެ ފަންނީ ޒިންމާ ބުރަ ދާއިރާތަކުގައިވެސް މަސައްކަތް ކޮށްފައި ވަނީ ޤަތަރަށް ހިޖުރަ ކުރި ބިދޭސީ މަސައްކަތްތެރިންނެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން ސްޓޭޑިއަމްތައް އެޅުމަށް ޤަތަރުގައި އެކުލަވާލި ޓީމުގައި ހިމެނޭ އެއް މެންބަރަކީ އިންޑިއާގެ އިންޖިނޭރު، ޝާހިދު ޢަލީއެވެ. ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި، ޤަތަރުގައި އޭނާ 3 އަހަރު ދުވަސް ހޭދަކޮށްފައި ވާ އިރު، އެ މަސައްކަތުގައި ހޭދަވި ކޮންމެ ދުވަހަކީވެސް 12 ގަޑިއިރުގެ ޝިފްޓެއްގައި އޭނާ މަސައްކަތް ކުރި ދުވަހެއް ކަމަށް ޢަލީ ބުނެއެވެ.

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ހުޅުވުމަށް ޤަތަރުގައި ކުރިއަށް ގެންދިޔަ ކުލަ ގަދަ އިހުތިފާލުގެ މަންޒަރުތައް، ޢަލީ ބަލަމުން ދިޔައީ އޭނާގެ އުފަން ފަސްގަނޑު ކަމަށް ވާ، އިންޑިއާގެ ނާގްޕޫރު ސިޓީގައި ހުރެގެންނެވެ. ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފެނި، އޭނާގެ ހިތުގައި ބިންދަމުންދަނީ ފަޚްރުވެރިކަމުގެ ރާޅުބާނީތަކެއް ފަދަ ޖަޒުބާތުތަކެކެވެ.

ޤަތަރުގައި އޭނާ ކުރި ތަޖުރިބާ ހިއްސާ ކުރަމުން ޢަލީ ބުނީ ފިނި މޫސުން އައި ޖުމުލަ 2 މަހެއްހާ ދުވަހަށް ކަމަށެވެ. ދެން މުޅިންވެސް އޮތީ ހޫނު މޫސުން ކަމަށާ، ނަތީޖާއެއްގެ ގޮތުން، މަސައްކަތުގެ މައިދާނުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ބިދޭސީ އެހެން މަސައްކަތްތެރިންނެކޭ އެއްގޮތަށް، އަމިއްލަ ވަޒަން ދޫކޮށް ޢަލީވެސް ޤަތަރަށް ބަދަލުވީ ވޯލްޑްކަޕަށް ޤަތަރު ތައްޔާރު ކުރުމުގެ ޚިދުމަތުގައި ބައިވެރިވުމަށެވެ.

ޢަލީގެ އެކުވެރިންގެ ފަރާތުންވެސް މިއަދު އޭނާއަށް ލިބެނީ ތަޢުރީފުގެ ބަސްތަކެވެ.

ޤަތަރުން ވޯލްޑްކަޕްގެ ބިޑް ކާމިޔާބުކޮށް، ޢަރަބި ގަލްފުގެ އިސްލާމީ ޤައުމެއްގައި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ހޮސްޓް ކުރުމުގެ ފަޚްރުވެރި ޝަރަފު ޤަތަރުން ހޯދި ހޯދުމަކީ، ހުޅަނގުގެ ބާރުތަކަށް ހަޖަމް ކުރެވޭ ވަރުގެ ކަމަކަށް އަދިވެސް އޮތީ ނުވެފައެވެ. ބައިނަލްއަޤުވާމީ މީޑިއާގެ ބޮޑު ކޮންޓްރޯލެއް ނަގާފައި ވާ ހުޅަނގުން ދަނީ، ވޯލްޑްކަޕަށް ޤަތަރު ތައްޔާރު ކުރުމުގައި އިންސާނީ ޙައްޤާއި ކަރާމާތަށް އަރައިގެންފައި ވާ ކަމަށް ބުނާ ޚަބަރުތައް، ސިލްސިލާ ގޮތެއްގައި ގެނެސްދެމުންނެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރުގައި މަސައްކަތް ކުރި ހިޖުރަވެރިންގެ ވާހަކަ މުޅިން ތަފާތެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2022

ޤަތަރުގައި ސްޓޭޑިއަމް އެޅި ބިދޭސީން މެޗު ބަލަން ބަންގްލަދޭޝްއަށް: ފަޒާގައި ވަނީ އުފާވެރިކަން

23 ނޮވެމްބަރު 2022
ޤަތަރުގައި ސްޓޭޑިއަމް އެޅި ބިދޭސީން މެޗު ބަލަން ބަންގްލަދޭޝްއަށް: ފަޒާގައި ވަނީ އުފާވެރިކަން
14 މެއި 2020

އަލުން ފިލްމު ކުޅެން ފަށަން ބާރު އެޅީ ދެ ދަރިން: ބަގްޔާޝްރީ

14 މެއި 2020
އަލުން ފިލްމު ކުޅެން ފަށަން ބާރު އެޅީ ދެ ދަރިން: ބަގްޔާޝްރީ
30 ސެޕްޓެމްބަރު 2019

ކަބީރު ސިންގް ކުޅެން އެންމެ ފުރަތަމަ ހުށައެޅީ އަރްޖުން ކަޕޫރް އަށް

30 ސެޕްޓެމްބަރު 2019
ކަބީރު ސިންގް ކުޅެން އެންމެ ފުރަތަމަ ހުށައެޅީ އަރްޖުން ކަޕޫރް އަށް
20 އޯގަސްޓު 2019

10 އަހަރުގެ ކައިވެނި ރޫޅާލަން ފިރިމީހާ ހުށައެޅީ "ލައްޑޫ" ނޫން އެއްޗެއް ކާން ނުލިބޭ ކަމަށްބުނެ !

20 އޯގަސްޓު 2019
10 އަހަރުގެ ކައިވެނި ރޫޅާލަން ފިރިމީހާ ހުށައެޅީ "ލައްޑޫ" ނޫން އެއްޗެއް ކާން ނުލިބޭ ކަމަށްބުނެ !
25 ޖޫން 2019

މޮގެމްބޯގެ ރޯލް އެންމެ ފުރަތަމަ ހުށައެޅީ އަހަންނަށް: އަނޫޕަމް

25 ޖޫން 2019
މޮގެމްބޯގެ ރޯލް އެންމެ ފުރަތަމަ ހުށައެޅީ އަހަންނަށް: އަނޫޕަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު