Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ މަރަށް 7 އަހަރު: ޙުކުމް ކުރުން ޑިސެމްބަރު 18 ގައި

24 ނޮވެމްބަރު 2022 | ބުރާސްފަތި 06:20

އެކި ފަހަރުމަތިން މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީން ބަދަލުވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ނޮވެމްބަރު 2022 | ބުރާސްފަތި 06:20
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މުހައްމަދު ޝަނޫނާއި، އަލީ ސިފާމްގެ މައްޗަށް

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މުހައްމަދު ޝަނޫނާއި، އަލީ ސިފާމްގެ މައްޗަށް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އަންނަ ޑިސެމްބަރު މަހު ޙުކުމް ކުރައްވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

އެކި ފަހަރުމަތިން މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީން ބަދަލުވެފައިވާއިރު، މީގެ ކުރިން މި މައްސަލައިގެ އަޑުއެހުމެއް ނުބޭއްވި 2 އަހަރެއްހާ ދުވަސްވެސް ވެފައި އެބަހުއްޓެވެ. އެގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށްފަހު 2017 ވަނަ އަހަރާއި ހަމައަށްވެސް އަޑުއެހުމެއް ނުބާއްވައި ވޭތުވެ ގޮސްފައިވެއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ. މި މައްސަލައަކީ ގާޒީ ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް މައްސަލަކަން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ގާޒީ ޝަފީއު ވަނީ ވިދާޅުވެފައެވެ.

ޒިޔަދަމްގެ މަރަށް 7 އަހަރުވެފައިވާއިރު، މިއަހަރުގެ ތެރޭގައި ވަނީ މި މައްސަލައިގެ ޚުލާސާ ބަޔާންވެސް އިއްވާފައެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ ކުރިން ގާޒީ ސާފު ކުރައްވަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ބޭއްވެވި އަޑުއެހުމެކެވެ. އެގޮތުން ޝަރީއަތުން ސާފު ކުރަން ބޭނުންވާ ސުވާލުތައް ގާޒީ ވަނީ ކިޔާދެއްވާފައެވެ.

ގާޒީ ވިދާޅުވީ، ސިއްރު ހެކިވެރިޔާ 3 ގެ ބަޔާންތަކަށް ބަލާއިރު އަލީ ސިފާމްގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި، އޭނާ ޙަމަލާ ދިން ކަމަށް ބުނެފައިވާ ކަމަށެވެ. އެ ނޫން ހެކިވެރިއަކު އެހެން ބުނެފައި ނުވާކަން ފާހަގަ ކުރައްވައި ގާޒީ ވަނީ، މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކުގެ ތެރެއިން އެ ވާހަކައަށް ބާރު ލިބެނީ ކޮން ހެއްކަކުންކަން ނުވަތަ އެވާހަކައަށް ބާރު ލިބިދޭ ހެއްކެއް ދައުލަތުގެ ހެކިތަކުގައި ހިމެނޭކަން ޝަރީއަތަށް ސާފު ކޮށްދިނުމަށް އެދިލައްވާފައެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އެރަށު ވަގުތީހިޔާ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް އޭނާއަށް ޙަމަލާދީ މަރާލާފައިވާކަމަށް ބުނެއެވެ. ގާޒީ ވަނީ ސިފާމް ވަގުތީހިޔާއަށް ވަންއިރު ދޮރު ފަޅާލާފައި ވަންކަމަށް ހަމަ އެ ސިއްރު ހެކިވެރިޔާ ބުނެފައިވާކަން ފާހަގަ ކުރައްވައި، އެކަމަށް ބާރުދޭ ކަމެއް ހެކިތަކުން ނުވަތަ މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓުތަކުން ވިޔަސް ހިމެނިފައިވޭތޯ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ޒިޔަދަމްއަށް ޙަމަލާ ދިން ކަމަށް ބުނާ ވަޅި ތަހުގީގުގެ ތެރެއިން ރިކަވަރ ކުރެވުނުތޯވެސް ގާޒީ ޝަފީއު ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެ ވަޅިއާއި ސިފާމްއާ ގުޅުވާލެވޭ އެއްވެސް ހެއްކެއް އެބަހުރިތޯވެސް ގާޒީ ސުވާލު ކުރެއްވިއެވެ.

އޭގެ އިތުރުންވެސް ބައެއް ކަންކަން ޝަރީއަތުން ސާފު ކުރަން ބޭނުންވާކަން ބަޔާން ކުރައްވާފައިވާއިރު، 4 ޑިސެމްބަރުގެ ކުރިން އެކަންކަމަށް ލިއުމުން ޖަވާބު ދިނުމަށް ގާޒީ ވަނީ ދެފަރާތަށްވެސް ދަންނަވާފައެވެ.

ގާޒީ ޝަފީއު ވިދާޅުވީ، ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް