Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާ އިމްތިހާނު

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ބާއްވައިފި

176 ފަރާތަކުން މި އިމްތިހާނުގައި ބައިވެރިވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2022 | ހޮނިހިރު 20:57
ބާ އިމްތިހާނު

ބާ އިމްތިހާނު

ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ހޮނިހިރު ދުވަހު ބާއްވައިފިއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން މާލެ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބާ އިމްތިހާނުގައި 176 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ ރަޖިސްޓަރީ ކުރި ކެންޑިޑޭޓުންގެ 98.3 އިންސައްތަ ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީލާދީ ކޮންމެ އަހަރަކު އެއް ފަހަރު ބޭއްވުމަށް ކަނޑައަޅާފައިވާ ބާ އިމްތިހާނުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ މިންގަނޑު ކަނޑައަޅައި، ފެންވަރު ވަޒަންކުރުމެވެ. މި އިމްތިހާނު މެދުވެރިކޮށް މި ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ޤާނޫނީ މަފްހޫމުތައް އެނގޭ މިންވަރާއި، ޤާނޫނީ މައްސަލަ ދެނެގަތުމުގެ ޤާބިލިޔަތުކަން ހުރި މިންވަރާއި، ޤާނޫނީ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވޭނެއެވެ. އެހެންކަމުން، ބާ އިމްތިހާނަކީ ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުމަށް ބޭނުންކުރާ މިނިމަމް ބެންޗް މާކެވެ.

2022 ވަނަ އަހަރުގެ ބާ އިމްތިހާނުގައި ހިމަނާފައިވާ މާއްދާތަކަކީ ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯރޓް ލޯ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، އަދި މޯލްޑިވްސް ލީގަލް ސިސްޓަމްއެވެ.  

ބާ އިމްތިހާނުން ފާސްވުމަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުވޭ ދެ ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ. ޤާނޫނީ ފަންނުގެ ދަށުން ލާޒިމުކުރާ ދެވަނަ ޝަރުތަކީ ލައިސަންސިން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމެވެ.

ބާ ކައުންސިލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު