Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޯހިޔާވަހިކަން ހޯދައިދިނުން

ގެދޮރުވެރިކަމަށް ޑިމާންޑް ބޮޑު، ވިޔަފާރި މޮޑެލްއަށް ކުރިމަގު އެބައޮތް - މިނިސްޓަރ

ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް އާންމުން އުންމީދުކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2022 | ބުރާސްފަތި 13:22
 މިނިސްޓަރ އަސްލަމް

މިނިސްޓަރ އަސްލަމް

ރާއްޖޭގައި ގެދޮރުވެރިކަމަށް އޮތް ޑިމާންޑް ބޮޑުކަމަށާއި ވިޔަފާރި މޮޑެލްއަށް ކުރިމަގު އެބައޮތް ކަމަށް, މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންރެކްޓަރސް އެސޯސިއޭޝަންސް (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ، ގެދޮރުވެރިކަން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައްޔިތުން އަބަދުވެސް ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް އުންމީދުކުރާ ކަމަށާއި، ކުދި އާމްދަނީން ފެށިގެން ބޮޑެތި އާމްދަނީ ލިބޭ މީހުންވެސް ގަބޫލުކުރަނީ އެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފެށުނީއްސުރެ ކަން ހިނގަމުން އައި ގޮތަކީ އެއީ ކަމަށާއި، ސަރުކާރުގެ ދައުރަކީ އެންމެންނަށް ބޯހިޔާވަހިކަން ލިބޭކަން ކަށަވަރުކޮށްދިނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ގާއިމްކުރާ ސޯޝަލް ހައުސިންގގެ މަސައްކަތް ފުރިހަަމައަށް ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސޯޝަލް ހައުސިންގއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން އެ ފައިސާ ނުދެއްކުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސޯޝަލް ހައުސިންގއަށް ފައިސާ ނުދައްކައިގެން ފިޔަވަޅު އެޅުމަކީ އެއްވެސް ސަރުކާރަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ އަސްލަމް ވިދާޅުވީ، ސޯޝަލް ހައުސިންގެ އިތުރުން ރިއަލް އެސްޓޭޓަށް ޖާގަ ލިބޭ ގޮތަށް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ އުނދަގޫ މަސައްކަތެއްކަން ގަބޫލުފުޅުކުރައްވާކަމަށާއި، ގޮންޖެހުންތަކާއެކުވެސް އެ މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަރުހަލާ ފުރިހަމަ ކުރުމަށް ލޯނު ލިބޭ ނިޒާމް ހަރުދަނާކަން ޔަގީންކޮށް، ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަންވެސް ކުރައްވާނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު