Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަތަރު ވޯލްޑްކަޕް 2022

ވޯލްޑްކަޕާއެކު ޤަތަރުން ވޯލްޑްރެކޯޑަކަށް

މި ފުޓުބޯޅަ ބޫޓަށް، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ލިބޭނެ ކަމަށް، އެ ޤައުމުން ޢުއްމީދު ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 ނޮވެމްބަރު 2022 | އަންގާރަ 17:47
އެންމެ ބޮޑު ފުޓުބޯޅަ ދައްކާލުމަށް ޤަތަރުން ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓްގައި، ބަލާ މީހުން ހައިރާން ކުރުވާ ވަރުގެ ބޮޑެތި ދިދަތައް ބޭނުން ކޮށްފައިވޭ

އެންމެ ބޮޑު ފުޓުބޯޅަ ދައްކާލުމަށް ޤަތަރުން ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓްގައި، ބަލާ މީހުން ހައިރާން ކުރުވާ ވަރުގެ ބޮޑެތި ދިދަތައް ބޭނުން ކޮށްފައިވޭ

ކުރިއަށް އޮތް ފޯރިގަދަ، ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް، މުބާރާތް ހޮސްޓްކުރާ ޤަތަރުން، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ބޫޓު ކަމަށް އެ ޤައުމުން ޤަބޫލުކުރާ ބޫޓު، އާންމުކޮށް ދައްކާލައިފިއެވެ.

ވޯލްޑްކަޕް ހޮސްޓް ކުރުމުގެ ޝަރަފު ހޯދި ފުރަތަމަ ޢަރަބި ޤައުމުގެ މަޤާމުގައި އޮތް ޤަތަރުން ދައްކާލި މި ފުޓުބޯޅަ ބޫޓަށް، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ލިބޭނެ ކަމަށް، އެ ޤައުމުން ޢުއްމީދު ކުރެއެވެ.

ޤަތަރުން ދައްކާލި ފުޓުބޯޅަ ބޫޓުގެ އުސް މިނުގައި ގާތްގަނޑަކަށް 7 ފޫޓު ހުރިއިރު، އެ ބޫޓަކީ 17 ފޫޓު ނުވަތަ ގާތްގަނޑަކަށް 5 މީޓަރު ދިގު ބޫޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށުމަށް ހަފުތާއަކަށްވުރެވެސް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ދުނިޔޭގެ ރެކޯޑަކަށް އަމާޒުކޮށްގެން ޤަތަރުން ދައްކާލި ބޮޑު ފުޓުބޯޅަ ބޫޓު ބަލާލުމަށް، ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވިއެވެ. އޭގެ ތެރޭގައި، ވޯލްޑްކަޕްގެ މެޗުތައް ހަމަ ލޮލުން ބަލާލުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރަށް ޒިޔާރަތް ކޮށްފައި ވާ ފުޓުބޯޅަ ފޭނުން ހިމެނެއެވެ.

އެންމެ ބޮޑު ފުޓުބޯޅަ ދައްކާލުމަށް ޤަތަރުން ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓްގައި، ބަލާ މީހުން ހައިރާން ކުރުވާ ވަރުގެ ބޮޑެތި ދިދަތައް ބޭނުން ކޮށްފައި ވާ އިރު، އެ ސަރަޙައްދުގެ ފަޒާ ފަޅުފިލުވަމުން ދިޔައީ ޤަތަރުގެ ޘަޤާފީ މިއުޒިކުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ނޮވެމްބަރު 20 ވަނަ ދުވަހު، ޤަތަރާއި އިކުއެޑޯ ކުޅޭ ކިކް-އޯފް މެޗަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދާ އިރު، ބޮޑު ބޫޓު ދައްކާލުމަށް ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓަށްވެސް ގިނަ ބައެއްގެ ތަޢުރީފާއި ސަމާލުކަން ވަނީ ލިބިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ އިންތިޒާރުތަކާ ގުޅިފައިވާ ފީފާ ވޯލްޑްކަޕްގެ ފޯރި، ޤަތަރުގައި އެންމެ ގަދައަށް ނަގަމުންދާ އެއް ސަރަޙައްދަކީ ސޫޤު ވާޤިފް ސަރަޙައްދު ކަމާ މެދަކު ޝައްކެއް ނެތެވެ. ކާރޫބާރު ބޮޑުވި ނަމަވެސް، މީހުން ތިބީ އުފަލުންނެވެ.

ދުވަހަކަށް ވުރެ ދުވަހެއް، ވޯލްޑްކަޕްގެ މޫޑު ގަދަވަމުން ދާއިރު، ސޫޤު ވާޤިފް ސަރަޙައްދުގެ ފޯރިވެސް ދަނީ ގަވަމުންނެވެ.

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2022

މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!

16 ޑިސެމްބަރު 2022
މެސީގެ ފަހު ވޯލްޑްކަޕާއެކު އާޖެންޓީނާގެ ދިދަ ހަދާ މީހުން ބަސްހުއްޓިފައި!
13 ޑިސެމްބަރު 2022

ވޯލްޑްކަޕާއެކު ޗައިނާގެ ފުޓުބޯޅަ ސިނާއަތަށް ބޮޑު ޢީދު

13 ޑިސެމްބަރު 2022
ވޯލްޑްކަޕާއެކު ޗައިނާގެ ފުޓުބޯޅަ ސިނާއަތަށް ބޮޑު ޢީދު
01 ޑިސެމްބަރު 2022

ޤަތަރުން މިވަގުތު އެންމެ އަގުހެޔޮކޮށް ކޮޓަރިއެއް ލިބެން ހުރީ ކޮންތާކުންކަން އެނގޭތަ؟

01 ޑިސެމްބަރު 2022
ޤަތަރުން މިވަގުތު އެންމެ އަގުހެޔޮކޮށް ކޮޓަރިއެއް ލިބެން ހުރީ ކޮންތާކުންކަން އެނގޭތަ؟
10 އޮކްޓޯބަރު 2022

ވޯލްޑްކަޕާއެކު ޢަރަބި ޘަޤާފީ ފަތުރުވެރިކަން މެކުހަށް!

10 އޮކްޓޯބަރު 2022
ވޯލްޑްކަޕާއެކު ޢަރަބި ޘަޤާފީ ފަތުރުވެރިކަން މެކުހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު