Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ސޫޤް ވަޤިފް ބާޒާރު

ވޯލްޑްކަޕާއެކު ޢަރަބި ޘަޤާފީ ފަތުރުވެރިކަން މެކުހަށް!

ވޯލްޑްކަޕްގެ ކުރިންވެސް ބޭރު މީހުން ޤަތަރުގެ ކޭންތައް ތަޖުރިބާ ކުރަން ވަރަށް ގިނައިން ސޫޤް ވަޤިފް ބާޒާރުގެ ރެސްޓޯރަންޓްތަކަށް ޒިޔާރަތް ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2022 | ހޯމަ 16:56
ވޯލްޑްކަޕްގެ ފޯރިއާއެކު ގަދަވަނީ ހަމައެކަނި ކުޅިވަރުގެ ފޯރިއެއް ނޫން، ޘަޤާފީ ތަރިކައާއި ދޭދޭ ގުޅުންތަކުގެ ބަދަހިކަންވެސް ޖަހަނީ މެކުހަށް

ވޯލްޑްކަޕްގެ ފޯރިއާއެކު ގަދަވަނީ ހަމައެކަނި ކުޅިވަރުގެ ފޯރިއެއް ނޫން، ޘަޤާފީ ތަރިކައާއި ދޭދޭ ގުޅުންތަކުގެ ބަދަހިކަންވެސް ޖަހަނީ މެކުހަށް

ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެ ކުޅިވަރު މުބާރާތަކަށް އިންތިޒާރު ކުރަމުންދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށެން ވަގުތު ކުޑަތަން ވަމުން ދާއިރު، މި ފަހަރުގެ މުބާރާތް ބާއްވާ ޤަތުރުގެ މަސްރަހުގައި މުބާރާތުގެ ޖޯޝާ ފޯރީގެ އަޑުފަށްގަނޑު ދަނީ ހައްތަހާ ގަދަވަމުންނެވެ.

ސޫޤް ވަޤިފް ބާޒާރުގެ އެންމެ ބައިބޯ ސަރަޙައްދުގައި ހުރި އޭނާގެ ރެސްޓޯރަންޓްގެ ކުރިމަތީގައި މަޑުކޮށްލައިގެން އިން މަރްޔަމް އަލް މަންސޫރުގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. މަރްޔަމް ބުނާ ގޮތުގައި އެ ރެސްޓޯރަންޓްގައި އޭނާ ތައްޔާރު ކުރަމުންދާ ޘަޤާފީ ކޭންތަކަކީ މިއަދު އެ ޤައުމުގެ އާންމުންގެ އިތުރުން، ޤަތަރަށް ޒިޔާރަތް ކުރަމުންދާ މެހެމާނުންގެ މެދުގައިވެސް އެންމެ މަޤުބޫލު ކޭމަށް ވަނީ ވެފައެވެ.

ކުރިއަށް އޮތީ ދުނިޔޭގެ އެކި ހިސާބުތަކުން، ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކު ޤަތަރަށް ޒިޔާރަތް ކުރާނެ ދުވަސްވަރަކަށް ވާއިރު، މަރްޔަމް ވަނީ ބޭރު ޤައުމުތަކުން ޤަތަރަށް އެތެރެވާ ވީހާވެސް ގިނަ ބަޔަކު، އޭނާގެ ރެސްޓޯރަންޓުގެ ތަޖުރިބާކޮށްލުމަށް ގޮވާލާފައެވެ.

ޤަތަރުގެ ވެރިރަށް ދޯހާގެ ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ވިޔަފާރި ބާޒާރެއްގައި ތަރައްޤީ ކޮށްފައި ވާ ސޫޤް ވަޤިފް ބާޒާރުގައި މަރްޔަމް ފަދަ އެތައް ބަޔަކު މިއަދު ދަނީ ޚިދުމަތް ދެމުންނެވެ. ވާދީ މުޝައިރިބް ކޯރުގެ އައްސޭރީގައި ތަރައްޤީ ކޮށްފައިވާ އެ ބާޒާރަކީ މިއަދު ގިނަ ބައެއްގެ ސަމާލުކަންވެސް ހުއްޓިފައި ވާ ބާޒާރެކެވެ.

ވޯލްޑްކަޕްގެ ފޯރިއާއެކު ގަދަވަނީ ހަމައެކަނި ކުޅިވަރުގެ ފޯރިއެއް ނޫނެވެ. ޘަޤާފީ ތަރިކައާއި ދޭދޭ ގުޅުންތަކުގެ ބަދަހިކަންވެސް ޖަހަނީ މެކުހަށެވެ.

ޤަތަރުގެ ޢާންމުން ބުނާ ގޮތުގައި، ސޫޤް ވަޤިފް ބާޒާރު ތަޖުރިބާ ކުރުމަކީ އެ ޤައުމަށް ޒިޔާރަތް ކުރާ ފަރާތްތަކުން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެއީ ޤަތަރުގެ ތާރީޚާއި ތަރިކައިގެ، އެފަދަ ދެވަނައެއް ނެތް ތަޖުރިބާއެއް ލިބިދޭނެ މަންޒިލެއްގެ ގޮތުގައި ސިފަ ކުރެއެވެ.

ސޫޤް ވަޤިފް ބާޒާރަށް ޤަވައިދުން ޒިޔާރަތް ކުރާ މީހުންވެސް މަދެއް ނޫނެވެ. އެމީހުން އާންމުކޮށް ގަނެ އުޅެނީ އެކި ބާވަތްތަކުގެ ފަތްޕިލާވެއްޔާ، ހަވާދުގެ ބާވަތްތަކާ، ގަހަނައާއި، ސާލު ކުނާތަކުގެ އިތުރުން، އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި ޤަދީމީ ސެންޓު ފަދަ ތަކެއްޗެވެ.

އޭގެ އިތުރުން ތަފާތު އެކި އާއިލާތަކުގެ ބާޒުތަކާއެކު ވަޤުތު ހޭދަ ކުރުމާއި، ޤަތަރުގެ މަޖިލީސްތަކުގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ދަލް ދަމާ ކުޅެލުމުގެ ފުރުޞަތުވެސް، ސޫޤް ވަޤިފް ބާޒާރަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބެއެވެ.

ޤަތަރަށް ޒިޔާރަތް ކުރުމުގެ ޙަޤީޤީ މަޤްޞަދަކީ ވޯލްޑްކަޕްގެ މެޗުތައް ހަމަލޮލުން ބަލާލުން ކަމުގައި ވީ ނަމަވެސް، މި ދުވަސްވަރު ޤަތަރަށް ޒިޔާރަތް ކުރުމަކީ ޢަރަބި ދުނިޔޭގެ މުއްސަނދި ޘަޤާފަތާއި ތަރިކަ، އެއް މަންޒިލަކުން ބަލާލާ، އެއް ދޮނުގައި ދެބުޅި ޖަހާލަން ލިބޭ ރަނުގެ ފުރުޞަތެއް ކަމާ މެދު ދެބަސްވެވޭކަށްނެތެވެ.

ޤަތަރު ސޫޤް ވަޤިފް ބާޒާރުވޯލްޑްކަޕް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ވޯރލްޑް ކަޕް ކަވަރޭޖް އޮފިޝަލް ލަވަ ލޯންޗްކޮށްފި

ރާއްޖެ ޓީވީގެ ވޯރލްޑް ކަޕް ކަވަރޭޖް އޮފިޝަލް ލަވަ ލޯންޗްކޮށްފި

20 ނޮވެމްބަރު 2022
ވޯލްޑްކަޕަށް ގާތްގަނޑަކަށް މަހެއް: ޤަތަރުގެ އިންސާނީ ޙައްޤުތަކާ މެދު ބޮޑެތި ސުވާލުތަކެއް!

ވޯލްޑްކަޕަށް ގާތްގަނޑަކަށް މަހެއް: ޤަތަރުގެ އިންސާނީ ޙައްޤުތަކާ މެދު ބޮޑެތި ސުވާލުތަކެއް!

16 އޮކްޓޯބަރު 2022
ފީފާ ވޯލްޑްކަޕް 2022 އަށް 100 ދުވަސް، ދޯހާގެ ރަށްވެހިން ތައްޔާރު!

ފީފާ ވޯލްޑްކަޕް 2022 އަށް 100 ދުވަސް، ދޯހާގެ ރަށްވެހިން ތައްޔާރު!

12 އޯގަސްޓު 2022

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު