Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަން

ހޯނޑެއްދޫގައި ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ކުރިއަށް، ގިނަ އަަދަދެއްގެ މަސްތުވާތަކެތި ފެނިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 13:07
މަސްތުވާތަކެތި

މަސްތުވާތަކެތި

ގދ. ހޯނޑެއްދޫގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަަމަށް ފުލުހުން ބުނެފިއެވެ.

ދާދިފަހުން ހޯނޑެއްދޫއިން ގިނަ އަަދަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ފުލުހުން ވަނީ އެރަށުގެ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަން ހާމަކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އެ ތަކެތި ހޯދާފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއްގައެވެ. މަސްތުވާތަކެތި ހޯދާފައިވަނީ ގދ. ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުއްޓާކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު، މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށް ފުލުުހުން ވަނީ ބުނެފައެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންކަމަށާއި މި އޮޕަރޭޝަނުގައި، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ވަނީ އޭރު ހާމަކޮށްފައެވެ.

މިކަމާގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ، މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހަކު ގދ. ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެއްޗެވެ. އޭގެ ފަހުން ގދ. ހޯނޑެއްދޫއާއި އެ ރަށާ ކައިރި ފަޅުރަށަކުން އިތުރު 69 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާކަން، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ. އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހޯނޑެއްދޫއިން ހޯދި 13 ކިލޯގެ މަސްތުވާތަކެއްޗާއެކު އެ ރަށުން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 82 ކިލޯއަށް އަރާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާގުޅިގެން "ރާއްޖެ އެމްވީ"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުން އެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަަމަށެވެ. މަސްތުވާތަކެތީގެ ބޮޑު ނެޓްވޯރކަކާއި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑަކާ މިކަމާ ގުޅުންހުރިތޯ ދެންނެވުމުން އޭނާ ވިދާޅުވީ، އެ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށްދިޔަ މުއްދަތާ ގުޅޭގޮތުން ދެންނެވުމުން އޭނާ ވިދާޅުވީ، އޮޕަރޭޝަން ކުރިއަށްގެންދާތާ ދުވަސްކޮޅެއް ވެފައިވާކަަމަށާއި އެ އޮޕަރޭޝަނަކީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް ވުމާއެކު އެ އޮޕަރޭޝަނަށް ހޭދަވި ސީދާ މުއްދަތު މި ވަގުތު ބުނެދޭން ނޭނގޭކަމަށެވެ. އަދި މި އޮޕަރޭޝަން ދިގުލައިގެން ދާނެ މުއްދަތު ނޭނގުނުނަމަވެސް، އޮޕަރޭޝަން ކުރިއަށްދާކަން އޭނާ ވަނީ ކަށަަވަރުކޮށްދެއްވާފައެވެ.

ފުލުހުން ދަނީ ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފައި ވަނީވެސް ނިމިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. އެގޮތުން ފުލުހުން ވަނީ އައްޑޫއާއި އއ. އުކުޅަހުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

މަސްތުވާތަކެތިޕޮލިސްގދ. ހޯނޑެއްދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު