Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރުން

ޓެކްސް ބޮޑުކުރުން - ޖީއެސްޓީން 970 މިލިއަން އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ

ރާއްޖޭގެ އިގްތިސާދު 2021 ވަނަ އަހަރު 41.6 އިންސައްތައް ކުރިއަރައި، މިއަހަރު ގާތްގަނޑަކަށް 13 އިންސައްތައް އިގްތިސާދު ކުރިއަރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އޮކްޓޯބަރު 2022 | ހޯމަ 12:31
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އަމީރު ހާޒިރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އަމީރު ހާޒިރުކޮށްފައި

ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއެކު ޖީއެސްޓީން އިތުރުވާނީ 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން އިތުރުވާނީ 2.1 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ޖީއެސްޓީ އިތުރުކޮށްގެން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީ އިތުރުކޮށްގެން 2.1 ބިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށެވެ. އަދި އަންދާޒާ ކުރަނީ ޖީއެސްޓީއަށް ގެންނަ ބަދަލާއެކު އިންފްލޭޝަނަރީ ޑައިރެކްޓް 1 އިންސައްތަ ކޮންޓްރިބިއުޓްކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެއިރަކު އިގްތިސާދީ ގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށެވެ. ސަރުކާރުން މިހާތަނަށް އަންނަނީ އެގޮތަށް މަސައްކަތް ކުރަމުން ކަމަށާއި، ކޮވިޑާއެކު ކުރަން ޖެހުނު މަސައްކަތް ވެސް ސަރުކާރުން ކައުންޓަރ ސައިކްލިކަލް ފިސްކަލް ޕޮލިސީގެ ތެރެއިން އެ މަސައްކަތްތައް ކުރި ކަމަށެވެ. އެއިރު ސަރުކާރަށް ޖެހުނީ ހަރަދުތައް އިތުރުކޮށް މާކެޓަށް ޕަމްޕުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށެވެ. 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 41.6 އިންސައްތަ ކުރިއަރާފައިވާ އިރު، މިއަހަރު 13 އިންސައްތަ ކުރި އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ހަރަދުތައް ވެސް ބޮޑުވަމުންދާ ކަމަށާއި، ރާއްޖޭގެ ގިނަ ރަށްތަކުގައި ބޭސިކް އިންފްރާސްޓްރަކްޗަރ މަސައްކަތްތަކެއް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އެހެންކަމުން އެތެރެއިން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި، މި ކަންތައްތަކަކީ ދުނިޔޭގެ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ސަރުކާރަށް ލަފާދީފައިވާ ކަންތައްތައް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރުކުރުމަށްޓަކައި ހުށަހެޅި އެއް ސަބަބަކީ، ލިބޭ އާމްދަނީއިން ހަރަދުތައް ހަމަޖެއްސުމަކީ ފިސްކަލް ޕޮލިސީގެ އެއް އަމާޒުކަމުގައިވާތީއެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓަޖީގައި ވެސް މިކަން ބަޔާންކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ވެސް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ބައެއް ސިޔާސަތުތައް ގެނައުމަށް ހާމަކޮށްފައިވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފިސްކަލް ސްޓްރެޓަޖީ ހާސިލްކުރުމަށް ކޮންމެހެން ވެސް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަކޮށްގެން ކުރިއަށްދާ ކަމަށެވެ. އަދި ފިސްކަލް ސްޓްރެޓަޖީގައި ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތައް އަދި ކުޑަކުރަން ކުރިއަށް އަޅަން ބޭނުންވާ ކަންތައްތަކެއް ވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަރުދާހުގައި އޮންނާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު ކުރިއަރަމުންދަނީ އެއިރު ފިސްކަލް މެޝަރތައް ނެގުމުން ކަމަށެވެ. ރާއްޖޭގެ އިގްތިސާދު 2021 ވަނަ އަހަރު 41.6 އިންސައްތައް ކުރިއަރައި، މިއަހަރު ގާތްގަނޑަކަށް 13 އިންސައްތައް އިގްތިސާދު ކުރިއަރާނެ ކަމަށެވެ.

އަދި ޖީއެސްޓީ ޓީޖީއެސްޓީ ބޮޑުކުރުމުގެ އިތުރުން ހަރަދުތައް ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2020 އަދި 2021 ވަނަ އަހަރަށް ބެލިކަމުގައި ވީނަމަވެސް، އަދި 2022 ވަނަ އަހަރަށް ބެލިކަމުގައި ވީނަމަވެސް، ފިނޭންސުން އަޅާފައި ހުރި ފިޔަވަޅުތަކުން ކުރާނެ ގިނަ ހަރަދުތައް ވާނީ ކުޑަކުރެވިފައި ކަމަށާއި، ޓެކްސް ބޮޑުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖީއެސްޓީ ޓީޖީއެސްޓީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު