Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔާމީން ރަޝީދުގެ މަރު

ޔާމީން މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރާ ތިން މީހެއްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

މި 3 މީހުންނަކީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 12:22
ފުލުހުން އާންމުކޯށްފައިވާ ފޮޓޯތައް

ފުލުހުން އާންމުކޯށްފައިވާ ފޮޓޯތައް

ބްލޮގަރ ޔާމީން ރަޝީދު ލާއިންސާނީ ގޮތަކަށް އަނިޔާކޮށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ މިވަނީ ކިތައް ވަނަ ފަހަރުކަމެއް ފުލުހުން ހާމައެއް ނުކުރެވެއެވެ.

Advertisement - newsAdvertisement

މި މަހުގެ 18 ވަނަ ދުވަހުގެރޭ ފުލުހުން ނެރެފައިވާ ބަޔާނެއްގައި އެތިން މީހުންގެ ފޮޓޯއާއި މައުލޫމާތު ވަނީ އާއްމުކޮށްފަ އެވ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 7 މީހުންގެ ތެރެއިން، އިސްމާއިލް ރަޝީދު (25 އަހަރު، ކ. މާލެ / މ. ޠާއިފް) އާއި، އިސްމާއިލް ހައިޝަމް ރަޝީދު (21 އަހަރު، ކ. މާލެ / ހ. އަންނާރުމާގެ)، ގެ އިތުރުން، އަޙުމަދު ޒިހާން އިސްމާއިލް (22 އަހަރު، ކ. މާލެ / މ. އިރާސްމިކުގެ) ގެ ފޮޓޯ އާއްމުކޮށް ފުލުހުން ބުނީ އެ ތިން މީހުން ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަމަށާ، އެގޮތުން، އިސްމާއިލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ރިކޯޑް އޮންނަ މީހެއް ކަމަށާ، ފޭރުމުގެ މައްސަލައެއްގައި އޭނާ ޙުކުމްވެސް ތަންފީޒުކޮށްފައިވާ ކަމަށެވެ. އަދި އިސްމާއިލް ރަޝީދަކީ، ގްރޫޕް ހަދައިގެން، ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ރިކޯޑް އޮތް މީހެއް ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތުގައި މާލޭގެ އެކި ތަންތަނުން ނެގުނު ސީސީޓީވީ ފުޓޭޖާއި، މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ހުރިހާ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭގޮތަށް، ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށް، ބަލާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ހަމައެއާއިއެކު 20 އަހަރާއި 40 އަހަރާއި ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒް ކޮށްފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ތަހުގީގުގައި ކަމާއިގުޅޭ މާހިރުންގެ ލަފާ ހޯދައި، ސަރުކާރުގެ އެކި އިދާރާތަކުގެ އެހީތެރިކަމާއިއެކު އެފަރާތްތަކުގެ ޑޭޓާބޭސްތަކުގައިވާ މަޢުލޫމާތު މި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން، މިކަމުގައި އިސްކޮށް ތިބި މީހުން ދެނެގަނެވި، މިކަމުގެ ތަހުގީގު މިހާރު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު