Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަނިމާދޫ އެއަރޕޯޓް

ހަނިމާދޫ އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު އުތުރުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ: ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން

އުތުރުގައި 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ވިސްނާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2022 | ހުކުރު 13:08
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީވެގެން އަންނައިރު އުތުރުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އުތުރުގައި 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށެވެ. އަދި އެއަރޕޯޓު ތަރައްޤީވެގެން ދިޔުމާއެކު ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ މާލެއިން ބޭރުގައި މިހާތަނަށް ރާއްޖޭގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއު އަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

އުތުރުގެ އަތޮޅުތަކުގައި، އެ މަޝްރޫއާ އެކު ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށާއި ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރި އާއި އިގުތިސޯދަށް އާރޯކަން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މި އެއާޕޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާ އެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ހާއްސަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ މީހުންނަށް ލުއިފަސޭހަކަމާ އެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރަކަށް ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ފަހުކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، 2024 ގައި އެ މަޝްރޫއު ނިމި، ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

މި އެއަރޕޯޓް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެކެވެ. މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫންވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގުތިސާދު ފުޅާކުރުމަށް މި މިޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

29 ނޮވެމްބަރު 2017
ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ

ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ

07 ނޮވެމްބަރު 2017
ކުޅި ހިއްކައިގެން  އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި

ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި

28 އޮކްޓޯބަރު 2017
އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

26 އޮކްޓޯބަރު 2017
ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް

ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް

18 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު