Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޮނުފެން ލީކުވާ ހޮޅީގެ މައްސަލަ

ލޮނުފެން ލީކުވާ ހޮޅީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

މަސައްކަތް ކުރަންޖެހޭނީ ތާރުގަނޑު ނަގައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޮކްޓޯބަރު 2022 | ބުދަ 16:20
ލޮނުފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުން

ލޮނުފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުން

ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާއިން ބިމުގެ އަޑިން ފަޅައިގެން ގޮސްފައި އޮތް ހޮޅީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯއަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެކެވެ. 

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސައްކަތް ކުރަންޖެހޭނީ ތާރުގަނޑު ނަގައިގެން ކަމަށާއި ތާރުގަނޑު ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ތާރުކަނޑާ މެޝިން ލިބޭނީ ބުރާސްފަތި ދުވަހު ކަމަށާއި އެ މެޝިން ލިބުމުން، އެ މަސައްކަތް ވެސް ފަށާނެ ކަމަށް ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކަށް ސިޓީ ކައުންސިލުން ދީފައިވަނީ 3 ދުވަހުގެ މުއްދަތެއް ކަމަށެވެ.

ބޮޑުތަކުރުފާނު މަގުން ސްޓެލްކޯގެ ގޭޓް ނަންބަރު 2 އަކާއި ދިމާއިން މަގުގެ ތާރުމަގުގެ މެދުން ފެން އަރަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވުމުން ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލިކަމަށް ސްޓެލްކޯ އިން ވަނީ މީގެކުރިން ބުނެފައެވެ.

ސްޓެލްކޯގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެނެކެވެ. ސްޓެލްކޯއިން ވަނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަން ޖެހިދާނެ ކަމަށް ވެސް ބުނެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު