Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސް ބޮޑުކުރުމުގެ މައްސަލަ

ކޯރަމް ހަމަނުވެގެން، ޓެކްސް ބޮޑުކުރާ ބިލުގެ މަސައްކަތް ކުރިއަށްނުގެންދެވި، ކޮމިޓީ އެހެން ދުވަހަކަށް ތާވަލުކުރަން ނިންމަވައިފި

ބިލުގައި ކަންބޮޑުވާ ކަންކަން އެބަހުރިކަން މެންބަރުން ފާހަގަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 11:13
މުޅި މަޖިލީހުގެ ކޮމިޓީ

މުޅި މަޖިލީހުގެ ކޮމިޓީ

ކޯރަމް ހަމަނުވެގެން, ޓެކްސް ބޮޑުކުރާ ބިލުގެ މަސައްކަތް ކުރިއަށްނުގެންދެވި، ކޮމިޓީ އެހެން ދުވަހަކަށް ތާވަލުކުރަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، މުޅި މަޖިލީހުގެ ކޮމިޓީއެއް އޮންނާނެކަން ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން އިއުލާންކުރައްވައި، ކޮމިޓީތަކުގެ މުގައްރިރުންނަށްވެސް އެކަން އަންގަވާފައިވެއެވެ. ނަމަވެސް 10:00ގައި ބޭއްވުމަށް ނިންމި ކޮމިޓީ ފަށަން ބޭނުންވާ އަދަދު ހަމަނުވެގެން ރިއާސަތުން އިތުރު ވަގުތަށް މަޑުކުރެއްވިއެވެ.

Advertisement - newsAdvertisement

މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔައީ ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު)އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.

މި ބިލާގުޅިގެން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މިހާރު ނަގަން ހުށަހަޅާފައިވާ ރޭޓާއެކު، މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކާބޯތަކެތީގެ އަގު ބޮޑުވެގެން ދިއުމާއި، ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެދާނެކަން ބައެއް މެންބަރުން ކަންބޮޑުވުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ބައެއް މެންބަރުން ވިދާޅުވީ، ބިލާއެކު ދައުލަތަށް 2 ބިލިއަން ރުފިޔާ ހޯދުމަށް މަސައްކަތްކުރަމުން ދާއިރު، މި ބިލުގައި ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ މުއްދަތަކީ މާ އަވަސް މުއްދަތެއް ކަމަށާއި، އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ.

މަޖިލީހުގެ މުޅި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ކޯރަމް ގެއްލިގެން އަނެއްކާވެސް ރިއާސަތުން އެކަން އިއުލާންކުރެއްވިއެވެ. އަދި ވަގުތުކޮޅަކަށް ބެއްލެވުމަށްފަހު، ކޯރަމް ހަމަނުވުމުން އެހެން ދުވަހަކަށް ކޮމިޓީ ބާއްވާނެކަން އިއުލާންކުރައްވައި ކޮމިޓީގެ މަަސައްކަތް ނިންމަވާލެއްވިއެވެ. ކޮމިޓީގެ ކޯރަމަކީ 29 މެންބަރުންނެވެ.

ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. ގުޑްސް އަދި ސަރވިސް ޓެކްސް (ޖީއެސްޓީ) 8 އިންސައްތައަށް ބޮޑުކޮށް، ޓުއަރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޖީއެސްޓީ) 16 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އަމީރު ވިދާޅުވީ، މެދު ރާސްތާގެ ފިސްކަލް ހާލަތު ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ފިސްކަލް އެންކަރތައް ކަނޑައެޅިފައިވާ ކަމަށެވެ. ދުނިޔޭގެ ބަދަލުވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތާއެކު، މި ފިސްކަލް އެންކަރތައް ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އެގޮތުން އާމްދަނީއާއި ޚަރަދުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

އާމްދަނީގެ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ ރޭޓު 16 އިންސައްތައަށް، އަދި ޖީއެސްޓީ ރޭޓު 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްޖީއެސްޓީ ޓީޖީއެސްޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު