Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނީ ބަހުގެ ޚިދުމަތް

މިނީ ބަސް ދަތުރުތައް ކާމިޔާބު، ފުރަތަމަ ހަފުތާގައި އެކަނި 48،000ށްވުރެ ގިނަ މީހުން ޚިދުމަތް ހޯދި!

މިނީ ބަހުގެ ދަތުރުތައް ކާމިޔާބު ކަމަށް އެމްޓީސީސީން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ސެޕްޓެމްބަރު 2022 | ބުދަ 07:11
މިނީ ބަސް

މިނީ ބަސް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މާލޭގައި ފަށާފައިވާ މިނީ ބަހުގެ ޚިދުމަތް ފުރަތަމަ ހަފުތާގައި އެކަނިވެސް 48،000 އަށްވުރެ ގިނަ މީހުން ހޯދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީން "ރާއްޖެ އެމްވީ" އާ ހިއްސާ ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާ ހަމައަށް 48،370 ފަސިންޖަރުން ވަނީ މިނީ ބަހުގެ ޚިދުމަތް ހޯދާފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ދުވަހަކަށްފަހު ދުވަހެއް އެ ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު ވެސް އިތުރުވެފައެވެ.

Advertisement - newsAdvertisement

މިނީ ބަހުގެ ޚިދުމަތް މާލޭގައި ފަށާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. މި ޚިދުމަތް މާލޭގެ ތިން ރޫޓަކުން ދޭއިރު ޚިދުމަތް ދިނުމުގައި 18 ބަސް މިވަގުތު ބޭނުންކުރެއެވެ. ބަހުގެ ޚިދުމަތް މިހާރު ދެނީ އޯކިޑް ރޫޓާއި އަމީނީ ރޫޓާއި ސޯސަން ރޫޓުގައެވެ.

މިނީ ބަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ހަފްތާގައި އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ އޯކިޑު ރޫޓުންނެވެ. އެއީ 18463 މީހުންނެވެ. އަމީނީ ރޫޓުން 18261 މީހުން ދަތުރު ކުރިއިރު ސޯސަން ރޫޓުން ދަތުރު ކުރީ 11646 މީހުންނެވެ.

ފުރަތަމަ ހަފްތާގެ ވަކިވަކި ދުވަސްތަކަށް ބަލާއިރު ހޯމަ ދުވަހު 2257 މީހުން ދަތުރު ކުރިއިރު، އަންގާރަ ދުވަހު 3255 މީހުން، ބުދަ ދުވަހު 8024 މީހުން، ބުރާސްފަތި ދުވަހު 8349 މީހުން، ހުކުރު ދުވަހު 8063 މީހުން، ހޮނިހިރު ދުވަހު 9329 މީހުން އަދި އާދީއްތަ ދުވަހު 9093 މީހުން ވަނީ ބަހުގެ ޚިދުމަތް ހޯދައިފައެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުގައި މާލޭގައި ފެށި މިނީ ބަހުގެ ޚިދުމަތް ކާމިޔާބު ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އަތޮޅުތަކުގައި ދެމުން އަންނަ މިނީ ބަހުގެ ޚިދުމަތް ވެސް ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެއެވެ. އަތޮޅުތަކުގެ ތެރެއިން މިޚިދުމަތް ދެނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ލ. އަތޮޅުގައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށިތާ ހަފްތާއެއް ވެފައިވާއިރު އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ. އެ މުއްދަތު ހަމަވުމުން ދެން ދަތުރުކުރެވޭނީ އާރުޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިއުއާރް ޓިކެޓް ނަގައިގެންނެވެ. ޓިކެޓެއްގެ އަގަކީ ހަތް ރުފިޔާއެވެ.

ޓްރައިލް މުއްދަތަށްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށި ނަމަވެސް, 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ.

މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން ރާއްޖެއަށް ގެނެސްފައިވާ ބަސްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު އަރައި، ފޭބޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަސްތަކެކެވެ. މި ބަސްތަކުގައި 20 ސީޓު ހުންނައިރު ކޮޅަށް ތިބޭގޮތަށް އެއްފަހަރާ 30 އެއްހާ މީހުންނަށް ދަތުރު ކުރެވޭނެއެވެ.

މިނީ ބަހުގެ ޚިދުމަތް މަލޭގައި ދެމުން އަންނަނީ ފަތިހު 5:45 އިން ދަންވަރު 12:15 އާ ހަމައަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެެމެދު ބަސްދަތުރުތައް ބާއްވައެވެ.

މިނީ ބަސްއެމްޓީސީސީއާރްޓީއެލް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު