Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސެވިއްޔާއިން އެސްޕަންޔޯލް ބަލިކޮށްފި

އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މެޗު ސެވިއްޔާއިން ކާމިޔާބުކުރީ 3-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 02:57
ސެވިއްޔާއިން ކުޅުނު މެޗުގެ ތެރެއިން

ސެވިއްޔާއިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗު ސެވިއްޔާއިން ކާމިޔާބުކޮށްފިއެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު ސެވިއްޔާއިން ކާމިޔާބުކުރީ 3-2 އިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެރިކް ލެމެލާއެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ޖޮސެފް ކަރްމޯނާ ވަނީ ސެވިއްޔާގެ ދެވަނަ ލަނޑު ޖަހައިފައެވެ. ސެވިއްޔާގެ ތިންވަނަ ލަނޑު ވެސް ޖެހީ ކަރްމޯނާއެވެ. މި ލަނޑު އޭނާ ޖެހީ 45 ވަނަ މިނެޓުގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޕަންޔޯލް އިން ވަނީ ލަނޑެއް ޖަހާފައެވެ. ލިބުނު ޕެނަލްޓީއެއްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޮސެލޫއެވެ. އިތުރު ލަނޑު ޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން އެސްޕަންޔޯލްގެ މާޓިން ބްރެތުވެއިތު ވަނީ 62 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އެސްޕަންޔޯލަށް ފަރަގު ކުޑަކޮށްދީފައެވެ. އެލަނޑުގެ ފަހުން އެސްޕަންޔޯލްއިން އިތުރު ލަނޑު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މި ސީޒަންގެ ސްޕެނިޝް ލީގުގައި ސެވިއްޔާ އާއި އެސްޕަންޔޯލް ވެސް އޮތީ އުނދަގޫ ހާލަތެއްގައެވެ. ކުޅުނު ފަސް މެޗުން ދެ ޓީމަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ފައިދާ ގޯލުގެ ތަފާތުން އެސްޕަންޔޯލް 15 ވަނަ މަގާމުގައި އޮތް އިރު، ސެވިއްޔާ އޮތީ 16 ވަނަ މަގާމުގައެވެ.

ސްޕެނިޝް ލީގުސެވިއްޔާެއެސްޕަންޔޯލް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު