ރިވައިވަލްގެ ކެޕްޓަން ތޯއިފްއަށް އެކްލަބްގެ ސްކޮލަރޝިޕްއެއް!
9 ސެޕްޓެމްބަރު 2022 | ހުކުރު 13:27ތޯއިފް އެއް އަހަރު ވަންދެން ތަމްރީނު ހޯދާނެ


އަހުމަދު ތޯއިފް: ފޮޓޯ-ރިވައިވަލް ސްޕޯރޓްސް
ރިވައިވަލް ސްޕޯރޓްސް ކަލްބްގެ ކެޕްޓަން އަހުމަދު ތޯއިފްއަށް, އެކްލަބުން ސްކޮލަރޝިޕްއެއް ދީފިއެވެ.
ޤައުމީ ޗެމްޕިއަން ތޯއިފްއަށް ކްލަބުން ދިނީ އިންޑިޔާގެ ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރަކުން އެއް އަހަރު ތަމްރީނު ހޯދުމުގެ ފުރުޞަތެވެ. އޭގެކުރިން އިންޑިޔާގެ މަހާރާޝްތުރަ އިންޓަރނޭޝަނަލް ޗެލެންޖްގައި ތޯއިފް ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރަން ހޮނިހިރު ދުވަހު އޭނާ ފުރާނެއެވެ.
ރިވައިލަލް ސްޕޯރޓްސް ކްލަބުން ބުނީ މިއީ ކުރިއަށް އޮތް އިންޓަރނޭޝަނަލް ދެ ގޭމްސްއަށް ތައްޔާރުވުމަށް ތޯއިފްއަށް ހޯދައިދިން ފުރުޞަތެއްކަމަށެވެ. އެއީ އަންނަ އަހަރު އޮންނަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއާއި, ސައުތް އޭޝިޔަން ގޭމްސްއެވެ.
ސްކޮލަރޝިޕްގެ ދަށުން އެއް އަހަރު ވަންދެން ތޯއިފް ތަމްރީނު ހޯދާނެއެވެ. ތޯއިފް ވަނީ ރިވައިވަލް ޓީމާއެކު ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް ވާދަކޮށްފައެވެ. އަދި ކާމިޔާބީވެސް ހޯދިއެވެ. ތޯއިފްގެ އަމާޒަކީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް މެޑަލް ހޯދައިދިނުމެވެ.






