Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންސާނީ ތަރައްގީގެ މިންގަނޑު

އިންސާނީ ތަރައްގީގައި ރާއްޖެއަށް 13 ދަރަޖައިގެ ކުރިއެރުމެއް!

އޭޝިއާ ސަރަހައްދުން ރާއްޖެ ވަނީ 3 ވަނައަށް އެންމެ މަތީ ގައުމުގެ ގޮތުގައި ހިމެނިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ސެޕްޓެމްބަރު 2022 | ހުކުރު 16:57
ރަސްފަންނު

ރަސްފަންނު

ޔޫއެންޑީޕީން އާންމުކުރާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) ގައި، 2021 ވަނަ އަހަރު ރާއްޖެއަށް 13 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

2021 ވަނަ އަހަރުގެ އިންސާނީ ތަރައްގީގެ މިންގަނޑުގައި 191 ގައުމުގެ ތެރެއިން ދިވެހިރާއްޖެ ހިމެނިފައިވަނީ 90 ވަނައިގައެވެ. 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2021 ވަނަ އަހަރު ރާއްޖެއަށް ވަނީ 13 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އިންސާނީ ތަރައްގީގެ މިންގަނޑަކީ 0.734 އެވެ.

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އިންސާނީ ތަރައްގީގެ މިންގަނޑު އެންމެ ރަނގަޅު ގައުމަކީ ސްރީ ލަންކާއެވެ. ލަންކާ އޮތީ 73 ވަނައިގައެވެ. ދެވަނައިގައި އޮތީ އިރާނެވެ. އެއީ 76 ވަނައެވެ. އަދި މި ސަރަހައްދުން އިންސާނީ ތަރައްގީ ތިންވަނައަށް އެންމެ ރަނގަޅު ގައުމުގެ ގޮތުގައި ރާއްޖެ ހިމެނިފައިވާއިރު، ރާއްޖެ ވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް މި މިންގަނޑު މަތީ ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.

އިންޑެކްސްއަށް ބަލާއިރު، 1990 ވަނަ އަހަރުގެ ފަހުން، ދިވެހިރާއްޖޭގައި މީހުން ދިރި ތިބޭ އާންމު އުމުރު 12.4 އަހަރު އިތުރުވެފައިވެއެވެ. އަދި ގްރޮސް ނޭޝަނަލް އިންކަމް (ޖީއެންއައި) ނުވަތަ ބޮލަކަށް ޖެހޭ ނިސްބަތް 55 އިންސައްތަ އިތުރުވެފައިވެއެވެ.

އެޗްޑީއައި އަކީ ގައުމެއްގައި ސިއްހަތާއި، ތައުލީމު އަދި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. މީގެ ތެރެއަށް ގައުމުން ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރާއި، ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ”މެޓީރިއަލް ފުޓްޕްރިންޓް“ މި ދެ ކަންތައް އިތުރުކުރުމުން، އާންމުކޮށް އިންސާނުންނާއި ދުނިޔޭގެ ދުޅަހެޔޮކަމަކީ އިންސާނީ ކުރިއެރުންމިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ބަލައިފިނަމަ ބައިނަލްއަގުވާމީ ތަރައްގީ ބަލާ ގޮތް ދައްކުވައިދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނެރެވޭ ޕްލެނެޓަރީ-ޕްރެޝަރސް އެޖަސްޓެޑް އެޗް.ޑީ.އައި. ނުވަތަ ޕީ.އެޗް.ޑީ.އައި. ގެ ސަބަބުން އެދެވޭމަންޒަރަކަށް ނުވިނަމަވެސް، އިންސާނީ ކުރިއެރުމުގެ މާ ސާފު ތަސައްވަރު ދައްކުވައިދެއެވެ.

އިންސާނީ ތަރައްގީގެ މިންގަނޑުޔޫއެންޑީޕީ މޯލްޑިވްސް

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2024

ރާއްޖޭގެ ތަރައްޤީގެ އަމާޒު ބައްޓަން ކުރުމަށް ޔޫއެންޑީޕީން އަދާކުރި ދައުރު މުހިންމު - ރައީސް

11 އޮކްޓޯބަރު 2024
ރާއްޖޭގެ ތަރައްޤީގެ އަމާޒު ބައްޓަން ކުރުމަށް ޔޫއެންޑީޕީން އަދާކުރި ދައުރު މުހިންމު - ރައީސް
02 ޖޫން 2023

ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމަށް ޔޫއެންޑީޕީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި

02 ޖޫން 2023
ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމަށް ޔޫއެންޑީޕީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި
02 ނޮވެމްބަރު 2022

"ޑްރޯން ފޯ ރެޒިލިއަންސް" ޕްރޮގްރާމް ގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ޑްރޯން ހަދިޔާ ކޮށްފި

02 ނޮވެމްބަރު 2022
"ޑްރޯން ފޯ ރެޒިލިއަންސް" ޕްރޮގްރާމް ގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ޑްރޯން ހަދިޔާ ކޮށްފި
12 ޖޫން 2022

"އައިލެންޑް ލައިފް" މެގަޒިންގެ 6 ވަނަ އެޑިޝަން ނެރެފި

12 ޖޫން 2022
"އައިލެންޑް ލައިފް" މެގަޒިންގެ 6 ވަނަ އެޑިޝަން ނެރެފި
05 ޑިސެމްބަރު 2021

ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ފަށައިފި

05 ޑިސެމްބަރު 2021
ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު