Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނީ ބަހުގެ ޚިދުމަތް

ފުރަތަމަ ދުވަހު 2000 ށްވުރެ ގިނަ މީހުން މިނީ ބަހުގެ ޚިދުމަތް ބޭނުންކުރި

6 ސެޕްޓެމްބަރު 2022 | އަންގާރަ 11:02

ފުރަތަަމަ ދުވަހު 2257 މީހުން ޙިދުމަތް ހޯދާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 11:02
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ

މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށި ފުރަތަމަ ދުވަހު 2000ށްވުރެ ގިނަ މީހުން މިނީ ބަހުގެ ޚިދުމަތް ބޭނުންކުރި ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެގެންދިޔަ ކަމަށެވެ. ފުރަތަަމަ ދުވަހު 2257 މީހުން ޙިދުމަތް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް އާއްމު ކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ދުވަހުވެސް މިނީ ބަހުގައި 2257 މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. 3 ރޫޓަކުން ބަހުގެ ޚިދުމަތް ފަށާފައިވާއިރު 621 މީހުން ވަނީ އޯކިޑް ރޫޓުން ޚިދުމަތް ހޯދާފައެވެ. ސޯސަން ރޫޓުން 754 މީހަކު ޚިދުމަތް ހޯދާފައިވާއިރު އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ އަމީނީ ރޫޓުންނެވެ. އަމީނީ ރޫޓުން 882 މީހަކު ޚިދުމަތް ހޯދާފައިވާ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އާންމުން ވެހިކަލް ޕާކް ކުރަން ހަމަޖެހިފައި ހުންނަ ސަރަހައްދުތަކުގައި ޕާކް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު މިނީބަސް ދުއްވާ މަގުތަކުގައި، ހާއްސަކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ޕާކު ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށާއި މިނީބަސް ދުއްވާ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކާއި ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި، މުދާ އުފުލާ އުޅަނދުފަހަރު ނުދުއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި މަޑުކޮށްގެން ނުތިބުމަށާއި ހެވީ ވެހިކަލްސް މި މަގުތަކުގައި ބޭނުންކުރުން ވީހާވެސް ބޮޑަކަށް މަދުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް ހޯމަ ދުވަހުގެ 05:45 ފަށާފައިވާއިރު މިނީ ބަހުގެ ޚިދުމަތުގައި ޖުމުލަ 18 ބަސް ބޭނުންކުރާނެއެވެ. އޭގެ ތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭ ގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްފައިވާ ބަސްތަކުގައި 20 ގޮނޑި ހުންނާނެއެވެ. ރޭމްޕް ހަރުކުރެވިފައި ނުހުންނަ ބަސްތަކުގައި ހުންނާނީ 22 ގޮނޑިއެވެ. މި ދެވައްތަރުގެ ބަހުގައިވެސް އިތުރަށް 10 މީހުންނަށް ކޮޅަށް ތިބެ ދަތުރުކުރުމަށް އަތުން ހިފަހައްޓާނެ ހޭންޑްލް ހުންނާނެއެވެ.

މިނީ ބަހުގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެއެވެ. އެ މުއްދަތު ހަމަވުމުން ދެން ދަތުރުކުރެވޭނީ އާރުޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިއުއާރް ޓިކެޓް ނަގައިގެންނެވެ. ޓިކެޓެއްގެ އަގަކީ ހަތް ރުފިޔާއެވެ.

ޓްރައިލް މުއްދަތަށްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށިޔަސް, 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ.

އޭގެ އިތުރުން ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް