Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުވާފަރު ކައުންސިލުގެ ޚިޔާނާތް

ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލަ ބަލަން އޭސީސީގެ ޓީމެއް އެރަށުގައި

އޮގަސްޓް 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދަނީ ދިރާސާކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 10:11
އޭސީސީގެ ޓީމް ދުވާފަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައި

އޭސީސީގެ ޓީމް ދުވާފަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައި

ރ. ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭސީސީން ބުނެފިއެވެ.

ރ. ދުވާފަރު ކައުންސިލުން ހިންގިކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ 21 ޖުލައި 2022 ގައި އެ ކޮމިޝަނަށް ހުށައެޅުމާއި ގުޅިގެން މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޝަނަށް މައްސަލަ ބަލައިގަނެ އެމައްސަލައިގެ ތަހުގީގު، ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އޭސީސީން ބުނެއެވެ.

Advertisement - newsAdvertisement

އެގޮތުން މިވަގުތުވެސް އޭސީސީގެ އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އޮގަސްޓް 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުނެއެވެ. އަދި ފައިސާއާ ގުޅޭ މުޢާމަލާތްތައް ހިންގާފައިވާގޮތްވެސް އޭސީސީން ބަލާނެކަމަށް އޭސީސީން ބުންޏެވެ.

ރ. ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަ ބަލަން އޭސީސީން ނިންމާފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން ބުނީ ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ މައްޗަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ދިރާސާކުރުމަށްފަހު އެކަން ތަހުގީގުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އެނިންމުން ނިންމާފައިވަނީ ހޯމަ ދުވަހުއެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން 2 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ފެންމަތިވީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިދިޔަ މަހު ނެރުނު ރިޕޯޓުންނެވެ. އޭސީސީއަށް އެ މައްސަލަ ހުށަހެޅީވެސް އެ އޮތޯރިޓީންނެވެ.

އެލްޖީއޭއިން އެކުލަވައިލި ރިޕޯޓުން ހާމަވިގޮތުގައި، ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސަރވިސް ގަވައިދު، އަދި މާލީ ކަންކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ޚިލާފަށް އަމަލުކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މާލީ ކަންކަމާގުޅޭ ލިޔެކިޔުންތައް ނެތި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އަދި ނަގުދު ފައިސާއިންވެސް ކައުންސިލަރުންނާއި މުވައްޒަފުންނާއި ޑަބްލިއުޑީސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމަށް ވަނީ ބުނެފައެވެ. މި ފައިސާތަކުގެ ތަފްސީލު އެނގޭ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

އެލްޖީއޭއިން ވަނީ، މި ރިޕޯޓުގައި ދުވާފަރު ކައުންސިލުން ފާހަގަ ކުރެވުނު 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ލަފާދީފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ މާލީކަންކަމުގައި ފަރުވާކުޑަވުމާއި ޚިޔާނަތުގެ ކަންކަމެވެ.

އެލްޖީއޭއިން ބުނީ، 'އިން-ކައިންޑް'ގެ ގޮތުގައި ފައިސާއާއި ތަކެތި މާލިއްޔަތުން ދިނުމާއި، ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށްވެސް ދުވާފަރު ކައުންސިލުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަމަށެވެ. މި ރިޕޯޓުން ދައްކާގޮތުގައި، ދުވާފަރު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލިފުޅުގެ އެކައުންޓަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައެވެ. އެގޮތުން ލިޔެކިޔުމުން އެއްވެސް ތަފްސީލެއް ނޭނގޭ 711،617 ރުފިޔާ އޭނާއަށް ނަގުދު ފައިސާގެ ގޮތުގައާއި އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ކައުންސިލް މެމްބަރު މުހައްމަދު ޝާމުއަށް 447،837 ރުފިޔާ ލިބިފައިވާއިރު ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދުއަށް 252،048 ރުފިޔާ، ކައުންސިލް މެމްބަރު ޒުހުދާ އާދަމްއަށް 181،666ރުފިޔާ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހުއަށް 165،200.79 ރުފިޔާ، ކައުންސިލް މެމްބަރު އަހުމަދު ސަމޫހުއަށް 128،696.47 ރުފިޔާ، ކައުންސިލް މެމްބަރު އާމިނަތު ސަލާހުއަށް 119،535 ރުފިޔާ ވަނީ ލިބިފައެވެ.

އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވަކި ތަފްސީލެއްނެތި 21،981 ރުފިޔާ ދީފައިވާއިރު، ކޮމިޓީގެ ރައީސް އާމިނަތު އަހުމަދުއަށް 67،820 ރުފިޔާ ވަނީ ލިބިފައެވެ. އަދި ކޮންޓްރެކްޓް މުވައްޒަފެއްކަމަށްވާ އަހުމަދު ޝާމިލުއަށް 6042 ރުފިޔާ ވަނީ ލިބިފައިވާއިރު، މަސައްކަތުމީހެއްގެ ވަޒީފާއަދާކުރާ ލުގުމާން އަބްދުއްރަހުމާނަށާއި ސަޕޯޓް ސްޓާފް އަބްދުﷲ ނާޝިދުއަށާއި ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާއަށްވެސް، ލިޔެކިޔުމުގެ އެއްވެސް ތަފްސީލެއް ނެތްގޮތަށް ވަނީ މަދު އަދަދުން ނަމަވެސް ފައިސާ ލިބިފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު