Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗެކު ބޭނުން ކުރުން މަދުކުރުން

އަންނަ އަހަރުގެ އޭޕްރިލުން ފެށިގެން، ޗެކުން ކުރެވޭ މުއާމަލާތް ލިމިޓްވާނެ

3 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:00

މިއީ ރާއްޖޭގައި ޗެކު ބޭނުން ކުރުން މަދުކުރުމަށް އަޅާ ފިޔަވަޅެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ރާއްޖޭގައި ޗެކުން ކުރެވޭ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ، މިއީ ރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ނަގުދު ފައިސާއާއި ޗެކު ބޭނުންކުރުން މަދުކޮށް، ޑިޖިޓަލް ޚިދުމަތް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެންނަ ބަދަލެއްކަމަށެވެ. އެގޮތުން، އޭޕްރިލް 2023ން ފެށިގެން ޗެކު ބޭނުން ކުރެވޭ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 ރުފިޔާ ކަމަަށާއި ޑޮލަރުންނަމަ 3000 ޑޮލަރު ކަމަށް ވަނީ ކަނޑައަޅައިފައެވެ.

Advertisement - newsAdvertisement

މި ގެންނަ ބަދަލު ވަކިވަކި ފަރުދުންނާއި ހުރިހާ ވިޔަފާރިތަކަށްވެސް ކަނޑައަޅާފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ އެކްޝަން ޕްލޭނެއްވެސް ބޭންކްތަކާ ގުޅިގެން މިއަހަރުގެ ތެރޭގައި އެކުލަވާލިއެވެ. ޗެކު ބޭނުން ކުރެވޭ ލިމިޓް ކަނޑައަޅާފައިވަނީ މި އެކްޝަން ޕްލޭންގެ ދަށުންނެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ މި ނިންމުމަށް 1 އޭޕްރީލް 2023ގައި އަމަލުކުރަން ފަށާއިރު، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިކަމާގުޅިގެން ގެނެވޭ އެންމެހާ ބަދަލުތަކާގުޅޭ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެކުރިން ކަސްޓަމަރުންނާ ހިއްސާކުރުމަށް ބޭންކުތަކަށް އަންގާފައިވާކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

16 ނޮވެމްބަރު 2025
ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން
20 އޮކްޓޯބަރު 2025

ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ

20 އޮކްޓޯބަރު 2025
ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ
14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
04 އޯގަސްޓު 2025

ޔާމީން ވެރިކަމުގައި ވެސް މުއިއްޒު ވެރިކަމުގައި ވެސް ޚިޔާނާތާ ދެކޮޅަށް އުޅުމުން ބުރައިގެން ދިޔައީ އަޝްރަފް!

04 އޯގަސްޓު 2025
ޔާމީން ވެރިކަމުގައި ވެސް މުއިއްޒު ވެރިކަމުގައި ވެސް ޚިޔާނާތާ ދެކޮޅަށް އުޅުމުން ބުރައިގެން ދިޔައީ އަޝްރަފް!
03 އޯގަސްޓު 2025

މެންބަރު ޝުޖާއުއާއި ގުޅުންހުރި ކުންފުނިތަކަށް ފައިސާ ޖަމާވި މައްސަލަ ފުލުހުން ބަލަނީ

03 އޯގަސްޓު 2025
މެންބަރު ޝުޖާއުއާއި ގުޅުންހުރި ކުންފުނިތަކަށް ފައިސާ ޖަމާވި މައްސަލަ ފުލުހުން ބަލަނީ
03 ޖުލައި 2025

ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ

03 ޖުލައި 2025
ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ
01 ޖުލައި 2025

ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި

01 ޖުލައި 2025
ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު  ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި
05 މެއި 2025

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

05 މެއި 2025
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް