Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނީ ބަހުގެ ޚިދުމަތް

މާލޭގައި މިނީ ބަހުގެ ޓިކެޓް ހަތް ރުފިޔާއަށް

މިނީ ބަހުގެ ޚިދުމަތް ފަށާނެ ސީދާ ތާރީޚެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2022 | ހުކުރު 02:22
މިނީ ބަހުގެ ޓެސްޓް ބުރުތައް

މިނީ ބަހުގެ ޓެސްޓް ބުރުތައް

އެމްޓީސީސީން މާލޭގައި ދިނުމަށް ހަމަޖެހިފައިވާ އާރްޓީއެލް މިނީ ބަހުގެ ޓިކެޓަކަށް ހަތް ރުފިޔާ ނަގަން ސަރުކާރުން ހަމަޖައްސައިފިއެވެ.

މި އަގު ރަސްމީކޮށް ހާމަކޮށްފައިވަނީ ސަރުކާރުން ސޯޝަލް މީޑިއާއަށް ލާފައިވާ ވީޑިއޯއެއްގައެެވެ.

Advertisement - newsAdvertisement

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ ދެ ހަފުތާވަންދެން ޓެސްޓް ބުރުތަކެއް ބާއްވާފައެވެ. ޓެސްޓް ދަތުރުތަކުގައި އެކުންފުނީގެ މުވައްޒަފުންނާއި މާލެ ސިޓީ ކަައުންސިލާއި ފުލުހުން ބައިވެރިވިއެވެ. އެމްޓީސީސީން ބުނީ މި ދަތުރުތަކުގެ ބޭނުމަކީ މިނީ ބަހުގެ ޚިދުމަތް ކަސްޓަމަރުންނަށް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުންކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޓެސްޓް ދަތުރުތައް ރަނގަޅު ކަމަށެވެ. އަދިވެސް ޚިދުމަތް ފުރިހަމަކުރަންޖެހޭ ކުދިކުދި ކަންތައްތައް އެބަހުރި ކަމަށެވެ. ގަޑިތަކަށް ބަސްތަކަށް އާދެވޭނަމަ ރައްޔިތުންގެ އިތުބާރު ލިބިގެންދާނެކަމަށާއި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މުވައްޒަފުން ނަގާ ތަމްރީނުކޮށްފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މިނީ ބަހުގެ ޚިދުމަތް ފަށާނެ ސީދާ ތާރީޚެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

މިނީ ބަހުގައި އުމުރުން ތިން އަހަރުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި އުމުރުން ދޮށީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ކޮންމެ ބަހެއްގައިވެސް ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށް އެއް ސީޓު ހާއްސަކޮށްފައިވެއެވެ.

މިނީ ބަހުގެ ހިދުމަތް ފަށާއިރު ބަސް ދަތުރުކުރާނީ މައިގަނޑު ދެ މަގަކުންނެވެ. އެއީ މަޖީދީ މަގާއި އަމީނީ މަގެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރާނެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މަޖީދީ މަގުގައި ޕާކުކުރުން މިހާރު ވަނީ މަނާކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީމަގުގައި ޕާކު ކުރުން މަނާކަން އެންގުމަށް، މަގުގެ ދެ ފަރާތުގައި ވެސް ރޮނގު ދަމާފައެވެ. ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭކަން އެންގުމަށް ކޯނުވެސް ވަނީ ޖަހާފައެވެ.

މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރި އޮންނަ ސަރަހައްދެވެ.

މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދެއް ވަނީ ފަށާފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލ. އަތޮޅުގެ ރަށްތަކެވެ.

އެމްޓީސީސީމިނީ ބަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު