Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮންގްރެސްގެ ބޮޑު މަންޒަރު: އިބޫ ހަމަ ތަފާތީ!

މަޝްވަރާއިން ނިމުމަކީ ބޮޑު ކާމިޔާބީއެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2022 | ހޯމަ 11:05
އެމްޑީޕީ ކޮންގްރެސް 2022

އެމްޑީޕީ ކޮންގްރެސް 2022

ނިމިގެންދިޔަ އެމްޑީޕީ ކޮންގްރެސް ފެށުނީވެސް އަތް ނުލެވޭހާ ހޫނުކަންމަތީގައެވެ. އެންމެ މަތީ ފަޑީގައި އޮތް ޚިޔާލުތަފާތުވުމަކާއެކު ޕާޓީތެރެ ދެ ފެކްޝަނަކަށް ބެހިފައި އޮތްކަހަލަ ގޮތަކަށެވެ. އިންޒާރުތަކާއި ކަންކުރާނެ ގޮތްތަކެއްގެ ވާދަވެރިކަމަކާވެސް އެކުގައެވެ.

ނަމަވެސް ކޮންގްރެސް ނިންމަވާލައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މާނަފުން ޅެން ބައިތަކެވެ.

"ކޮންމެފަދަ ހޫނެއް ވިޔަސް، މެންދުރުގެ އަވިގަދަ ވަގުތުގައި

ކޮންމެ މެންދުރަކަށްފަހު، ފިނިކަން ހަވީރުގެ އަންނަނީ"

މި ޅެންބައިތުން މުޅި ކޮންގްރެސް ނިމިގެންދިޔަ ގޮތް ވަރަށް ސާފެވެ. ހޫނުކަމުގައި ފެށުނު ކޮންގްރެސް ނިންމާލެވުނީ ފިނިވެގެންނެވެ. ފެށުނުއިރު ބަހުގެ ހަމަލާތަކާއެކު އިންޒާރުދެމުން އެންމެ އިސް ދެލީޑަރުން ދެފަރާތަށް މޫނުފުޅު ލައްވައިގެން ތިއްބެވިނަމަވެސް، ސްޓޭޖްމަތިން ފެނުނީ އަތާ އަތް ޖޯޑުކުރައްވާލައި ރަހުމަތްތެރިކަމާއެކު ބައްދަވާލެއްވިތަނެވެ. ދޭތެރެދޭތެރެއިން އަޑުގަދަވެ ކެކިކެކި އޮތް ތަޅުން ގުގުމާލީ ކާމިޔާބީގެ ހޫނު އަތްތިލަބަޑިތަކުންނެވެ.

ތެދެކެވެ. ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރާހުރެ ދިމާވި އެ ހައްސާސް ހާލަތުން އަރައިގަނެވި، ކޯޅުންގަނޑު މިވަގުތަށް މައިތިރިވީއެވެ. ސުލްހަވެރިކަމާއެކު ރައީސް ނަޝީދުގެ ހުށަހެޅުއްވުން އަނބުރާ ގެންދެވީއެވެ. އާޑަފުރައްސާރަކޮށް އެކަކު އަނެކަކަށް ރަތްމަހަށް ގޮވާވަރަށް ބަހުގެ ހަމަލާތަކަށް ޖާގަނުދެއްވައި، ހޫނު ބަހުސެއް ބޭއްވުމެއް ނެތިއެވެ. ފެކްޝަން ރަނގަޅަށް މޫލައި ފެކްޝަންތަކުގެ އަވާގައިޖެހި ބަޔަކު ކަތިލެވެން ފުރުސަތު ނުދެއްވީއެވެ.

މިކަން މިހެން ހިނގުމުގެ ސިއްރަކަށްވީ މަޝްވަރާއެވެ. ޕާޓީގެ ތެރޭގައި ފުޅާކޮށް ކުރެވުނު މަޝްވަރާއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ސައްލާތަކެވެ. ދޫދެއްވުމާއި ހިކުމަތުއަމަލީ ބޭނުން ކުރެއްވުމެވެ.

ރައީސް ނަޝީދަކީ އެއް ބޭފުޅަކަށް އެންމެ ތާއީދު ބޮޑު އެއްބޭފުޅާއެވެ. އެމަނިކުފާނަށް އެ ހުށަހެޅުން އަނބުރާ ނުގެންގެންދަވައި ހިފަހައްޓަވާލެއްވުނީހެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކާޑު ނަންގަވައިގެން ކުޅުއްވެން އޮތެވެ. ރައީސް ޔާމީނާއެކު މަސައްކަތްޕުޅުކުރައްވަން ފެއްޓެވިދާނެ ވާހަކާގައި ހިފަހައްޓަވައިގެންވެސް ހުންނެވުނީހެވެ. ނަމަވެސް އެ ހުށަހެޅުމަށް ބަހުސް ފެށުނުނަމަ ނުކުމެދާނެ ނަތީޖާ ރައީސް ނަޝީދަށްވެސް ސާފެވެ. އަމުދުން ވޯޓަކާ ހަމައިން އެމަނިކުފާނަށް ކުރިމަތިވެދާނެ ގޮތްތަކެއްވެސް އެމަނިކުފާނަށް ނުހަނު ރަނގަޅަށް ފަހުމްވެވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް ހަމަ ގޮތުގައި ހިފަހައްޓައިގެން ފަހުވަގުތާހަމައަށްވެސް ހުންނެވުނީހެވެ. ވާނެ ގޮތެއް ވާން ދޫކޮށްލައްވައިގެންނެވެ.

ދެން އޮތީ ރައީސް ސޯލިހެވެ. ޕާޓީގެ ގައުމީ މަޖިލީހާއި ޕާޓީން މެޖޯރިޓީ ނަގާފައިވާ ރައްޔިތުންގެ މަޖިލީހާއި އަދި އަމުދުން ރައީސުލްޖުމްހޫރިއްޔާކަމުގެ ބާރުގައި އެމަނިކުފާނަށް ގޮތް ހުސްވާން ކައިރިވެސް ނުވެއެވެ. ކޮންގްރެސްގެ ރޫހު ހުރިގޮތުންނާއި ކޮންގްރެސްގެ ތާއީދު އޮތްގޮތުން ރައީސް ނަޝީދުގެ ހުށަހެޅުއްވުމަށް ވިސްނަވާލައްވަންވެސް ޖެހޭވަރެއް ނުމެނޫންމެއެވެ. ބޭނުންފުޅުނަމަ ބަހުސަކަށް ނުގޮސްވެސް އެހުށަހެޅުން ބަލައިނުގަންނަވައި ފޮނުވާލުމުގެ ބާރު އެމަނިކުފާނަށް އޮތީ ލިބިދީފައެވެ.  ނަމަވެސް ރައީސް ސޯލިހު ބޭނުންފުޅުކުރެއްވީ ހިކުމަތުއަމަލީއެވެ. ފަހުވަގުތާ ޖެހެންދެންވެސް އެފަދަ އެއްވެސް ކަމެއް ނުކުރައްވައި މަޝްވަރާއަށް ހުޅުއްވާލެއްވީއެވެ. އެކިގޮތްގޮތުން ކުދި ބައްދަލުވުންތައް ބޭއްވެވީއެވެ. ކަނދުފަތިތައް މެދުވެރިކުރައްވައިގެންވެސް ރީތިގޮތުގައި ކަންނިންމަވާލެއްވޭނެ ގޮތެއް މަޝްވަރާގެ އަލީގައި ހޯއްދެވީއެވެ. ވިދާޅުވާން ޖެހިވަޑައިގެންނެވި ބަސްފުޅެއް އޭގެ އެންމެ ކުޑަމިންވަރަކަށް ވިދާޅުވީއެވެ. އާރާއި ބާރު އެއްފަރާތްކުރައްވައި މަޝްވަރާގެ ރީތި ނަމޫނާ ދެއްކެވީއެވެ. އިސާހިތަކު ކާމިޔާބުކަމާއެކު، އެވިދާޅުވާ ހަވީރުގެ ފިނިކަމުގައި ކޮންގްރެސް ނިންމަވާލެއްވުމުގެ މަގު ތަނަވަސްވީއެވެ.

ރައީސް ސޯލިހު މިދެއްކެވި ނަމޫނާއަކީ ހަމައެކަނި މިއަދުގެ ކަމެއް ނޫނެވެ. މާޒީއަށް ބަލައިލުމުންވެސް އެމަނިކުފާނުގެ އެސިފަފުޅު ވަރަށް ފާޅުކަން ބޮޑު ގޮތުގައި ފެންނާން އެބައޮތެވެ. ރައީސަކަށް ވެވަޑައިގެންނެވުމުގެ ކުރިން ސިޔާސީ މައިދާނުގައި ކުރެއްވި މަސައްކަތްޕުޅުތަކުންނެވެ. އެމަނިކުފާނަކީ އެމްޑީޕީގެ އޭރުގެ ޕީޖީ ލީޑަރެވެ. އިދިކޮޅުގައި އޮވެގެން މަޖިލިސްތެރެއިން ކަންކަން ނިންމެވުމުގައި އެމަނިކުފާނަކީ މުޅި މަޖިލިސް، އަދި ޚާއްސަކޮށް އޭރުގެ ސަރުކާރުގެ މެމްބަރުން އެންމެ އިހްތިރާމްކުރެއްވި ލީޑަރެވެ. މަޖިލިސް ހޫނުވެ ކުރިއަށް ނުގެންދެވި އެޅުވޭ ތަޅު ނައްޓަވާލައްވާ ބޭފުޅަކީ އޭރުގެ ޕީޖީ ލީޑަރ އިބޫއެވެ. އޭރު ފުރިހަމަ މެޖޯރިޓީގައި އޮތް އޭރުގެ ސަރުކާރުގެ މެމްބަރުންގެ ތެރޭގައި ޒުވާން ޖޯޝުގައި ހަރުކޮށް ބަސްވިދާޅުވާ މެމްބަރުންވެސް ރައީސް ސޯލިހާ ހަމައިން މައިތިރިވެވަޑައިގަންނަވާކަމީ ހަގީގަތެކެވެ.

އިދިކޮޅުގައި އޮތްއިރު އެމްޑީޕީން އޭރުގެ ސަރުކާރުތަކާއެކު ބޭއްވި ޕާޓީ ވާހަކަތަކުގެ އިސް ބޭފުޅަކީވެސް ރައީސް އިބޫއެވެ. ޚާއްޞަކޮށް އެންމެފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ބޭއްވި ޕާޓީ ޓޯކްސްގައިވެސް ޔާމީންގެ ސަރުކާރަށް އެއްބަސްވެވުނު ބޭފުޅަކީ އޭރުގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ކޮންމެއަކަސް މިފަހަރުވެސް މިފެނުނީ ރައީސް އިބޫގެ ހިކުމަތު އަމަލީއެވެ. ދުރުވިސްނުންފުޅާއެކު ގެންގުޅުއްވާ ރީތި މަޝްވަރާއެވެ. އަދި ކޮންގްރެސް ނިންމަވާލެއްވީ މުޅިން ތަފާތު އާ މަޝްވަރާއަކަށް ކޮޅު އެއްލަވަމުންނެވެ. އެމްޑީޕީ ކޯލިޝަންގައި މިހާރު ތިއްބެވި ޕާޓީތަކަށެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ދިއުމުގެކުރިން ވިސްނެވުމަށްފަހު ދުރާލައި ގޮތެއް ނިންމެވުމަށް އިރުޝާދު ދެއްވަމުންނެވެ. އެމްޑީޕީގެ ކެނޑިޑޭޓަކި ރައީސް އިބޫކަމަށް ވެއްޖެނަމަ ދެންވެސް ކުރިއަށް ވަޑައިގަންނަވާނީ ކޯލިޝަނަކުން ކަމަށާއި އެކޯލިޝަންގައި ބައިވެރިވެވަޑައިނުގަންނަވައި ކުރިމަތިލައްވަން ބޭނުންފުޅުވާ، ޕާޓީތަކުގެ ލީޑަރުން ކުރިއަށްއޮތްތަނުގައި މިހާރުގެ ކޯލިޝަނުންވަކިވެވަޑައިގެން ރީތިގޮތުގައި ކުރިއަށް ވަޑައިގަތުމަށް އިރުޝާދު ދެއްވަމުންނެވެ. މިފަހަރުވެސް މަޝްވަރާއާއި ރީތި ގޮތުގައި ކަންކަން ނިންމެވުމަށް އެއްލެވި ޒައިތޫނި ފަތްކޯޅިއަކާއެކުގައެވެ. ރައީސް އިބޫ ހަމަ ތަފާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު