Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކިޑްނެޕްކުރި ކުއްޖަކު އާއިލާއާ ބައްދަލުވުން

ވަގަށްނެގިތާ 9 އަހަރު ފަހުން އާއިލާއާ ބައްދަލުވި ކުއްޖެއްގެ ވާހަކަ، ތަހައްމަލުކުރީ ވޭނީ ދުވަސްތަކެއް

ޕޫޖާއަށް ގެއަށް އާދެވުމަށްފަހުވެސް އަދިވެސް ހުންނަނީ ބިރުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 21 އޯގަސްޓު 2022 | އާދީއްތަ 17:46
ޕޫޖާ އޭރާއި މިހާރު

ޕޫޖާ އޭރާއި މިހާރު

9 އަހަރަށްފަހު މަންމަގެ އުނގުގައި ބޯއަޅާލަން ލިބުމުން 16 އަހަރުގެ ޕޫޖާ ގައުދު ހުރީ އުފަލުން ފޮޅިފައެވެ. އޭނާގެ މަންމަ ޕޫނަމް ގައުދުވެސް ބުނީ ދަރިފުޅު ފެނިދާނެކަމުގެ އުންމީދު އޭނައަށް ގެއްލުނުކަމަށެވެ. ނަމަވެސް ދަރިފުޅާ ބައްދަލުވުމުން މިހާރު އުފަލުންގޮސް ހުރެވޭތަންވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. މަންމަ ހުރީ ކަލާނގެއަށް ޝުކުރުން ފުރިފައެވެ. އަދި ދަރިފުޅު ފެނުމަކީ މުއުޖިޒާތެއް ކަމަށާއި، މިއީ ކަލާނގެ ރަހްމަތްފުޅުކަމަށް އޭނަބުނެފައިވެއެވެ.

ޕޫޖާ ގެއްލިފައިވަނީ 22 ޖެނުއަރީ 2013ގައެވެ. އޭރު އޭނާގެ އުމުރުން 7 އަހަރެވެ. އޭނަ ވަގަށްނެގިކަމަށް ވަނީ މުމްބާއީގެ މަހާރަޝްތުރާގައި އޭނަ ދިޔަ ސްކޫލް ކައިރީގައި ހުއްޓައި އައި ދެމަފިރިއަކު، އައިސްކްރީމް ދޭނެކަމަށް ބުނެއެވެ.

ފުލުހުންވެސް ވަނީ ޕޫޖާ ވަގަށްނެގީ ހެރީ ޑިސޫޒާއާއި ސޯނީ ޑިސޫޒާ ކިޔާ ދެމީހުންކަމަށް ބުނެފައެވެ. އަދި މިހާރު ވަނީ ފިރިހެންމީހާ ހައްޔަރުކޮށްފައެވެ.

ކިޑްނެޕްކުރުމުގެ ކުރިން ޕޫޖާ އުޅެމުން އައިސްފައި ވަނީ އޭނާގެ އެއްބަނޑުއެއްބަފާ ފިރިހެން ދެކުދިންނާއި މަންމައާއި ބައްޕައާ އެކުގައެވެ. އޭނާ ސްކޫލަށް ދަނީ އެތަނުން ބޭބެއަކާއެކުއެވެ. ނަމަވެސް އެދުވަހު ދިމާވިގޮތުން އޭނާ ސްކޫލްގެ ބޭރުގައި ބަހައްޓާފައި، ލަސްވާތީ ބޭބެ މާކުރިން ސްކޫލް ތެރެޔަށް ވަދެގެން ދިޔައީއެވެ. ޑިސޫޒާގެ ދެމަފިރިން އައީ އެވަގުތުއެވެ.

ޕޫޖާ ކިޔައިދިންގޮތުގައި އެދެމަފިރިން އޭނާ ގޮވައިގެން ފުރަތަމަ ދިޔައީ ގޯއާއަށެވެ. އެއަށްފަހު ކަރްނާޓަކާއަށްވެސް ގެންދިޔައެވެ. އަދި އެއްވެސް ގޮތަކަށް ރޮއިހަދައިފިނަމަ އަނިޔާކުރާނެކަމަށް ބުނެ ބިރުދެއްކިއެވެ.

އޭނާ ބުނިގޮތުގައި ދުވަސް ކޮޅަކު ސްކޫލަކަށްވެސް ގެންދިޔައެވެ. ނަމަވެސް އެހާހިސާބުން އެދެމަފިރިންގެ އަމިއްލަ ދަރިއަކު ލިބުމުން ސްކޫލުން ކަނޑާލިއެވެ. އަދި އެ އާއިލާ އަނެއްކާވެސް މުމްބާއީއަށް ބަދަލުވިއެވެ.

އެ ދެމަފިރިންނަށް ކުއްޖަކު ލިބުމާއެކު އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް އިހާނެތިކޮށް ހިތަން ފެށިއެވެ. ބެލްޓުން ތަޅައި، ފައިން ތަޅައި، ގޮށްމުށުން ތަޅައި، އަދި އެފަހަރަކު އަތުޖެހުނު އެއްޗަކުން ތަޅައިހަދައެވެ. އެއްފަހަރަކު އެގޮތަށް ތެޅިތެޅީނުން ފުރަގަސް ފަރާތުން ލޭވެސް އަންނަންފެށިއެވެ. އޭނާ ބުނީ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުވުމުގެ އިތުރުން އެހެން ގޭގެޔަށް ވެސް މަސައްކަތް ކުރަން ފޮނުވާކަމަށެވެ.

ޑިސޫޒާގެ ދެމަފިރިން އުޅުނު ގެއާއި އޭނާގެ މައިންބަފައިންގެ ގެއާ ދާދި ކައިރިއެވެ. ނަމަވެސް އަތުގައި ލާރިއެއް އަދި ފޯނެއްވެސް ނޯންނާތީ ކަމެއް ނުކުރެވިފައި ހުރީއެވެ. އަދި އޭނާ ފިލާފާނެކަމަށް ބަލައި އަބަދުވެސް އޭނަ އުޅޭނޫޅޭ ބަލާކަމަށްވެއެވެ.

އެއްދުވަހަކު ޑިސޫޒާ ދެމަފިރިން ނިދާފައި ތިބި ވަގުތެއްގައި އެތަނުން އެކެއްގެ ފޯނު އޭނާގެ އަތުގައިޖެހި، އަމިއްލަ ނަން ޔޫޓިއުބްގައި ޖެހިއެވެ. އެއާއެކު އޭނާ ގެއްލިގެން އޭރު ހަދާފައިހުރި ރިޕޯޓްތަކާއި ޚަބަރުތައް އޭނާއަށް ފެނުނެވެ. އެދުވަހުގެ ފަހުން ސަލާމަތްވުމުގެ ޝުއޫރު އޭނާގެ ހިތުގައި މާބޮޑަށް ހިނގަންފެށިއެވެ. ނަމަވެސް އޭނާއަށް ކަމެއްކުރާނެ ހިތްވަރު ލިބުނީ އޭގެވެސް ހަތް މަސްދުވަސް ފަހުންނެވެ.

އޭނާ ބޭބީ-ސިޓްކޮށްދޭން ފޮނުވާ ގެއެއްގައި މަސައްކަތްކޮށްދޭން ދާ ދެވެންދުރަ ކިޔާ އަންހެނެއް ކައިރީގައި އޭނާ އެވާހަކަ ދެއްކިއެވެ. އަދި އޭނާއަށް އެހީވުމަށް އެދުނެވެ. ދެވެންދުރަ ވަގުތުން އެކަމަށް އެއްބަސްވެ ކުރި މަސައްކަތުން ޕޫޖާގެ މަންމަމެންގެއާ ކައިރި އަވައްޓެރިއަކާ ގުޅުނެވެ. އެމީހާ މެދުވެރިކޮށް މަންމައާއި ދަރިފުޅު ވީޑިއޯ ކޯލެއް ކުރުވިއެވެ. މަންމަ ބުނިގޮތުގައި ޕޫޖާގެ ގައިގައި ހުންނަކަން އޭނާ ނޫން ދެވަނަ މީހަކަށް ނޭނގޭނެ އުފަން ލަފެއްގެ ވާހަކައިން ސުވާލުކުރިއެވެ. ލައް ހުރިކަން ޔަގީންވުމުން އެއީ އޭނާގެ ދަރިފުޅުކަން އިތުރަށް ޔަގީންވިއެވެ.

ވީޑިއޯ ކޯލަށްފަހު ދެމައިން ބައްދަލުކުރުމަށް ރޭވިއެވެ. އަދި ޕޫޖާއާއި މަންމަ އަދި އާއިލާގެ ބައެއް މީހުންނާއެކު ފުލުހަށް ރިޕޯޓްކުރަން ދިޔައެވެ. އަދި ކިޑްނެޕްކުރި މީހުން ހޯދޭނެ ތަން ފުލުހުންނަށް ކިޔައިދީ، އެހެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނެވެ.  

ޕޫޖާއަށް ގެއަށް އާދެވުމުން މަންމަ ހުރީ ވަރަށް އުފާވެފައެވެ. ދަރިފުޅަށް މީރު ކާއެއްޗެތި ތައްޔާރުކޮށްދީ ހަދައެވެ. ދެމައިން ވީހާވެސް ގިނަ ވަގުތު އެކުގައި ހޭދަކުރެވޭތޯ ބަލައެވެ.

ނަމަވެސް މީގެ ހަތަރު މަސް ކުރިން ޕޫޖާގެ ބައްޕަ ވަނީ ކެންސަރު ބަލީގައި މަރުވެފައިކަމުން، އާއިލާގެ ޚަރަދުތަކަށް ފައިސާ ހޯދުމަށްޓަކައި ޕޫޖާގެ މަންމައަށް ވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހިފައެވެ. މިގޮތުން ހެދިކާ ހަދައިގެން ގޮސް ރޭލްވޭ ސްޓޭޝަނެއް ކައިރީގައި ވިއްކައެވެ.

ކުރިޔަށް އޮތް ތަނުގައި އެ އާއިލާއަށް ގާނޫނީ ވަކީލުންނަށްވެސް ޚަރަދުތަކެއް ކުރަން ޖެހޭނެތީ އެދެމައިން ތިބީ ވަރަށް ކަންބޮޑުވެފައެވެ.

ޕޫޖާ އަދިވެސް ހުންނަނީ ވަރަށް ބިރުންނެވެ. އަދިވެސް ސިހެއެވެ. އޭނާ ބުނީ އޭނާ ބޭނުންވަނީ މަސައްކަތްކޮށް މަންމައަށް އެހީވާން ކަމަށެވެ. ނަމަވެސް މަންމަ އެގޮތް ގަބޫލެއް ނުކުރިއެވެ. ޕޫޖާގެ މަންމަ ބުނީ އަބަދު މަސައްކަތްކުރަން ޖެހުމަކީ ވަރަށް ވަރުބަލިވާ ކަމެއްކަމަށެވެ. ނަމަވެސް ޕޫޖާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތްވަރު އާވާކަމަށް ޕޫޖާގެ މަންމަ ބުނެފައިވެއެވެ.

ޕޫޖާ ކިޔަވަންވެސް ބޭނުންވެއެވެ. އޭނާ އެންމެ ދެރަވަނީ ބައްޕައާ ބައްދަލުނުވީތީއެވެ. އަދި ދެން ދުވަހަކުވެސް ބައްދަލުނުވާނެތީއެވެ.    

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު