Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ނިޒާމަށް ރައީސް ސާލިހު ތާއީދެއް ނުކުރައްވާ، ގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގަންނަވައިފި

މިހާރު އޮތް ގަރާރަކީ އަދި މިއޮތްގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން ވޯޓާ ހިސާބަށް ދާވަރަށްވުރެ މާ ޅަފަތުގައި އޮތް ގަރާރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 09:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް ސާލިހު (ވ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް ސާލިހު (ވ)

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތާއިދު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ސިޔާސީ އެކި ލީޑަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވާ މި ދަނޑިވަޅުގައި، "ރާއްޖެ ޓީވީ" އަށް ދެއްވި އެކްސްކްލޫސިވް ފޯން އިންޓަރވިއުގައި، އެމްޑީޕީގެ އެންމެ އިސް ލިޑަރު، ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާލުވީ އެމަނިކުފާނަށް ޕާސަނަލީ ގަބޫލުކުރެއްވެނީ މިހާރު މި އޮތްގޮތް (ރިޔާސީ ނިޒާމް)، އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން ކަމަށެވެ. އަދި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށެވެ.

ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހެޅިފައިވާ ގަރާރާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ގަރާރުގައި އެންމެ ބޮޑުކަމަކަށް ފާހަގަކުރެވިފައި މިއޮތީ ސަރުކާރެއް އެކުލަވާލާ އިރުގައި ކޯލިޝަނެއް ހެދީމާ، ވައުދުތައް ފުއްދުމުގައި ދަތިތަތަކާއި އުނދަގޫތައް ކުރިމަތިވާ ވާހަކަ ކަމަށެވެ. އަދި ސަރުކާރު ހަރާބުވެގެންދާ ވާހަކަ ކަމަށެވެ. އެހެންކަމުގައިވާނަމަ މި ގަރާރުގައި ގެންނަ ބަދަލުގައި ރަނގަޅު ގޮތެއް އަދި ހައްލެއް ހޯދައިދެވެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މި އޮތް ނިޒާމްގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ، ކޮންކަމެއްތޯ ނުކުރެވިގެން މިއުޅެނީ ކިޔައިދެއްވަންޖެހޭ ކަމަށެވެ. ހަމައެއާއެކު މިހާރު މި ގެންނަން އުޅޭ ބަދަލުގެ ތެރޭގައި ފައިދާއެއް އޮތިއްޔާ، ފައިދާ ކިޔައިދެއްވަން ޖެހޭ ކަމަށެވެ. އެއަށްފަހު ނޫނިއްޔާ މިފަދަ ގަރާރެއް ފާސްކޮށްގެން ރައްޔިތުންނާ ހަމައަށް ދާކަށެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި 4 އަހަރު ފުރިހަމަ މިވަނީ ކޯލިޝަނަކާއެކީގައި ކަމަށެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދެވޭ ކަމަށެވެ. އެހެންކަމުން ނިޒާމުގައި އޮތް މައްސަލައެއްކަމަށް އެމަނިކުފާނަށް މުޅިއަކުން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ގަރާރު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން މި ފާސްވެގެންދާތަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ޕާޓީގެ ތެރެއިން ފާސްކުރިޔަސް އަދި މަޖިލީހަށް ދާންޖެހޭ ކަމަށާއި، މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންޔާ އެ ފާސްކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު ރިފަރަންޑަމްއަކަށް ދާންޖެހޭނެ ކަމަށާއި، ގާނޫނުގެ ތެރެއިން ކުރަންޖެހޭ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މިއީ މިވަގުތު ކުރިއަށްގެންދަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނަށް ގަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު2023 ރިޔާސީ އިންތިޚާބުރިޔާސީ ނިޒާމުބަރުލަމާނީ ނިޒާމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު