Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ކޮންގްރެސް

35 އިންސައްތައިން މަތިން އަޣުލަބިއްޔަތު ލިބޭ މީހަކަށް ރައީސްކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަނީ

ދައުލަތުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 06:30
އެމްޑީޕީ ޕްރައިމެރީގެ ވޯޓުލުން --- ފޮޓޯ : ޔޫސުފް ސޮފްއާން

އެމްޑީޕީ ޕްރައިމެރީގެ ވޯޓުލުން --- ފޮޓޯ : ޔޫސުފް ސޮފްއާން

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، މަގާމަށް އިންތިހާބު ކުރެވޭނީ 35 އިންސައްތައަށްވުރެ މަތިން އަޣުލަބިއްޔަތު ލިބޭ މީހަކަށްކަން ބަޔާންކޮށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ނިންމައިފިއެވެ.

މިގޮތަށް އިސްލާހު ހުށަހަޅާފައިވަނި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ޑްރާފްޓްގައެވެ. މި އިސްލާހުތައް ހުށަހަޅަނީ އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

Advertisement - newsAdvertisement

މި އިސްލާހުގައި ބުނެފައިވަނި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާނީ ރާއްޔިތުންގެ އާންމު ވޯޓަކުން ކަމަށާއި، އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ އަދި ދިން މީހުންގެ 35 އިންސައްތައަށްވުރެ މަތީ އަގުލަބިއްޔަތެއް ހޯދާ މީހެއް ކަމަށެވެ.

މި ބައި އިތުރަށް ތަފްސީލުކޮށްދެއްވަމުން ބުނެފައިވަނީ ބައެއް ގައުމުތަކުގައި ބަރުލަމާނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މީހެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ސަބަބަކީ، އެ ގައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކަމައެކަނި ރަމްޒީ ބާރުތަކެއް ލިބިފައިވާ މީހަކަށް ވާތީ ކަމަށެވެ.

އަދި ރާއްޖެއަށް ތައާރަފްކުރި ނިޒާމުގައި ދައުލަތް ހިންގުމުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުވުމުގެ ބާރާއި، މަޖިލިސް އުވާލުން ފަދަ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ގޮތަަށް ހުށަހަޅާތީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުކުރަންވާނީ ރައްޔިތުންގެ އަގުލަބިއްޔަތު އޮންނަ މީހެއްކަމަށް ފެންނަ ކަމަށެވެ.

އިސްލާހުގެ ތެރޭގައި ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ދައުލަތުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރަން ވަނީ ހުށަހަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމާއި، ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭރު ގައުމުތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ބައިނަލްއަގުވާމި ޖަމިއްޔާތަކަށް ސަފީރުން އައްޔަން ކުރުން އަދި އަނބުރާ ގެނައުން ހިމެނެއެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުންނާއި އެނޫންވެސް ފަރާތްތަކުން ކަނޑައަޅާ ސަފީރުންގެ ފަތްކޮޅު ބަލައިގަތުމާއި އަނބުރާ ގެންދިއުމުގެ ލިޔުން ބަލައިގަތުމާއި، ގާނޫނު އަސާސީން އުފައްދާ މުސްތަގިއްލު ކޮމިޝަންތަކާއި މަގާމުތަކަށް މީހުން އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި، އައްޔަންކުރުން ހިމެނެއެވެ. އަދި އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ލަފާ ދިނުމަށް އުފައްދާ ވަގުތީ ކޮމިޝަންތައް އުފެއްދުމާއި، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ނުފެންނަ ނުވަތަ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ތެރޭގައި ހިމެނެއެވެ.

އިތުރަށް ބުނެފައިވަނީ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުމާއި، އިނާމާއި، ލަގަބު، ޝަރަފު، ނިޝާނާއި މެޑަލް ދިނުމާއި، ޖިނާއީ ކުށްތަކުގައި ހުކުމްކޮށްފައިވާ ފަރާތްތަކަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، އަހަރުގެ ހުރިހާ ދައުރެއް ނިމުނުކަން އިއުލާން ކުރުން ހިމެނެއެވެ. ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލިސް އުވާލުންވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކުގެ ތެރޭގައި ހިމެނެއެވެ.

އެމް.ޑީ.ޕީ ކޮންގްރެސްކުރީގެ ރައީސް، މުހައްމަދު ނަޝީދުރިޔާސީ ނިޒާމު2023 ރިޔާސީ އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ވެރިކަމުގެ ނިޒާމުގައި މައްސަލައެއް ނެތް، އަދިވެސް ތާއިދުކުރައްވަނީ ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

ވެރިކަމުގެ ނިޒާމުގައި މައްސަލައެއް ނެތް، އަދިވެސް ތާއިދުކުރައްވަނީ ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

27 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
"މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ރިޔާސީ ނިޒާމް ވެސް ގަޑުބަޑުވެގެން ދޭ"

"މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ރިޔާސީ ނިޒާމް ވެސް ގަޑުބަޑުވެގެން ދޭ"

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު