Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިލަންދޫ ޑަބްލިއުޑީސީއާ ގާސިމް ބައްދަލުކުރެއްވުން

ނިލަންދޫގެ ތަރައްގީއަށް ގާސިމް އެހީތެރިވެދެއްވުމަށް ނިންމަވައިފި

ގާސިމް އިބްރާހީމް ވަނީ ފ. ނިލަންދޫގެ އަންހެނުން ތަރައްގީއަށް ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްގީގެ މަސައްކަތްތައް އޮޅުންފިލުއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އޯގަސްޓު 2022 | ހޮނިހިރު 16:59
ގާސިމް އިބްރާހީމް ނިލަންދޫ ޑަބްލިޔުޑީސީއާ ބައްދަލުކުރެއްވުން

ގާސިމް އިބްރާހީމް ނިލަންދޫ ޑަބްލިޔުޑީސީއާ ބައްދަލުކުރެއްވުން

ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރ އަދި އދ. މާމިގިލީ ދާއިރާ ރައްޔިތުންގެ މަޖިލިސް މެމްބަރ ގާސިމް އިބްރާހީމް، ފ. އަތޮޅު ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ނިލަންދޫ ކައުންސިލް ރައީސް އަލީ އަހުމަދުއާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ގާސިމް ވަނީ ފ. ނިލަންދޫގެ އަންހެނުން ތަރައްގީއަށް ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްގީގެ މަސައްކަތްތައް އޮޅުންފިލުއްވާފައެވެ. އަދި ގާސިމް ވަނީ ރަށުގެ ތަރައްގީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަން ނިންމަވާފައެވެ.

މިގޮތުން ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމަށް އެހީތެރިވެދެއްވުމާއި ވޮލީކޯޓެއް ތަރައްގީކޮށްދެއްވުމާއި އަދި މިނޫންވެސް މިފަދަބައެއް މަސައްކަތްތައް ހިމެނެއެވެ. ގާސިމް އަބަދުވެސް ފ. ނިލަންދޫގެ ތަރައްގީގެ އެކިއެކި މަސައްކަތްތަކުގައި ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަން، އަދި ވަކިން ޚާއްސަކޮށް ރަށުގެ އަންހެނުންގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ކައުންސިލް ރައީސް އަލީ އަހުމަދުއާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، މިކަމުގެ ރަމްޒެއްގެ ގޮތުން ވަނީ ހަނދާނީ ފިލައެއް ގާސިމްއަށް އަރުވާފައެވެ.

ޖުމްހޫރީޕާޓީގެ ކައުންސިލް މެމްބަރު، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އައިޝަތު ނަހުލާ އިސްވެހުންނަވައި ޖޭޕީގެ ބައެއް އިސްފަރާތްތަކާއެކު ވަނީ ހުސްވި އަހަރު ފަހުކޮޅު ފ. ނިލަންދޫއަށް ވަޑައިގެން، ޖޭޕީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއްވެސް ހިންގާފައެވެ. އެ ދަތުރުފުޅުގައި ކައުންސިލް މެމްބަރު ނަހުލާއާއި ޖޭޕީގެ ޓީމުންވަނީ ރަށު ކައުންސިލާއި ޑަބްލިއުޑީސީއާއި އަދި ރަށުގެ ބައެއް އިސްފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

ޖޭޕީފ. ނިލަންދޫ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

25 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 ސެޕްޓެމްބަރު 2025
މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
18 އޯގަސްޓު 2025

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނިލަންދޫން ގިނަ ބަޔަކު ހައްޔަރުކޮށްފި

18 އޯގަސްޓު 2025
މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނިލަންދޫން ގިނަ ބަޔަކު ހައްޔަރުކޮށްފި
27 އޮކްޓޯބަރު 2024

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!
29 އެޕްރީލު 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫއިން މީހަކު ހައްޔަރުކޮށްފި

29 އެޕްރީލު 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫއިން މީހަކު ހައްޔަރުކޮށްފި
03 އެޕްރީލު 2024

މިނިސްޓަރު ޚަލީލްގެ ވީޑިއޯއެއް، ވިދާޅުވަނީ ރައީސް މުޢިއްޒު އަށް ދޯކާ ދީގެން ނުވާނެ ކަމަށް!

03 އެޕްރީލު 2024
މިނިސްޓަރު ޚަލީލްގެ ވީޑިއޯއެއް، ވިދާޅުވަނީ ރައީސް މުޢިއްޒު އަށް ދޯކާ ދީގެން ނުވާނެ ކަމަށް!
01 އެޕްރީލު 2024

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

01 އެޕްރީލު 2024
ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
15 ޖެނުއަރީ 2024

ތިން ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2024
ތިން ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2024

378,000 ރުފިޔާއަށް، ނިލަންދޫ އެއަރޕޯޓުގެ ސަރވޭއާއި އީއައިއޭގެ މަސައްކަތް ކުރަނީ

04 ޖެނުއަރީ 2024
378,000 ރުފިޔާއަށް، ނިލަންދޫ އެއަރޕޯޓުގެ ސަރވޭއާއި އީއައިއޭގެ މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު